ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)25-A5/25/2026/2
ޕަބްލިޝްކުރި ތާރީޚް: 20 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 16:37
ސުންގަޑި: 30 ސެޕްޓެންބަރު 2026 14:00
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް 

    މާލެ، ދިވެހިރާއްޖެ      

ނަންބަރު:(IUL)25-A5/25/2026/24 

 

އިޢުލާނު 

މަޤާމު: 

އެސިސްޓަންޓް ޑިރެކްޓަރ (މީޑިއާ) 

ބޭނުންވާ އަދަދު: 

1 (އެކެއް)  

މަޤާމުގެ ގިންތި: 

ވަގުތީ (2 އަހަރު) 

މަޤާމުގެ ރޭންކު: 

އެމް.ޕީ.އެސް. 7 

މަޤާމުގެ ކްލެސިފިކޭޝަން: 

ޖެނެރަލް ސަރވިސް 

ވަޒީފާ އަދާކުރަން ޖެހޭ ތަން: 

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް  

މުސާރަ: 

7,035/-ރ. 

ސަރވިސް އެލަވަންސް: 

2,000/-ރ. 

އެހެނިހެން އެލަވަންސް: 

- ހާޒިރީ އެލަވަންސް: މަސައްކަތަށް ހާޒިރުވާ ރަސްމީ ކޮންމެ ދުވަހަކަށް 250/-ރ 

- ސްޕެޝަލް ޑިއުޓީ އެލަވަންސް: 2,462/-ރ 

- ޓެކްނިކަލް ކޯ އެލަވަންސް:1,970/- ރ 

-  ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ދެވޭނެއެވެ. 

-ފޮރިން ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: 

  1. މިނިސްޓްރީއާއި ސަރުކާރުން ކުރާ ޚާރިޖީ ދާއިރާއާ ގުޅޭ މަސައްކަތްތަކާއި މަޢުލޫމާތުތައް ސޯޝަލް މީޑިޔާގައި ހިއްސާކުރުމަށް ބޭނުންވާ ގްރެފިކްސް/ ޕޯސްޓު/ ވީޑިއޯ ތައްޔާރުކުރުމާއި އެޑިޓްކުރުން. 

  1. ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ ދުވަސްތަކާ ގުޅުވައިގެން މިނިސްޓަރު އަދި މިނިސްޓްރީން ސޯޝަލް މީޑިޔާގައި ހިއްސާކުރުމަށް ބޭނުންވާ ޕޯސްޓްތަކުގެ ގްރެފިކްސް ތައްޔާރުކުރުން. 

  1. މިނިސްޓްރީން ތައްޔާރުކުރާ ފޮތް، ލީފްލެޓް، ބްރޯޝަރ އަދި މިނޫންވެސް ލިޔެކިޔުންތަކުގެ ގްރެފިކްސް ފަރުމާކުރުން. 

  1. މިނިސްޓްރީން ކުރާ މަސައްކަތްތަކާއި ބާއްވާ ބައްދަލުވުންތަކުގެ ފޮޓޯ، ވީޑިއޯ އަދި ޚަބަރުތައް މިނިސްޓްރީގެ ވެބްސައިޓާއި ސޯޝަލް މީޑިއާގެ މަންސަތަކުގައި ހިމެނުމާއި އަދާހަމަކޮށް ބެލެހެއްޓުން، އަދި އޮންނަ ޤަވާޢިދުން އަރުޝީފުކުރުން.  

  1. ރާއްޖެއަށް ޒިޔާރަތްކުރައްވާ ބޭރު ޤައުމުތަކުގެ އިސް ވެރިންނާއި ފޮރިން މިނިސްޓަރުންނާއި އެހެނިހެން އިއްޒަތްތެރިންގެ ދަތުރުފުޅުތަކުގެ ރަސްމީ ކަވަރޭޖްގެ މަސައްކަތްތައްކުރުން (ވީޑިއޯ، ޕޮޓޯ، ޚަބަރު، ނޫސް ބަޔާން، ސޯޝަލް މީޑިއާ). 

  1. މިނިސްޓްރީން ބާއްވާ ރަސްމީ ބައްދަލުވުންތަކުގެ ފޮޓޯނެގުމާއި ވީޑިއޯ ކަވަރޭޖް. 

