ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)177-B2/1/2026/47
ޕަބްލިޝްކުރި ތާރީޚް: 20 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 13:46
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
2027 ވަނަ އަހަރުގެ ކިއުރޭޓަރ ރެސިޑެންސީ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު

މޮރީ ކޮންޓެމްޕްރަރީ އާޓް ފައުންޑޭޝަން (MoriCAF) އިންތިޒާމްކުރައްވައިގެން ބޭއްވުމަށް ހަމަޖެހިފައިވާ 2027 ވަނަ އަހަރުގެ ކިއުރޭޓަރ ރެސިޑެންސީ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

މި ޕްރޮގްރާމަކީ ޖަޕާނުން ބޭރުގައި ދިރިއުޅޭ، ޖަޕާނުގެ ކޮންޓެމްޕްރަރީ އާޓް (ޒަމާނީ ފަންނުވެރިކަން) އަށް ޝައުޤުވެރިވާ ކިއުރޭޓަރުންނަށް ޚާއްޞަކޮށްގެން ބާއްވާ ޕްރޮގްރާމެކެވެ. މީގެ ސަބަބުން ދިރާސާތައް ކުރުމަށާއި، އާޓިސްޓުންނާއި ސަގާފީ އިދާރާތަކާއި ގުޅުން ބަދަހިކުރުމަށާއި، މުޅި ޖަޕާނުގައި ޕްރޮފެޝަނަލް ނެޓްވޯކްތައް އާލާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. 

ޜެސިޑެންސީގެ މުއްދަތު:

  • އޭޕްރީލް 2027 އިން މާރިޗު 2028 އަށް
  • ދިގުމިން: 1 މަހާއި 3 މަހާ ދެމެދު (ގިނަވެގެން 90 ދުވަސް) 

ޕްރޮގްރާމަށް ހޮވޭ ފަރާތްތަކަށް ތިރީގައިވާ ކަންތައްތައް ހަމަޖައްސައިދެވޭނެ:

  • ޓޯކިޔޯއަށް ދިއުމާއި އެނބުރި އައުމުގެ އިކޮނޮމީ ކްލާސް ވައިގެ ޓިކެޓް
  • އެކޮމޮޑޭޝަން
  • ހެނދުނުގެ ނާސްތާ
  • ފާސްކުރެވޭ ދިރާސާ ޚަރަދުތަކަށް 200,000 ޖަޕަނީޒް ޔެން (JPY) އާ ހަމައަށް ފައިސާ
  • ޖަޕާނުގައި ކުރިއަށްގެންދާ ދިރާސާ ހަރަކާތްތައް ވިލަރެސްކުރުމުގެ އެހީތެރިކަން 

ޝަރުޠުތައް: 

  • ޖަޕާނުން ބޭރުގައި ދިރިއުޅޭ ފަރާތަކަށްވުން
  • ކޮންޓެމްޕްރަރީ އާޓްގެ ދާއިރާއިން މަދުވެގެން 5 އަހަރުގެ ކިއުރޭޓްކުރުމުގެ ތަޖުރިބާ ލިބިފައިވުން
  • އިނގިރޭސި ނުވަތަ ޖަޕާނު ބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރަން އެނގުން
  • އަމިއްލައަށް ދިރިއުޅެ، މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން
  • މަދުވެގެން އެއް މަސް ދުވަހުގެ ރެސިޑެންސީ މުއްދަތެއް ފުރިހަމަކުރަން އެއްބަސްވުން
  • ޕްރޮގްރާމާ ގުޅުންހުރި އިޝްތިހާރު ކުރުމުގެ ހަރަކާތްތަކުގައި ބައިވެރިވުން
  • ރެސިޑެންސީގެ މުއްދަތުގައި ވިޔަފާރީގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވުން 
  • ފުރުމުގެ ކުރިން އެކަށީގެންވާ ޓްރެވަލް އަދި މެޑިކަލް އިންޝުއަރެންސް ހަމަޖެއްސުން

ބޭނުންވާ ލިޔެކިޔުންތައް :

  • ފުރިހަމަކޮށްފައިވާ އިނގިރޭސި ބަހުގެ އެޕްލިކޭޝަން ފޯމު
  • ގިނަވެގެން 500 ބަހުގެ ދިރާސާ ޕްރޮޖެކްޓް ޕްރޮޕޯޒަލެއް
  • ކުރިން ކޮށްފައިވާ ކިއުރޭޓަރ ޕްރޮޖެކްޓްތަކުގެ އެކްޓިވް ލިންކްތައް ހިމެނޭ ޕޯޓްފޯލިއޯއެއް
  • ޕީޑީއެފް (PDF)  ފޯމެޓްގައި ސީވީ (CV)  ހުށަހެޅުމަށް
  • އިނގިރޭސި ބަހުން ލިޔެ ސޮއިކޮށްފައިވާ އެއް ރެކޮމެންޑޭޝަން ސިޓީ
  • ޕްރޮފެޝަނަލް ދެ ރެފްރީންގެ ކޮންޓެކްޓް

ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތްތަކަށް އޮންލައިން އިންޓަވިއުއަކަށް ދަޢުވަތު އެރުވުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މި ޕްރޮގްރާމްގައި ބައިވެރިވެލެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 31 އޮކްޓޯބަރ 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަން ފޯމް ފުރުމަށްފަހު [email protected] އަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. އަދި ޕްރޮގްރާމުގެ ފުރިހަމަ ތަފުސީލާއި ކުރިމަތިލާނެ ގޮތުގެ މަޢުލޫމާތު، މޮރީ ކޮންޓެމްޕްރަރީ އާޓް ފައުންޑޭޝަންގެ ވެބްސައިޓް އިން ލިބިވަޑައިގަންނަވާނެއެވެ. ލިންކު ތިރީގައި އެވަނީއެވެ. 

 https://mori-caf.jp/en-residency-program/curator-residency-program-2027-application-and-guidelines/

20 ސެޕްޓެންބަރު 2026