މަސައްކަތް
ނަންބަރު: 518-A/2026/34
ޕަބްލިޝްކުރި ތާރީޚް: 21 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 13:52
ސުންގަޑި: 29 ސެޕްޓެންބަރު 2026 13:00
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ފައިލިންގ ކެބިނެޓް ޖެހުން

އިޢުލާން

ފައިލިންގ ކެބިނެޓް ޖެހުން

              މިކޯޓުންދޭ މަޢުލޫމާތާއި އެއްގޮތަށް، މިކޯޓަށް ކަބަޑުފިލާ ނުވަތަ ބްލޮކްބޯޑު ބޭނުންކޮށްގެން 2 ފައިލިންގ ކެބިނެޓް ޖަހައިދިނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

              ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2026 ސެޕްޓެންބަރު 29 ވާ (އަންގާރަ) ދުވަހުގެ 13:00 ށް މި ކޯޓަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅުއްވާ ކޯޓޭޝަންގައި މަސައްކަތުގެ އަގާއި މަސައްކަތް ނިންމޭނެ މުއްދަތު ހިމެނުމަށް ދަންނަވަމެވެ. މި މަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭ ކުރެހުން މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

              މި މަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މި މަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ މެޖިސްޓްރޭޓް ކޯޓު

ފޯން: 6520073، 6520074

އީ-މެއިލް: [email protected]

              ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

10 ރަބީޢުލްއާޚިރް 1448

21 ސެޕްޓެންބަރު 2026

21 ސެޕްޓެންބަރު 2026