ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)56-CAS/56/2026/44
ޕަބްލިޝްކުރި ތާރީޚް: 22 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 14:16
ސުންގަޑި: 29 ސެޕްޓެންބަރު 2026 13:30
ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
ލައިބްރަރީ ޑިރެކްޓަރ

މަޤާމު:

ލައިބްރަރީ ޑިރެކްޓަރ

މަޤާމު ނަންބަރު:

J-437523

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ރޭންކް 9 - ސްޓެޕް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޤައުމީ ކުތުބުޚާނާ / ކަލެކްޝަން މެނޭޖްމަންޓް ސެކްޝަން

މުސާރަ:

މަހަކު  16,080.00 ރުފިޔާ

މަގާމުގެ އެލަވަންސް: (ހަރުފަތް 1)

މަހަކު 7,505.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ހާޒިރީ ޢިނާޔަތް: ހާޒިރުވާ ދުވަހަކަށް 205 ރުފިޔާ
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ދިވެހި މުޖުތަމަޢު ކިޔުންތެރިކަމަށް ޝައުޤުވެރިކުރުމާއި، ކިޔުންތެރިކަން ކުރިއަރުވައި ތަރައްޤީކޮށް އުނގަންނައިދިނުމަށް ބޭނުންވާ ލައިބްރަރީ ކަލެކްޝަންގެ ކުރިމަގުގެ ތަސައްވުރު އެކުލަވާލުމާއި، ސްޓްރެޓިޖިކް ޕްލޭން އަދި އޮޕަރޭޝަނަލް އަދި ޑިވެލޮޕްމަންޓަލް ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތްތަކުގައި އެހީތެރިވުން.
  2. ލައިބްރަރީގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި ލައިބްރަރީގައި ބަލަހައްޓާ ފޮތްތަކާއި އެހެނިހެން ތަކެތި އެންމެ ރައްކާތެރިކަމާއެކު ބެލެހެއްޓުމަށާއި އެ ފަދަ ތަކެތީގެ ރެކޯޑު ބެލެހެއްޓުމަށާއި ތަފާތު ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާނެ ސިޔާސަތުތަކާއި މިންގަނޑުތައް ތަންފީޒު ކުރުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން
  3. ލައިބްރަރީ ދާއިރާ އަދި ގުޅުންހުރި ޤާނޫނުތަކާއި އެ ޤާނޫނުތަކުގެ ދަށުން ހަދާފައިވާ ގަވާއިދުތަކަށް އަހުލުވެރިވުމާއި އެއަށް ޢަމަލުކުރުން     
  4. ލައިބްރަރީ ކަލެކްޝަންއާއި ގުޅޭގޮތުން ހިންގޭ ތަފާތު ޕްރޮޖެކްޓްތައް ހިންގުމާއި މޮނިޓަރކުރުމުގެ މަސައްކަތްތަކުގައި އެހީތެރިވުން 
  5. ޙަވާލުކުރެވިފައިވާ ލައިބްރަރީގެ ފަންކްޝަންތައް، ކަނޑައެޅިފައި އުސޫލުތަކާއި މިންގަނޑުތަކާއި އެއްގޮތަށް ކުރިއަށްދާކަން ކަށަވަރުކުރުން.  
  6. ޙަވާލުކުރެވިފައިވާ ލައިބްރަރީގެ ފަންކްޝަން އަށް ބޭނުންވާ އިންސާނީ ވަސީލަތްތަކާއި މާލީ ކަންކަން ބެލެހެއްޓުމާއި ލައިބްރަރީ ހިންގުމަށް ބޭނުންވާނެ އެހެނިހެން އޮޕަރޭޝަނަލް މަސައްކަތްތައް ކުރުން
  7. ލައިބްރަރީގެ ކަލެކްޝަންއާއި ގުޅޭގޮތުން ލައިބްރަރީގެ ޚިދުމަތް އަމާޒުވާ ފަރާތްތައް އަހުލުވެރިކުރުމަށް ސެމިނަރ، ޕްރޮގްރާމް އަދި ތަފާތު އިވެންޓްތަކާއި ސެޝަންތައް ބޭއްވުން.
  8. ކަލެކްޝަން މެނޭޖްމަންޓް ސެކްޝަންގެ މަސައްކަތް ހިންގާ ބެލެހެއްޓުން.
  9. ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ކަލެކްޝަން މެނޭޖްމަންޓް ސެކްޝަން މަސައްކަތްތަކުގެ އިންތިޒާމް ހަމަޖެއްސުން.
  10. ސެކްޝަނާއި ގުޅުންހުރި ކޮމިޓީތައް ހިންގާ ބެލެހެއްޓުން.
  11. ސެކްޝަންގެ ދަށުންހުރި ޔުނިޓް ތަކުގެ ހެޑުން ސުޕަވައިޒްކުރުން.
  12. ސެކްޝަނާއި ގުޅުން ހުރި ޕްރޮސީޖަރ ތައްޔާރުކުރުން
  13. ޔޫނިއަންކެޓަލޮގް ޤާއިމް ކުރުމަށްޓަކައި ދޭންވާ ޓެކްނިކަލް ސަޕޯޓް ދިނުން.
  14. އޮފީހުގެ ސެކްޝަން، ޔުނިޓް, ކޮމެޓީތަކުން ބާއްވާ ބައްދަލުވުންތައް އަދި އެހެނިހެން މުވައްސަސާތަކާއި އެކު ބޭއްވޭ ބައްދަލުވުންތަކުގައި ބައިވެރިވުން
  15. މައުލޫމާތު ސާފުކުރުމަށް އަދި އެހިނިހެން ބޭނުންތަކަށް ޑިވިޝަން/ސެކްޝަނަށް ފޮނުވާ ލިޔެކިޔުންތަކަށް ޖަވާބުދިނުން
  16. ސުޕަވައިޒްކުރާ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށް މަންތްލީ ރިވިއު ފުރިހަމަކުރުމުގެ މަސައްކަތްކުރުން އަދި އަހަރު ނިމުމުން މަސައްކަތުގެ ފެންވަރު ބެލުމުގެ މަސައްކަތް ފުރިހަމަކޮށް ނިންމުން
  17. އޮފީހުގެ މަސައްކަތް އިތުރަށް ރަގަޅުކުރެވޭނެ ގޮތާއި މެދު ބިނާކުރަނިވި ހިޔާލު ފާޅުކުރުން.  

