ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)278/278/2026/51
ޕަބްލިޝްކުރި ތާރީޚް: 20 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 13:46
ސުންގަޑި: 27 ސެޕްޓެންބަރު 2026 10:00
މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަސާސީ ދަނޑު ނެގުމަށް ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން

އިޢުލާން

 

2026

 

އަސާސީ ދަނޑު ނެގުމަށް ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން

            މިއިދާރާގެ ނަންބަރުOTHER) 278/278/2026/7:   ) 2  ސެޕްޓެމްބަރ 2026 އަސާސީ ދަނޑު ދޫކުރުމުގެ އުސޫލުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަސާސީ ދަނޑު ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. އަސާސީ ދަނޑު ދިނުމަށް ހަމަޖެހިފައިވަނީ މިރަށުގެ ރައްވެހިންގެ ތެރެއިން ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހަކާ އިނދެގެން އުޅޭ ނުވަތަ އަމިއްލަ ގެއެއް ނުވަތަ ގޯއްޗެއް ލިބިފައިވާ މިރާށުގެ ރައްޔިތުންނަށެވެ.

            ވީމާ، އަސާސީ ދަނޑު ބޭނުންވާ ފަރާތްތަކުގެ ތެރެއިން، މިހާތަނަށް މިއިދާރާއަށް ފޯމް ހުށައަހަޅާފައިނުވާ ފަރާތްތަކުން އަސާސީ ދަނޑު ނެގުމަށް ހުށައަޅާ ފޯމް ފުރިހަމަކުރެއްވުމަށްފަހު 27 ސެޕްޓެމްބަރ 2026 ވާ އާދިއްތަ ދުވަހުގެ 10:00 ގެ ކުރިން މިއިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. އަސާސީ ދަނޑު ނެގުމަށް ހުށައަޅާ ފޯމް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  ވީމާ، މިކަން އާންމު ކޮށް އަންގާ އިއުލާން ކުރީމެވެ.                                                   

20 ސެޕްޓެންބަރު 2026