ދެންނެވުން
ނަންބަރު: 2026/1
ޕަބްލިޝްކުރި ތާރީޚް: 23 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 10:36
މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްކޫލްގައި ކިޔަވާ ދަރިވަރުންގެ އަހުލާގު ހިފެހެއްޓުމާއި ގުޅޭ

ދެންނެވުން

ސްކޫލްގައި ކިޔަވާ ދަރިވަރުންގެ އަހުލާގު ހިފެހެއްޓުމާއި ގުޅޭ

 

ކުށް މަދު، ހޭލުންތެރި މުޖުތަމައެއް ބިނާކުރުމަކީ ވާދޫ ކައުންސިލްގެ މައިގަނޑު އެއް ލަނޑުދަނޑިއަށް ވީހިނދު، މިލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެ ގޮންޖެހުންތަކަށް އަވަސް ހައްލެއް ހޯދުމަށް ކައުންސިލުން ބޭނުންވެއެވެ. އެގޮތުން ހަރުދަނާ ޖީލެއް ބިނާކުރުމަށް މަދަރުސީ ދައުރުގައި ކުދިންނަށް ދެވޭ ތަރުބިއްޔަތު މުހިއްމު ރޯލެއް އަދާކުރާއިރު، މިކުޑަކުޑަ މުޖުތަމައުގެ ބައެއް ދަރިވަރުންގެ ފަރާތުން، ކަންބޮޑުވާނެޖެހޭފަދަ އަމަލުތަކެއް ފެންނަމުންދާކަން ހިތާމައާއިއެކު ފާހަގަކުރަމެވެ. މިގޮތުން ފާހަގަކުރެވުނު މައްސަލަތަކަށް ރިއާޔަތްކޮށް، އެކަންކަން ހައްލުކުރުމަށް ކައުންސިލުން އިލްތިމާޞްކުރާ ކަންތައްތައް ތިރީގައި އެވަނީއެވެ.

 

v     ބެލެނިވެރިޔަކާއި ނުލައި، ރޭގަނޑު 9 ޖެހުމުގެ ފަހުން ބޭރުގައި ނޫޅުން

v     އިރު އޮއްސުމަށްފަހު، މައިޒާންތަކާއި، ޕާކުތައް އަދި އިޖުތިމާއީގޮތުން ތަރައްގީކުރެވިފައިވާ ބީޗުތައް ބޭނުން ނުކުރުން

v     އިރު އޮއްސުމަށްފަހު، ކުޅިވަރު ކުޅޭ އެއްވެސް ތަނެއް ބޭނުން ނުކުރުން

v     ނަމާދު ވަގުތުތަކުގައި ކުޅިވަރު ކުޅޭ ތަންތަނުގައި ކުޅިވަރުގެ ހަރަކާތްތައް ނުހިންގުން

v     ބެލެނިވެރިޔަކާއި ނުލައި ކަނޑުތޮއްޓަށް ނޭރުން

v     ބެލެނިވެރިޔަކާއި ނުލައި ރަށުން ބޭރަށް ދަތުރު ނުކުރުން

v     އުޖޫރައެއް ހޯދުމަށް ނުވަތަ އެނޫންވެސް ބޭނުމެއްގައިވިޔަސް އުމުރާއި ނުގުޅޭ މަސައްކަތްތައް ނުކުރުން

v     ދުންފަތުގެ އިސްތިއުމާލު ނުކުރުމާއި، ގަނެވިއްކުމުގެ އެއްވެސް މުއާމަލާތެއްގައި ބައިވެރިނުވުން

ވީމާ، ދެންނެވުނު ގޮތާއި ހިލާފުވާ ދަރިވަރުންގެ ކަންކަން މިހާރަށްވުރެ ގާތުން ބަލައި، ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން ގެންދާނެކަމުގައި ދަންނަވަމެވެ. މިފުރުސަތުގައި، ޤާނޫނުތަކާއި ޤަވާއިދުތަކާއި އެއްގޮތަށް ސްކޫލް ކުދިންގެ އަމަލުތައް ބެހެއްޓުމަށް ހަނދާންކޮށްދީ، ނަސޭހަތްތެރިވަމެވެ. އަދި ކުދިންގެ މިފަދަ ކަންކަމުގައި އިތުރަށް ފަރުވާތެރިވުމަށް ބެލެނިވެރިންނަށް އިލްތިމާޞް ކުރަމެވެ.

23 ސެޕްޓެންބަރު 2026