ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)220-HMS/1/2026/97
ޕަބްލިޝްކުރި ތާރީޚް: 22 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 16:08
ސުންގަޑި: 29 ސެޕްޓެންބަރު 2026 16:00
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ސީނިއަރ ޓެކްސް އޮފިސަރ

މަޤާމް :ސީނިއަރ ޓެކްސް އޮފިސަރ، ޕްލޭނިންގ އެންޑް ސްޓެޓިސްޓިކްސް (ޕީ. އެސް. ރޭންކް 7)
ބޭނުންވާ އަދަދު :1
މަޤާމް :ސީނިއަރ ޓެކްސް އޮފިސަރ، އޮޑިޓް (ޕީ. އެސް. ރޭންކް 7)
ބޭނުންވާ އަދަދު :2

މި އޮތޯރިޓީގެ ތިރީގައި މިވާ މަގާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަގާމު:

ސީނިއަރ ޓެކްސް އޮފިސަރ، ޕްލޭނިންގ އެންޑް ސްޓެޓިސްޓިކްސް (ޕީ. އެސް. ރޭންކް 7)

އަދަދު:

1

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް / ޕްލޭނިންގ ޑިވިޜަން / ޕްލޭނިންގ އެންޑް ސްޓެޓިސްޓިކްސް ސެކްޝަން

އަސާސީ މުސާރަ:

މަހަކު -/12,365 ރުފިޔާ

މަގާމުގެ އެލަވަންސް:

މަހަކު -/5,770 ރުފިޔާ

ހާޒިރީ ޢިނާޔަތް:

-/155 ރުފިޔާ (ހާޒިރުވާ ދުވަހަކަށް)

މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

މީރާގެ އާމްދަނީގެ ތަފާސް ހިސާބު ދިރާސާކޮށް ބެލެހެއްޓުމާއި ކަމާގުޅޭ އެހެނިހެން މަސައްކަތްތައް ކުރުމާއި، ޓެކުހާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

ޝަރުޠު:

 -މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛

- އޭ.ސީ.ސީ.އޭ އެފިލިއޭޓް ފެންވަރު ހާސިލްކޮށްފައިވުން. ނުވަތަ،

- ސީމާ ސްޓްރެޓީޖިކް ލެވެލް ފުރިހަމަކޮށްފައިވުން.

 

(މަގާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ދާއިރާތައް: ޓެކްސޭޝަން، ޓެކްސޭޝަން ސްޓަޑީޒް، ޓެކްސް ޕޮލިސީ، ޓެކްސް އެޑްމިނިސްޓްރޭޝަން، ޓެކްސް މެނޭޖްމަންޓް، އިންޓަނޭޝަނަލް ޓެކްސޭޝަން، ޓެކްސޭޝަން ލޯ، ޓެކްސް އިކޮނޮމިކްސް، ޕަބްލިކް ފައިނޭންސް، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ފައިނޭންސް، ފައިނޭންޝަލް މެނޭޖްމަންޓް، ފައިނޭންޝަލް މާކެޓްސް، ފައިނޭންޝަލް ޕްލޭނިންގ، ބޭންކިންގ، އިސްލާމިކް ފައިނޭންސް، އިސްލާމިކް ބޭންކިންގ ފައިނޭންސް، ފައިނޭންޝަލް އިންޖިނިއަރިންގ، ފައިނޭންޝަލް އިކޮނޮމިކްސް، ކޮމަރސް، ބިޒްނަސް، ފޮރެންސިކް އެކައުންޓިންގ އަދި ޑޭޓާ ގަވަރނަންސް.)

މަގާމު:

ސީނިއަރ ޓެކްސް އޮފިސަރ، އޮޑިޓް (ޕީ. އެސް. ރޭންކް 7)

އަދަދު:

2

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

އޮޑިޓް ޑިޕާޓްމަންޓް

އަސާސީ މުސާރަ:

މަހަކު -/12,365 ރުފިޔާ

މަގާމުގެ އެލަވަންސް:

މަހަކު -/5,770 ރުފިޔާ

ހާޒިރީ ޢިނާޔަތް:

-/155 ރުފިޔާ (ހާޒިރުވާ ދުވަހަކަށް)

މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

ޓެކްސް ދައްކަންޖެހޭ އެންމެހާ ފަރާތްތަކުން ޓެކްސް ދައްކަންޖެހޭވަރު ހިސާބުކުރަނީ ޤާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބަލައި ޗެކުކުރުމާއި ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން ޓެކްސް ދައްކަންޖެހޭ އަދަދު ކަނޑައެޅުން

ޝަރުޠު:

 -މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛

- އޭ.ސީ.ސީ.އޭ އެފިލިއޭޓް ފެންވަރު ހާސިލްކޮށްފައިވުން. ނުވަތަ،

- ސީމާ ސްޓްރެޓީޖިކް ލެވެލް ފުރިހަމަކޮށްފައިވުން.

