ދިވެހިރާއްޖެ
ޕްރޮޖެކްޓް ނަންބަރު PC/308/2026/09
މި އިޢުލާނާއިއެކު ހިމަނާފައިވާ ކުރެހުމާއި އެއްގޮތަށް މިރަށު ދެކުނު ބަނދަރުގައި، މިކައުންސިލުން ދައްކާ ސަރަޙައްދެއްގައި އިތުރު ސިޑިއެއް ހެދުމަށް ބޭނުންވެއެވެ.
މަސައްކަތުގެ މަޢުލޫމާތު
- ޖެޓީގެ އެއްގަމު ވާޓަރު ކަނޑައި، ކައުންސިލުން ފާހަގަކޮށްފައިވާ ސަރަޙައްދުގައި، އެނެކްސް 1 ގައިވާ ކުރެހުމާއި އެއްގޮތަށް ސިޑި ހެދުން.
- ސިޑީގެ ހުރިހާ މަސައްކަތެއްގައި 10މމ ގެ ދަގަނޑު ބޭނުންކުރުން.
- ސިޑީގެ ފްލޯރ އަދި ހަރުފަތްތަކުގައި 10މމ ދަގަނޑުން، 150×150މމ އިން، 2 ނެޓް އެޅުން.
- އެނެކްސް 1 ގައިވާ ކުރެހުމާއި އެއްގޮތަށް 2 އިންޗި އެސްއެސް ހޮޅިން ރެއިލިން ހަދާ، ފައިތަކުގައި ފްލެންޖުލައި، މެރިންގ ގްރޭޑް އެސް.އެސް އެންކަރ ބޯލްޓު ޖަހައިގެން ހަރުކުރުން.
- ސިޑީގެ ހުރިހާ މަސައްކަތެއް ކޮންކްރިޓްކޮށް ނިންމުން.
- ސިޑީގައި ރަތްކުލައިގެ ފްލޯރޕެއިންޓްލުން.
- މެއިން ޖެޓީގެ އިރުން ދެ ބޮޅު ދޫކުރުމަށްފަހު ސިޑި އާއި ދެމެދު ހުރި ހުރިހާ ބޮޅަކަށް ސިމެންތި އަޅާ ބެއްދުން.
|
ރަޖިސްޓްރީކުރުން |
2026 ސެޕްޓެންބަރު 30 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ. ދެކުނު ބަނދަރުގައި އިތުރު ސިޑިއެއް ހެދުމުގެ ބިޑުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ. |
|
މަޢުލޫމާތު ސާފުކުރުން |
މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2026 ސެޕްޓެންބަރު 30 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ. އީމެއިލް އެޑްރެސް: [email protected] ކޮޕީ: [email protected] |
|
އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަނޑި އާއި ހުށަހަޅާނެގޮތް |
|
އަގު ހުށަހަޅަންވީ ގޮތް:
- އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.
- ބީލަން ހުށަހަޅަންވާނީ މިކައުންސިލުން ތައްޔާރުކޮށްފައިވާ ބީލަން ފޯމުންނެވެ.
- އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.
- ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.
" ދެކުނު ބަނދަރު ސިޑި ކެނޑުން"
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:
- ވިޔަފާރީގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ.
- އަންދާސީ ހިސާބު ހުށަހަޅާ ފޯމް.
- ޓެކްސް ކުލިއަރެންސް ރިޕޯޓް.
ޕޮއިންޓް ދެވޭގޮތުގެ ތަފްސީލު:
- ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ :
- އަގު %80
- ތަޖުރިބާ
- މުއްދަތު
- ބިޑް އިވެލުއޭޓްކުރުމުގައި އަގުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ކުޑައަގެވެ.
- ތަޖުރިބާއަށް ޕޮއިންޓް ދިނުމުގައި ބަލާނީ ފާއިތުވި 2 އަހަރު ކޮށްފައިވާ މިފަދަ މަސައްކަތްތަކުގެ ލިޔުމަށެވެ.
- ބިޑް އިވެލުވޭޓްކުރުމުގައި މުއްދަތުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ކުރު މުއްދަތެވެ.
- ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
- ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
- ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ "ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް" ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.