ޢާންމު މަޢުލޫމާތު
ނަންބަރު: MNU-CA-NL/2026/20
ޕަބްލިޝްކުރި ތާރީޚް: 23 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 09:12
ސުންގަޑި:
27 ސެޕްޓެންބަރު 2026 10:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ތިނަދޫ ކެމްޕަހުގައި ހުރި ބައު ސާމާނުތައް ނީލަމުގައި ވިއްކައިލުން
ނީލަމުގައި ބައިވެރިވުމުގެ ދައުވަތު
ތިނަދޫ ކެމްޕަހުގައި ހުރި ބައު ސާމާނުތައް ނީލަމުގައި ވިއްކައިލުން
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތިނަދޫ ކެމްޕަހުގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުމަށް ބޭނުންވެއެވެ.
- ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
- މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން،27 ސެޕްޓެންބަރު 2026 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް ތިނަދޫ ކެމްޕަހަށް އަށް ޙާޟިރުވުން އެދެމެވެ.
- ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 27 ސެޕްޓެންބަރު 2026 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް ތިނަދޫ ކެމްޕަހަށް ޙާޟިރުވުން އެދެމެވެ.
- ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މި ޔުނިވަރސިޓީއަށް ދެއްކުމަށްފަހު، ލަސްވެގެން 5 ދުވަހުގެ ތެރޭގައި ތަކެތި ގެންދަން ވާނެއެވެ. މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުރި ތަކެތި އަލުން ނީލަމުގައި ވިއްކާލެވޭނެއެވެ.
- މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
|
ނީލަމާގުޅޭ އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ؛ |
|
ތިނަދޫ ކެމްޕަސް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގދ. ތިނަދޫ، ދިވެހިރާއްޖެ ފޯން: 3345237 އީ-މެއިލް: [email protected] |
23 ސެޕްޓެންބަރު 2026
ނީލަން ކިޔުމުގެ އުޞޫލު
- ނީލަން ކިޔުމަށް ކަނޑައެޅިފައިވަނީ މުދާތައް ބައިބަޔަށް ބަހައިގެން ލޮޓުގެ ގޮތުއެވެ. ކޮންމެ ލޮޓަކަށް ދެވިފައިވާ ސުމާރު ނަންބަރު އެ ލޮޓެއްގައި ހަރުކުރެވިފައި ހުންނާނެއެވެ.
- ފުރަތަމަ ފަހަރަށް ނީލަން ކިޔައިގެން މުދާ ނުވިކިއްޖެނަމަ އަލުން އިޢުލާންކޮށްގެން އުސޫލާއި އެއްގޮތަށް ނީލަން ކިޔޭނެއެވެ. 2 ފަހަރު ނީލަން ކިޔައިގެންވެސް ނުވިކި ހުންނަ މުދާތަށް ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތަށް ނައްތައިލެވޭނެއެވެ.
- ނީލަން ފަށާ އަގަށް ކޮންމެ ފަހަރަކު އިތުރުކުރެވޭނެ އަގު ތަފްސީލު ޝީޓުގައި ހިމެނިފައިވާނެއެވެ.
- ނީލަން ކުރިއަށްގެންދެވޭނީ މަދުވެގެން 3 ބައިވެރިންގެ ހާޒިރުގައެވެ. ނަމަވެސް 3 ބައިވެރިން ހަމަނުވާނަމަ ދެވަނަ ފަހަރަށް އިޢުލާންކޮށް 2 ނުވަތަ 1 މެމްބަރުންގެ ހާޒިރުގައި، ކަނޑައެޅިފައިވާ ގަޑީގައި ނީލަން ކުރިއަށް ގެންދެވޭނެއެވެ.
- ނީލަމުގައި ހުށަހަޅާ އަގުތައް، ނީލަމުގައި ބައިވެރިވި އެންމެހައި ފަރާތްތަކަށް ވަގުތުން އެނގޭނެއެވެ.
- ނީލަމުގެ ބައިވެރިޔަކު އަގެއް ހުށަހަޅައި، އެ އެއަގަށްވުރެ މަތީއަގެއް ހުށަހެޅުމުގެ ފުރުސަތު 3 ފަހަރު ދިނުމުންވެސް، ނީލަމުގައި ބައިވެރިވެފައިވާ އެހެން ފަރާތަކުން އިތުރު އަގެއް ހުށަނާޅައިފިނަމަ، އެ އަގު ހުށަހެޅި ފަރާތުން އެ ނީލަން ކާމިޔާބު ކުރިކަމުގައި ނިންމޭނެއެވެ.
- ނީލަން ކާމިޔާބުކުރި ފަރާތުން، ނީލަން ކާމިޔާބުކުރި އަގު، ނީލަން ނިމޭ ދުވަހުން ފެށިގެން، ސަރުކާރު ބަންދުނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި ޔުނިވަރސިޓީއަށް ދައްކައި ޚަލާސް ކުރަންވާނެއެވެ. އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ޚަލާސް ނުކޮށްފިނަމަ އުސޫލާއި އެއްގޮތަށް، އެ މުދަލެއް އަލުން ނީލަންކިޔޭނެއެވެ.
- ނީލަން ކާމިޔާބުކުރި ފަރާތަށް އެ މުދަލުގެ މިލްކުވެރިކަން ބަދަލުވާނީ ނީލަމުގެ އަގު ދައްކައި ޚަލާސްކުރުމުންނެވެ.
23 ސެޕްޓެންބަރު 2026