ބީލަން
ނަންބަރު: (IUL)FDC/1/2026/71
ޕަބްލިޝްކުރި ތާރީޚް: 23 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 11:40
ސުންގަޑި: 26 ސެޕްޓެންބަރު 2026 16:00
ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މި ކޯޕަރޭޝަނަށް ބޭނުންވާ ޖެނެރަލް ލެޕްޓޮފް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މިކޯޕަރޭޝަނުން ދޭ މައުލޫމާތާ އެއްގޮތަށް ޖެނެރަލް ލެޕްޓޮފް ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، ޝައުގުވެރިވެލައްވާ ފަރާތްތަކުން، 26 ސެޕްޓެމްބަރ 2026 ވާ ހޮނިހިރު ދުވަހު، 16:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ބިޑަށްރަޖިސްޓަރީ ކުރެއްވުން އެދެމެވެ. އަދި ތިރީގައި މި ދަންނަވާ ތާރީޚުގައި މިކޯޕަރޭޝަނަށް (ހ. ފަތަނގުމާގެ، މާލެ، 2 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްސީލް

ތަން

ސުންގަޑި

ބިޑް ރެޖިސްޓްރޭޝަން

Supply and Delivery of General Laptops - (IUL)FDC/1/2026/71 – Fill in form

ލިންކް މެދުވެރިކޮށް ރެޖިސްޓަރީ ނުކުރެވޭނަމަ، ރެޖިސްޓަރީ ކުރުމަށް ކަނޑައެޅިފައިވާ ވަގުތު ހަމަވުމުގެ 1 ގަޑިއިރު ކުރިން މިކޯޕަރޭޝަނަށް އެންގެވުން އެދެމެވެ.

26 ސެޕްޓެމްބަރ 2026 / 16:00 ގެ ކުރިން

މައުލޫމާތު ސެޝަން އަދި މައުލޫމާތު ކަރުދާސް ދޫކުރުން

ފަހި ދިރިއުޅުން ކޯޕަރޭޝަން، ހ ފަތަނގުމާގެ، މާލެ

27 ސެޕްޓެމްބަރ 2026 / 10:00

ބީލަން ހުށަހެޅުން

ފަހި ދިރިއުޅުން ކޯޕަރޭޝަން، ހ ފަތަނގުމާގެ، މާލެ

01 އޮކްޓޫބަރ 2026 10:00

 

އަންދާސީ ހިސާބު ހުށަހެޅުއްވުމާ ގުޅޭ:

  • މި ބީލަމުގެ ބައިވެރިވެވަޑައިގެންނެވޭނީ ރަޖިސްޓަރީ ކުރައްވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
  • މި ބީލަމުގެ މައުލޫމާތު ކަރުދާސް ހިއްސާ ކޮއްލެވޭނީ ހަމައެކަނި އިންފޮމޭޝަން ސެޝަންއަށް ދުރުވާ ބޭފުޅުންނަށެވެ.
  • ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ. ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ.
  • މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މިކޯޕަރޭޝަނަށް ލިބިގެންވެއެވެ.
  • ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއި އެކު މި ކުންފުނީގެ ހެޑް އޮފީސް (ފަތަނގުމާގެ، ސޯސަން މަގު، ކ.މާލެ) ގައެވެ.

 

މި އިއުލާނާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ރަސްމީ ދުވަސްދުވަހު 09:00 – 14:00 ދެމެދު މި ކޯޕަރޭޝަނަށް 3341946 އަށް ގުޅުއްވުން

 ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

23 ސެޕްޓެންބަރު 2026