  1. މިނިސްޓްރީގެ ވެބްސައިޓް އަށް ބޭނުންވާ މަޢުލޫމާތު އަދާހަމަކޮށް ބެލެހެއްޓުން.  

  1. މިނިސްޓްރީން އިންތިޒާމުކުރާ ޖަލްސާތަކާއި ބައްދަލުވުންތަކަށް ވަޑައިގަންނަވާ ބޭރުގެ މީޑިޔާ އޮފިޝަލުން އެއަރޕޯޓުން ރިސީވްކުރުމާއި ފުރުމުގެ ކަންތަކުގައި އެހީތެރިވެދިނުން.  

  1. އިންޓަރނޭޝަނަލް މީޑިއާތަކަށް ބޭނުންވާ ތަފާތު ބްރީފިންގ ކަރުދާސްތަކާއި މަޢުލޫމާތު ކަރުދާސް ތައްޔާރުކުރުން. 

  1. ޕަބްލިކް އިންފޮމޭޝަން ޔުނިޓްގެ ޑެއިލީ އެންޓްރީ ނެގުން. 

  1. ޕަބްލިކް އިންފޮމޭޝަން ޔުނިޓްގެ ޔައުމިއްޔާ، ވީކްލީ ރިޕޯޓް އަދި އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކުރުން. 

  1. މިނިސްޓްރީން ބޭނުންވެއްޖެ ހިނދެއްގައި އޮފީހުގެ ރަސްމީ މަސައްކަތާއި ގުޅޭގޮތުން އެހެން ޑިޕާޓްމަންޓް/ ޑިވިޜަން/ ޔުނިޓްތަކާއި ގުޅިގެން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން. 

  1. މިނިސްޓްރީން ބޭނުންވެއްޖެ ހިނދެއްގައި ބޭރުގެ ޢިއްޒަތްތެރިންނާއި ވަފުދުތަކުން ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގެ ޕްރޮޓޮކޯލް މަސައްކަތްތައް ކުރުން. 

  1. މިނިސްޓްރީން ބޭނުންވެއްޖެ ހިނދެއްގައި ދިވެހިރާއްޖޭގައި ބާއްވާ އެކިއެކި ޖަލްސާ، ކޮންފަރަންސް، ސެމިނާ އަދި ވަރކްޝޮޕްތަކުގައި ޕްރޮޓޮކޯލް މަސައްކަތްތައް ކުރުން. 

މަޤާމުގެ ޝަރުޠުތައް: 

މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލްކޮށްފައިވުން. 

މަޤާމުގެ ތަޢުލީމީ ރޮނގުތައް  

އިންފޮމޭޝަން ޓެކްނޮލޮޖީ 

ކޮމްޕިއުޓަރ ސައިންސް 

މާކެޓިންގ 

ޑިޖިޓަލް މީޑިއާ 

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް 

އިންފޮރމޭޝަން ޓެކްނޮލޮޖީ 

ކޮމްޕިއުޓަރ ސައިންސް 

މާކެޓިންގ 

ޑިޖިޓަލް މީޑިއާ 

ހުށަހަޅަންޖެހޭ ލިޔުންތައް: 

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި މިނިސްޓްރީގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ). ވަޒީފާއަށް އެދޭ ފޯމުގެ ލިންކް:  

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް). 

  1. ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެ ފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.  

  1. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން. 

  1. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.  

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. 

(ށ) ރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ. 

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ.  

(ހ) ދައުލަތުގެ އިދާރާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.  

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.  

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމުޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ). 

ނޯޓް: ބައިނަލްއަޤުވާމީ ޖަމުޢިއްޔާ/ ޖަމާޢަތެއްކަމުގައި ބަލާނީ ރާއްޖެއިން ބޭރުގައި ދިވެހިރާއްޖެ ތަމްސީލުކުރާ ޖަމުޢިއްޔާ/ ޖަމާޢަތަކަށްވާ ނަމައެވެ. 

