ދިވެހިރާއްޖެ
އިޢުލާން
މިކޯޓުގައި ހުރި ބައުވެ ހަލާކުވެފައިވާ ބައެއް ހަރުމުދާ ދުވަހު ނީލަމުގެ އުސޫލުން ނީލަންކިޔުން 2026 އޮކްޓޫބަރ 4 ވާ އާދިއްތަ ދުވަހުގެ ހަވީރު 16:30 ގައި ރ. މަޑުއްވަރީ ރައްޔިތުންގެ ހިޔާގައި އޮންނާނެއެވެ. ނީލަން ކިޔަން ހަމަޖެހިފައިވާ ތަކެތީގެ މައުލޫމާތު އަދި ނީލަން ފެށޭ އަގު މި އިޢުލާނާއެކު އެއްފަތްކުރެވިފައިވާނެއެވެ. ވީމާ، ނީލިމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން 2026 އޮކްޓޫބަރ 4 ވާ އާދިއްތަ ދުވަހުގެ ހަވީރު 16:30 އަށް މަޑުއްވަރީ ރައްޔިތުންގެ ހިޔާ އަށް ހާޟިރުވެ ނީލަމުގައި ބައިވެރިވުން އެދެމެވެ.
ނީލަން ކާމިޔާބުކުރާ ފަރާތްތަކުން ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނުތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޭ bp.finance.gov.mv މެދުވެރިކޮށް ދެއްކުމަށްފަހު ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ތަކެތި ގެންދަންވާނެއެވެ. އަދި މިކަމާ ބެހޭގޮތުން އިތުރު މައުލޫމާތު އޮޅުންފިލުވުމަށް މިކޯޓުގެ ނަމްބަރު 6580430 ފޯނަށް ގުޅުއްވުން އެދެމެވެ. އެހެންވެ މިކަން އާންމުކޮށް އެނގުމަށްޓަކައި އިޢުލާނު ކުރީމެވެ.