 

(މަގާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ދާއިރާތައް: ޓެކްސޭޝަން، ޓެކްސޭޝަން ސްޓަޑީޒް، ޓެކްސް ޕޮލިސީ، ޓެކްސް އެޑްމިނިސްޓްރޭޝަން، ޓެކްސް މެނޭޖްމަންޓް، އިންޓަނޭޝަނަލް ޓެކްސޭޝަން، ޓެކްސޭޝަން ލޯ، ޓެކްސް އިކޮނޮމިކްސް، ޕަބްލިކް ފައިނޭންސް، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ފައިނޭންސް، ފައިނޭންޝަލް މެނޭޖްމަންޓް، ފައިނޭންޝަލް މާކެޓްސް، ފައިނޭންޝަލް ޕްލޭނިންގ، ބޭންކިންގ، އިސްލާމިކް ފައިނޭންސް، އިސްލާމިކް ބޭންކިންގ ފައިނޭންސް، ފައިނޭންޝަލް އިންޖިނިއަރިންގ، ފައިނޭންޝަލް އިކޮނޮމިކްސް، ކޮމަރސް، ބިޒްނަސް، ފޮރެންސިކް އެކައުންޓިންގ އަދި ޑޭޓާ ގަވަރނަންސް.)

އެހެނިހެން ޝަރުތުތައް

  1. މި އޮތޯރިޓީގައި އަދާކުރާ ވަޒީފާ ފިޔަވާ އިތުރު އެހެން އެއްވެސް ވަޒީފާއެއް އަދާނުކުރުމާއި އަދި މި އޮތޯރިޓީގައި އަދާކުރާ ވަޒީފާއާއި މަސްލަހަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
  2. ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
  3. ސަރުކާރު ޙިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  4. އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއްކުރާ މީހަކު ކަމުގައި ނުވުން.
  5. ވަޒީފާއަށް ކުރިމަތިލާ މީހާއާ މި އޮތޯރިޓީގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި ފަރާތެއް ކަމުގައި ނުވުން.

މި މަގާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައި މިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.

  1. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު
  2. ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމް ނިންމި ކަމުގެ ލިޔުންތަކުގެ (ސްކޫލް ލީވިންގ ސެޓްފިކެޓް) ކޮޕީ
  3. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
  4. ކަރިކިއުލަމް ވިޓާ (ސީވީ)
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސްމުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު، އެ ފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެކަމެންޑޭޝަން ލެޓަރ (އޮޕްޝަނަލް))

ނޯޓް:

-  އެއް މަގާމަށްވުރެ ގިނަ މަގާމުތަކަށް ކުރިމަތިލާނަމަ ހުށަހަޅާ ފޯމުގައި ކުރިމަތިލާ މަގާމުތައް ބަޔާންކުރަންވާނެއެވެ.

-  މަތީގައިވާ މަގާމުތަކުގެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުތު ހަމަވާ އަދި ތައުލީމީ ގޮތުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

-  މި މަގާމުތަކަށް މީހުން ހޮވޭނީ ތަޢުލީމީ ފެންވަރަށާއި މަސައްކަތާގުޅޭ ތަޖުރިބާއަށާއި އަދި އިންޓަވިއުއަށް ބަލާ އެންމެ މަތިން މާކްސް ލިބޭ ފަރާތެއްގެ މައްސަލަ ބަލާ ފޯމު ފުރުމަށްފަހު ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރިކޯޑެއް ނުވާނަމައެވެ.

-  މި އިއުލާނުން އިއުލާނުކޮށްފައިވާ މަގާމެއްގެ ރެކްރޫޓްމަންޓް މުއްދަތުގެ ތެރޭގައި އެ ލެވެލްގެ އިތުރު މަގާމެއް ހުސްވެއްޖެނަމަ މި އިއުލާނަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އަލަށް ހުސްވާ މަގާމަށް މުވައްޒަފަކު ނެގިދާނެއެވެ.

-  އިޢުލާނުކޮށްފައިވާ މަގާމުގެ ބޭންޑްގެ ތެރޭގައި ހިމެނޭ މަގާމެއްގައި ހުރި މީރާގެ މުވައްޒަފަކު މި އިޢުލާނަށް ކުރިމަތިލައި ހޮވިއްޖެނަމަ، މި އިޢުލާނުގެ ތެރެއިން އެ މުވައްޒަފުގެ ވަޒީފާ ހަމަޖެއްސިގެންދާނީ މުވައްޒަފު ހުރި މަގާމުންނެވެ.

 

މި މަގާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 29 ސެޕްޓެންބަރު 2026 ގެ 16:00 ކުރިން މީރާގެ ވެބްސައިޓް މެދުވެރިކޮށް

Job Application Form އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

                                                          

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ

ހޮޓްލައިން: 1415

އީމެއިލް: [email protected]   ވެބްސައިޓް: www.mira.gov.mv

 

11 ރަބީޢުލްއާޙިރު 1448

22 ސެޕްޓެންބަރު 2026

22 ސެޕްޓެންބަރު 2026