(ބ) ދަޢުލަތުގެ އުވާލާފައިވާ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމުޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު" (މި ފޯމު ތިރީގައިވާ ލިންކް އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ). 
ލިންކް: https://bit.ly/3V8Jyyb 

(ޅ) ކިޔެވުމުގެ މަރުޙަލާގައި ނުވަތަ ކޯހުގެ ބޭނުމަށް ފުރިހަމަކޮށްފައި ހުންނަ އިންޓަރންޝިޕް ފިޔަވައި އެހެނިހެން އިންޓަރންޝިޕް ޕްރޮގްރާމުތަކުގެ މުއްދަތަށް، މިއުޞޫލުގައި ބަޔާންކޮށްފައިވާގޮތުގެ މަތިން މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ޕޮއިންޓުދެވޭނެއެވެ. އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި އިންޓަރންޝިޕް ފުރިހަމަކޮށްފައިވާނަމަ އެ އިންޓަރންޝިޕްގެ މުއްދަތު، މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ބަލާ ޕޮއިންޓްދެވޭނެއެވެ.  

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 

 

 

ދާއިރާ 

ބެލޭނެ ބައިތައް 

ޕޮއިންޓު 

އިންސައްތަ (%) 

ކެޓެގަރީގެ ޖުމުލަ އިންސައްތަ 

ތަޢުލީމާއި ތަޖުރިބާ 

ޝަރުތު ހަމަވުމަށް ބޭނުންވާ ސަނަދައްވުރެ މަތީ ސަނަދެއް އޮތްނަމަ ދެވޭ ޕޮއިންޓް (ލެވެލް 5 ގެ ސަނަދެއްނަމަ 5 ޕޮއިންޓް، ލެވެލް 6 ގެ ސަނަދެއްނަމަ 10 ޕޮއިންޓް އަދި ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއްނަމަ 15 ޕޮއިންޓް) 

15 

 

 

 

 

 

 

20 

20 

ޝަރުތު ހަމަވުމަށް ބޭނުންވާ ތަޖުރިބާގެ އިތުރުން ލިބިފައިވާ ތަޖުރިބާއަށް ދެވޭ ޕޮއިންޓް (ގިނަވެގެން 5 ޕޮއިންޓް، އަހަރަކަށް 1 ޕޮއިންޓް) 

ލިބިފައިވާ ހުނަރު 

އިމްތިޙާނު (މާކްސް) 

100 

40 

80 

ޕްރެޒެންޓޭޝަން 

50 

10 

އިންޓަރވިއު 

50 

30 

ޖުމުލަ 

220 

100 

100 

މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 45% (ސާޅީސްފަސް  އިންސައްތަ) އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާނަމައެވެ. 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި: 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 ސެޕްޓެމްބަރު 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔެކިޔުންތައް [email protected] އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. 

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަތުމުގެ މުއްދަތު އިތުރުކުރެވޭނެއެވެ.  

ޝޯޓްލިސްޓުކުރުން: 

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭނީ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާ އަދި އެސެސްމަންޓްގެ ނަތީޖާއަށް ބަލައިގެން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތެވެ.  

އިމްތިޙާނާއި، އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު: 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިޙާން، އިންޓަވިއު، އަދި  ޕްރެޒެންޓޭޝަން އޮންނާނީ 4 އޮކްޓޫބަރު 2026 އާއި 15 އޮކްޓޫބަރު 2026 އާ ދެމެދުގެ ދުވަހެއްގައެވެ. އިމްތިޙާން، އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައެވެ.  

ދިމާވާ ޚާއްޞަ ހާލަތްތަކާގުޅިގެން އިމްތިޙާން، އިންޓަވިއު އަދި ޕްރެޒެންޓޭޝަން ބާއްވާ ދުވަސް ބަދަލުވެއްޖެނަމަ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދުރާލާ މި މިނިސްޓްރީ އިން އެކަން އަންގާނެއެވެ.  

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް " އާންމުކުރުން 

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނުގޮތުގެ ޝީޓް" އާންމުކޮށް ފެންނާނޭހެން މި މިނިސްޓްރީގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެތެރޭގައި އެ ޝަކުވާއެއް މި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. ޝަކުވާ ހުށަހަޅާނީ [email protected]  އަށެވެ. 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް" ބެލޭނެ ލިންކް: https://foreign.gov.mv/index.php/en/ministry/careers 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3023939 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ. 

9 ރަބީޢުލްޢާހިރު 1448 

20 ސެޕްޓެމްބަރު 2026 

 

 

20 ސެޕްޓެންބަރު 2026