ނީލަން
ނަންބަރު: (IUL)248-CAFA/248/2026/8
ޕަބްލިޝްކުރި ތާރީޚް: 21 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 13:20
ސުންގަޑި: 22 ސެޕްޓެންބަރު 2026 09:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުޅަނގުދެކުނު ތޮށިގަނޑު ކައިރީ ހިކިފައި އޮތް ދެ ފިތުރޯނު ގަސް ނީލަން ކިޔުމަށް

އިޢުލާން

 

މިރަށު ހުޅަނގުދެކުނު ތޮށިގަނޑު ކައިރީ ހިކިފައި އޮތް ދެ ފިތުރޯނު ގަސް ނީލަން ކިޔުމަށް ވަނީ ހަމަޖެހިފައެވެ.

 

ނީލަން ކިއުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި 

ނީލަން އޮންނަ ދުވަސް:

22 ސެޕްޓެމްބަރު 2026  

ގަޑި:

ހެނދުނު 09:00

ނީލަން އޮންނަ ތަން:

ހުޅަނގުދެކުނު ތޮށި ކައިރި (ލައިސެންސް ޓްރެކް ދެކުނުގައިވާ ހުސް ބިން)

 

ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތީގެ ތަފްޞީލް

ޢަދަދު

ބާވަތް

ނީލަން ފެށޭއަގު

     2

ފިތުރޯނު ގަސް

50

 

މިނީލަމުގައި ވާހައި ގިނަ ފަރާތްތަކަކުން ބައިވެރިވެވަޑައިގެން ދެއްވުމަކީ މިއިދާރާގެ އެދުމެކެވެ. ނީލަމުން ނަންގަވާ ތަކެތީގެ އަގު 2026 ސެޕްޓެމްބަރު 22 ދުވަހުގެ 10:00 ގެ ކުރިން ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލް އިދާރާގެ 7714700413001 ގެ ނަމްބަރ އެކައުންޓަށް  ފައިސާ ޖަމާކުރަން ޖެހޭނެއެވެ. ފައިސާ ޖަމާނުކުރާ ފަރާތްތަކުން ނީލަމުންނެންގެވި ތަކެތި އެހިސާބުން ކެންސަލް ކުރެވޭނެއެވެ. ނީލަމުން ނެގި ތަކެތި ގެންދެވޭނީ ނީލަން ފުރިހަމަ ކުރި ކަމުގެ ލިއުން ކައުންސިލުން ދިނުމުންނެވެ.

ނީލަން ފުރިހަމަ ކުރައްވާ ފަރާތްތަކުން ނީލަމުން ނެންގެވި ތަކެތި 2026 ސެޕްޓެމްބަރު  22 ދުވަހުގެ 18:00 ގެ ކުރިން ގެންދަވަންވާނެއެވެ. އެވަގުތުގެ ތެރޭގައި ނުގެންދަވާ ތަކެތި އެފަރާތުން ބޭނުންނެތީ ކަމުގައި ބަލައި ކައުންސިލުން ބޭނުންވާގޮތަށް އެތަކެއްޗާއި މެދު ޢަމަލު ކުރެވޭނެއެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 ސެޕްޓެންބަރު 2026