މަޤާމުގެ ޝަރުޠުތައް:

1- މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ޑޮކްޓޯރަލް ޑިގްރީއެއް ޙާޞިލްކޮށްފައިވުން. އަދި މަގާމުގެ މަސައްކަތާ ގުޅުންހުރި ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށްފައިވުން.

ނުވަތަ

2- މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުތަކުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވުން.

ނުވަތަ

3- މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާގައި 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުތަކުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވުން.

ގުޅޭ ވަޒީފާގެ ދާއިރާތައް:

  1. އާކައިވަލް ޕްރެކްޓިސް  
  2. އާކައިވަލް ސްޓަޑީޒް  
  3. އާކައިވް ސައިންސް  
  4. އާކައިވްސް އެންޑް ރެކޯޑް މެނޭޖްމަންޓް  
  5. އާކައިވްސް އެންޑް ރެކޯޑްސް އެޑްމިނިސްޓްރޭޝަން  
  6. ކަލެކްޝަން މެނޭޖްމަންޓް އެންޑް ޕްރިވެންޓިވް ކޮންޒަރވޭޝަން  
  7. ކޮމްޕިއުޓޭޝަނަލް ކަލަރ އެންޑް ސްޕެކްޓްރިކަލް އިމޭޖިންްގ  
  8. ކޮންޒަރވޭޝަން އެންޑް ޕްރިޒަރވޭޝަން ސްޓަޑީޒް  
  9. ޑިޖިޓަލް ރެކޯޑް ކީޕިންގ  
  10. ޑޮކިއުމެންޓޭޝަން އެންޑް އާކައިވަލް ސައިންސް  
  11. ހިސްޓްރީ އެންޑް އާކައިވްސް  
  12. އިމޭޖިންގ ސައިންސަސް  
  13. އިންފޮމޭޝަން އެންޑް ޑޮއިކުމެންޓޭޝަން  
  14. އިންފޮމޭޝަން މެނޭޖްމަންޓް  
  15. އިންފޮމޭޝަން މެނޭޖްމަންޓް އެންޑް ޕްރިޒަރވޭޝަން  
  16. އިންފޮމޭޝަން ސައިންސަސް  
  17. އިންފޮމޭޝަން ސްޓަޑީޒް  
  18. ލައިބްރޭރިއަންޝިޕް  
  19. ލައިބްރަރީ އެންޑް އިންފޮމޭޝަން މެނޭޖްމަންޓް  
  20. ލައިބްރަރީ އެންޑް އިންފޮމޭޝަން ސައިންސް  
  21. ލައިބްރަރީ އެންޑް އިންފޮމޭޝަން ސްޓަޑީޒް  
  22. ލައިބްރަރީ މެނޭޖްމަންޓް  
  23. ލައިބްރަރީ ސައިންސް  
  24. ލައިބްރަތީ ސްޓަޑީޒް  
  25. ލައިބްރަރީ ޓެކްނޮލޮޖީ  
  26. ރެއަރ ބުކްސް އެންޑް ޑިޖިޓަލް ހިއުމަނިޓީޒް  
  27. ރެކޯޑްސް އެންޑް އާކައިވްސް މެނޭޖްމަންޓް  
  28. ރެކޯޑްސް މެނޭޖްމަންޓް އެންޑް އާކައިވަލް ސައިންސް  
  29. ރެކޯޑްސް މެނޭޖްމަންޓް އެންޑް ޑިޖިޓަލް ޕްރިޒަރވޭޝަން  
  30. ރެކޯޑްސް މެނޭޖްމަންޓް އެންޑް އިންފޮމޭޝަން ރައިޓްސް  
  31. ރެސްޓޮރޭޝަން އެންޑް ކޮންޒަރވޭޝަން 

ލައިބްރަރީ ސަރވިސަސްގެ މަސައްކަތްތަކާއި ރެކޯޑްސް މެނޭޖްމަންޓްގެ މަސައްކަތްތަކާއި އާކައިވްގެ މަސައްކަތްތަކާގުޅޭ މެނޭޖީރިއަލް ފެންވަރުގެ މަސައްކަތްތަކާއި ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި މަސައްކަތު ތަޖުރިބާ.
  • ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް ފޮނުއްވާނީ 29 ސެޕްޓެންބަރ 2026 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، ޤައުމީ ކުތުބުޚާނާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އީމެއިލް ކުރައްވާނަމަ އެޕްލިކޭޝަން ފޯމާއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު ، ފައިލުގައި އެޕްލިކޭޝަން ހުށައަޅާ ފަރާތުގެ ނަމާއި އިޢުލާން ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓްލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާނު އޮންނާނީ، 30 ސެޕްޓެންބަރ 2026 އިން 29  އޮކްޓޯބަރ 2026 އާއި ދެމެދު، ޤައުމީ ކުތުބުޚާނާގެ (މިއުޒިއަމް ބިލްޑިންގ އޭ) މާލެ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3007200 އަށެވެ. އީ-މެއިލް ކުރާނީ[email protected]  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

22 ސެޕްޓެންބަރު 2026