ޢާންމު މަޢުލޫމާތު
ނަންބަރު: 385/013/013/05/2026
ޕަބްލިޝްކުރި ތާރީޚް: 24 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 11:38
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 05 ވަނަ ދައުރުގެ 013 ވަނަ ޢާންމު ޖަލްސާގެ ނިންމުން އާއްމުކުރުން
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 05 ވަަނަ ދައުރުގެ 013 ވަނަ ޢާންމު ޖަލްސާގެ ނިންމުން
ތަން: ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމް
ތާރީހް: 19 ޞަފަރު 1448 ، 05 އޯގަސްޓް 2026 ބުދަ
ގަޑި: ހެނދުނު08:30
އެޖެންޑާ
- 29 ޖުލައި 2026 އިން 04 އޯގަސްޓް 2026 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ޙިއްސާކުރުން
- ތ.ގުރައިދޫ ކައުންސިލުގެ ނަމްބަރ 386-ESMS/385/2026/1 ( 21 ޖުލައި 2026 ) ސިޓީގައި ލިބުމަށް އެދިފައިވާ ބެންޗް ތައްގަނޑު ދޫކުރުމާ ބެހޭގޮތުން މަޝްވަރާ ކުރުން
- މިނިސްޓްރީ އޮފް އިންފުރާންސްޓްކްޗަރ ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ނަމްބަރ 494/385/2026/6 ( 04 އޯގަސްޓް 2026 ) ސިޓީ އާއި އެކުގައިވާ ދިޔަމިގިލި، މަޑިފުށި، އުފުރިޔާ ގުޅާލާ ކޯޒުވޭ ކުރެހުން ފާސްކުރުމުގެ މައްސަލަ
- 05 ވަނަ ދައުރުގެ 385/13/13/05/2026 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
ޖަލްސާގެ ނިންމުންތަށް
- 29 ޖުލައި 2026 އިން 04 އޯގަސްޓް 2026 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ހިއްސާކުރުން.
- ތ.ގުރައިދޫ ކައުންސިލުގެ ނަމްބަރ 386-ESMS/385/2026/1 ( 21 ޖުލައި 2026 ) ސިޓީގައި ލިބުމަށް އެދިފައިވާ ބެންޗް ތައްގަނޑު ދޫކުރުމާ ބެހޭގޮތުން މަޝްވަރާ ކުރުމުގެ މި މައްސަލަ އާއި ގުޅިގެން މެމްބަރުން މަޝްވަރާ ކުރެއްވުމަށް ފަހު މިރަށަށް ވެސް ގިނަ ޢަދަދެއްގެ ބެންޗް އަޅަންޖެހޭތީ އާއި އަދި ބޭރު ރަށްރަށަށް ދޫކުރާ ވަރަށް ވުރެ ބެންޗް ތައްގަނޑުގެ ޙާލަތު ދަށްކަމަށްވުމާއި އެކު ރަށުން ބޭރަށް ބެންޗް ތައްގަނޑު ދޫކުރެވެން ނެތްކަމަށާއި އެހެން ނަމަވެސް ތ.ގުރައިދޫ ކައުންސިލުން އެދި ވަޑައިގަންނަވާ ނަމަ މި ކައުންސިލުގެ ބެލުމުގެ ދަށުން މިރަށު ބަޔަކު މެދުވެރިކޮށް، ތ.ގުރައިދޫ ކައުންސިލާއި މި ކައުންސިލު އެއްބަސްވާ ގޮތެއްގެމަތިން ބެންޗް އެޅިދާނެ ގޮތެއް އޮތްތޯ ބެލުމާއި މެދު އިޢްތިރާޒެއް ނެތްކަމުގައި މެމްބަރުން އިއްތިފާގުން ނިންމެވިއެވެ.
- މިނިސްޓްރީ އޮފް އިންފުރާންސްޓްކްޗަރ ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ނަމްބަރ 494/385/2026/6 ( 04 އޯގަސްޓް 2026 ) ސިޓީ އާއި އެކުގައިވާ ދިޔަމިގިލި، މަޑިފުށި، އުފުރިޔާ ގުޅާލާ ކޯޒުވޭ ކުރެހުން ފާސްކުރުމުގެ މައްސަލަ އާއި ގުޅިގެން މެމްބަރުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށްފަހު ކައުންސިލުގެ 4 ވަނަ ދައުރުގެ 2025/52/4/242/385 ވަނަ ޖަލްސާ ( 24 ޑިސެމްބަ 2025 ) ގައި ފާސްކުރައްވާފައިވާ ގޮތަށް އެއްވެސް ބަދަލެއް ގެނައުމެއް ނެތި އޭރު ފޮނުއްވާފައިވާ ކުރެހުމުގައި މި އިދާރާއިން ފޮނުއްވާފައިވާ ގޮތަށް ތ. މަޑިފުށި ދިޔަމިގިލި، އުފުރިޔާ ގުޅާލާ ކޯޒްވޭ އާއި ގުޅިގެން ސަރުކާރުން ފޮނުއްވާފައިވާ ކޯޒްވޭގެ ކުރެހުން ފާސްކުރުމުގެ މައްސަލަ ރައްޔިތުންގެ ބައްދަލުވުމުގައި ރައްޔިތުންގެ މެޖޯރިޓީން ނިންމަވާފައިވަނީ ރަށްތަކުގެ އިރުމަތީފަރާތުން ކޯޒުވޭ އެޅުމަށް ކަމުގައި ވާތީ ރައްޔިތުންގެ ޚިޔާލާއި އެއްގޮތްވާގޮތުގެ މަތިން ރަށްތަކުގެ އިރުމަތީފަރާތުން ކޯޒުވޭ އެޅުމަށް ކަމުގައި ވާތީ ރައްޔިތުންގެ ނިންމެވުމާއި އެއްގޮތަށް އެއްވެސް ބަދަލެއްނެތި ކޯޒުވޭ އެޅުމަށް ތާއީދުކުރައްވާ އިޢްތިރާޒެއް ނެތްކަމުގައި މެމްބަރުންގެ އިއްތިފާގުން ނިންމެވިއެވެ.
- އެއްވެސް އުނި އިތުރެއް ނެތި މެމްބަރުންގެ އިއްތިފާޤުން 05 ވަނަ ދައުރުގެ 385/13/13/05/2026 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރެއްވިއެވެ.
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 05 ވަަނަ ދައުރުގެ 013 ވަނަ ޢާންމު ޖަލްސާގެ ހާޒިރީ
|
ޖަލްސާގެ ސެކްރެޓޭރިއެޓް ބެލެހެއްޓެވީ |
||
|
# |
ނަން |
މަޤާމު |
|
1 |
އަލްފާޟިލް އާދަމް ޝަފީޤް |
ސެކްރެޓަރީ ޖެނެރަލް |
|
2 |
އަލްފާޟިލް ޔަޙުޔާ ރަޝީދު |
ޑިރެކްޓަރ |
|
3 |
އަލްފާޟިލް ޙަސަން ޙަބީބު |
އެސިސްޓެންޓް ޑިރެކްޓަރ |
|
ޖަލްސާގެ ހާޒިރީ |
|||
|
# |
ނަން |
ހާޒިރުވި |
ހާޒިނުވާ |
|
1 |
ކައުންސިލް ރައީސް އަހްމަދު މޫސާ |
ކ |
|
|
2 |
ކައުންސިލް ނައިބު ރައީސް އަޙްމަދު ޒަހީން |
ކ |
|
|
3 |
ކައުންސިލް މެންބަރު މަރިޔަމް އަލީ |
ކ |
|
24 ސެޕްޓެންބަރު 2026