ދިވެހިރާއްޖެ
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
މާލެ، ދިވެހިރާއްޖެ
އިޢުލާން
FAM/IUL/2026/020
އެޓޯލް ޗެމްޕިއަންޝިޕް 2026/2027
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ 2026/2027 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަންގެ ކަލަންޑަރގައި ހިމެނޭ އެޓޯލް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް 17 އޮކްޓޯބަރ 2026 ފެށުމަށް ވަނީ ތާވަލްކޮށްފައިވައެވެ. މިމުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވެފައިވާތީވެ، ވަރަށް ގިނަ ރަށްތަކުން މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްދެއްވުމަށް އެދެމުންދާތީވެ، 27 ސެޕްޓެމްބަރ 2026 ގެ ނިޔަލަށް އިތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ރަށްތަކުން، ތިރީގައި މިވާ ލިންކް މެދުވެރިކޮށް މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ޑޮކިއުމަންޓްސްތައް 27 ސެޕްޓެމްބަރ 2026 ވަނަ ދުވަހުގެ ކުރިން ހުށައެޅުމަށް ދަންނަވަމެވެ.
މި މުބާރާތުގައި ޓީމްތަށް ބައިވެރިވެ ނިމުމުން، ރީޖަންތަކުގައި މެޗްތަށް ކުޅޭނެ ތާރީހްތައް ފަހުން އަންގާނެ ވާހަކަ ދަންނަވަމެވެ.
22 ސެޕްޓެމްބަރ 2026