ޢާންމު މަޢުލޫމާތު
ނަންބަރު: 385/011/011/05/2026
ޕަބްލިޝްކުރި ތާރީޚް: 24 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 11:21
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 05 ވަަނަ ދައުރުގެ 011 ވަނަ ޢާންމު ޖަލްސާގެ ނިންމުން އާއްމުކުރުން
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 05 ވަަނަ ދައުރުގެ 011 ވަނަ ޢާންމު ޖަލްސާގެ ނިންމުން
ތަން: ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމް
ތާރީހް: 08 ޞަފަރު 1448 ، 22 ޖުލައި 2026 ބުދަ
ގަޑި: ހެނދުނު08:30
އެޖެންޑާ
- 15 ޖުލައި 2026 އިން 21 ޖުލައި 2026 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ޙިއްސާކުރުން
- ކައުންސިލުގެ އިދާރާއަށް ފައިނޭންސް އޮފިސަރަކާއި ޑުރައިވަރެއް ނެގުމުގެ މައްސަލަ
- ބަނދަރު ސަރަޙައްދުގައި ސެކިއުރިޓީ ކެމެރާ ހަރުކުރުމުގެ މައްސަލަ
- ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ނަމްބަރ 222-HMC/385/2026/2 ( 19 ޖުލައި 2026 ) އާއި އެކުގައިވާ މިރަށު ގަނޑުވަރު " ސައިޓް މިއުޒިއަމް " އެއްގެ ގޮތުގައި ތަރައްޤީ ކުރުމުގެ މަސައްކަތާއި ގުޅޭ މައްސަލަ
- އެގްރީމެންޓް މުއްދަތު އިތުރު ކުރުމުގެ އުސޫލު ފާސްކުރުމުގެ މައްސަލަ
- 1447 އަޟްޙާ ޢީދަށް ކަނޑައެޅި ބަޖެޓަށްވުރެ އިތުރަށް ޚަރަދު ކުރެވިފައިވާތީ، އިތުރުވި ބިލުތަކުގެ ޚަރަދުތައް ނިންމުމަށް -/10000 ރު ( ދިހަ ހާސް ރުފިޔާ ) ގެ ބަޖެޓް ކޮންޓްރޯލެއް ހެދުމުގެ މައްސަލަ
- 05 ވަނަ ދައުރުގެ 385/11/11/05/2026 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
ޖަލްސާގެ ނިންމުންތަށް
- 15 ޖުލައި 2026 އިން 21 ޖުލައި 2026 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ހިއްސާކުރުން.
- ކައުންސިލުގެ އިދާރާއަށް ފައިނޭންސް އޮފިސަރަކާއި ޑުރައިވަރެއް ނެގުމުގެ މި މައްސަލަ އާއި ގުޅިގެން މެމްބަރުން ޚިޔާލު ފާޅުކުރެއްވުމާއި އެކު މިވަގުތު ކައުންސިލުގެ ގިނަ ޢަދަދެއްގެ މުވައްޒަފުން ޗުއްޓީގައި ތިއްބެވުމުގެ ސަބަބުން އިދާރާއިން ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ނިންމާނުލެވި ހުރިކަން ފާހަގަކުރައްވައި އެއްފަހަރާ ގިނަ މުވައްޒަފުންނަށް ޗުއްޓީ ދެއްވުމަކީ ކައުންސިލުން ބޭނުންފުޅުވެ ވަޑައިގަންނަވާ ގޮތެއް ނޫންކަން ފާހަގަ ކުރެއްވިއެވެ. ނަމަވެސް އިދާރާގެ ޢާއްމު ޚިދުމަތްދެއްވުން އަވަސް ކުރަން ކައުންސިލުން ބޭނުންފުޅުވާތީ ކައުންސިލުގެ އިދާރާއަށް ފައިނޭންސް އޮފިސަރަކާއި ޑުރައިވަރެއް ނެގުމާމެދު އިޢްތިރާޟެއް ނެތްކަމުގައި މެމްބަރުން އިއްތިފާގުން ނިންމެވިއެވެ
- ބަނދަރު ސަރަޙައްދުގައި ސެކިއުރިޓީ ކެމެރާ ހަރުކުރުމުގެ މި މައްސަލަ އާއި ގުޅިގެން މެމްބަރުން ވަރަށް ފުޅާ ދާއިރރާއެއްގައި ޚިޔާލު ފާޅުކުރައްވައި 2026 އޯގަސްޓް މަހުގެ ނިޔަލަށް މި މަސައްކަތަށް ބޭނުންވާ ހުރިހައި ސާމާނެއް ޖަމާކުރުމާއި އެކު ބަނދަރު ސަރަޙައްދުގައި ސެކިއުރިޓީ ކެމެރާ ހަރުކުރުމުގެ 2026 އޮކްޓޯބަރ މަހުގެ ނިޔަލަށް ނިންމެވުމަށް މެމްބަރުން އިއްތިފާގުން ނިންމެވިއެވެ.
- ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ނަމްބަރ 222-HMC/385/2026/2 ( 19 ޖުލައި 2026 ) އާއި އެކުގައިވާ މިރަށު ގަނޑުވަރު " ސައިޓް މިއުޒިއަމް " އެއްގެ ގޮތުގައި ތަރައްޤީ ކުރުމުގެ މަސައްކަތާއި ގުޅޭ މައްސަލައާއި ގުޅިގެން މެމްބަރުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށް ފަހު ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ނަމްބަރ 222-HMC/385/2026/2 ( 19 ޖުލައި 2026 ) އާއި އެކުގައިވާ މިރަށު ގަނޑުވަރު " ސައިޓް މިއުޒިއަމް " އެއްގެ ގޮތުގައި ތަރައްޤީ ކުރުމުގެ މަސައްކަތާއި ގުޅޭ ސިޓީ އާއި އެކު ފޮނުއްވާފައިވާ ތަފްޞީލްތަކާއި ކުރެހުންތަކާއި އެއްގޮތަށް މިރަށު ގަނޑުވަރު " ސައިޓް މިއުޒިއަމް " އެއްގެ ގޮތުގައި ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުމާއި މެދު އިޢްތިރާޟެއް ނެތްކަމުގައި މެމްބަރުން އިއްތިފާގުން ނިންމެވިއެވެ.
- އެގްރީމެންޓް މުއްދަތު އިތުރު ކުރުމުގެ އުސޫލު ފާސްކުރުމުގެ މައްސަލަ އާއި ގުޅިގެން މެމްބަރުން މަޝްވަރާ ކުރެއްވުމަށް ފަހު އެއްވެސް އިޞްލާޙެއް ނެތި އިދާރާއިން ހުށަހަޅުއްވާފައިވާ ގޮތަށް އެގްރީމެންޓް މުއްދަތު އިތުރު ކުރުމުގެ އުސޫލު މެމްބަރުން އިއްތިފާގުން ނިންމެވިއެވެ.
- 1447 އަޟްޙާ ޢީދަށް ކަނޑައެޅި ބަޖެޓަށްވުރެ އިތުރަށް ޚަރަދު ކުރެވިފައިވާތީ، އިތުރުވި ބިލުތަކުގެ ޚަރަދުތައް ނިންމުމަށް -/10000 ރު ( ދިހަ ހާސް ރުފިޔާ ) ގެ ބަޖެޓް ކޮންޓްރޯލެއް ހެދުމުގެ މި މައްސަލަ އާއި ގުޅިގެން މެމްބަރުން މަޝްވަރާ ކުރެއްވުމަށްފަހހު 1447 އަޟްޙާ ޢީދަށް ކަނޑައެޅި ބަޖެޓަށްވުރެ އިތުރަށް ޚަރަދު ކުރެވިފައިވާތީ، އިތުރުވި ބިލުތަކުގެ ޚަރަދުތައް ނިންމުމަށް -/10000 ރު ( ދިހަ ހާސް ރުފިޔާ ) ގެ ބަޖެޓް ކޮންޓްރޯލެއް ހެދުމުގެ އިޢްތިރާޟެއް ނެތްކަމުގައި މެމްބަރުން އިއްތިފާގުން ނިންމެވިއެވެ.
- އެއްވެސް އުނި އިތުރެއް ނެތި މެމްބަރުންގެ އިއްތިފާޤުން 05 ވަނަ ދައުރުގެ 385/11/11/05/2026 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރެއްވިއެވެ.
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 05 ވަަނަ ދައުރުގެ 011 ވަނަ ޢާންމު ޖަލްސާގެ ހާޒިރީ
|
ޖަލްސާގެ ސެކްރެޓޭރިއެޓް ބެލެހެއްޓެވީ |
||
|
# |
ނަން |
މަޤާމު |
|
1 |
އަލްފާޟިލް އާދަމް ޝަފީޤް |
ސެކްރެޓަރީ ޖެނެރަލް |
|
2 |
އަލްފާޟިލް ޔަޙުޔާ ރަޝީދު |
ޑިރެކްޓަރ |
|
3 |
އަލްފާޟިލް ޙަސަން ޙަބީބު |
އެސިސްޓެންޓް ޑިރެކްޓަރ |
|
ޖަލްސާގެ ހާޒިރީ |
|||
|
# |
ނަން |
ހާޒިރުވި |
ހާޒިނުވާ |
|
1 |
ކައުންސިލް ރައީސް އަހްމަދު މޫސާ |
ކ |
|
|
2 |
ކައުންސިލް ނައިބު ރައީސް އަޙްމަދު ޒަހީން |
ކ |
|
|
3 |
ކައުންސިލް މެންބަރު މަރިޔަމް އަލީ |
ކ |
|
24 ސެޕްޓެންބަރު 2026