ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ރައްޔިތުންނަށް ލިބިދޭންޖެހޭ އަސާސީ ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ ސިޔާސަތުގެދަށުން، މިރަށުގައި ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޢަމަލީ އިމްތިހާނުތައް ކުރިއަށް ގެންދިއުމަށްޓަކައި އެގްޒަމިނަރަކު ހޯދަން ބޭނުންވެއެވެ. އެގްޒަމިނަރަކު ހޯދުމުގައި ބަލާނެ ޝަރުތުތަކަކީ:
- ނިޔަމި ކަމުގެ ސެޓްފިކެޓް އޮތުން.
- ލައިސަންސް ނެގިފަހުން މަދުވެގެން 1 އަހަރު ދުވަހު އުޅަނދުފަހަރު ދުއްވުމުގައި ހޭދަކޮށްފައިވުން.
އެގްޒަމިނަރު ހޮވުމުގައި ބަލާނީ ގިނަ ކެޓަގަރީތަކުގެ އުޅަނދުފަހަރު ދުއްވުމުގެ މަސައްކަތުގައި ހޭދަކޮށްފައިވާ މުއްދަތަށެވެ. އެ އެގްޒަމިނަރަށް ދިނުމަށް ހަމަޖެހިފައިވާ އުޖޫރައަކީ އިމްތިހާނުކުރާ ކޮންމެ ބޮލަކަށް -/35 (ފަންސަތިރީސް) ރުފިޔާއެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 30 ސެޕްޓެމްބަރު 2026 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މިކައުންސިލަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- ކަނޑުގެ ލައިސަންސް ފޮތުގެ ސާފު ކޮޕީ
- ނިޔަމި ކަމުގެ ސެޓްފިކެޓްގެ ސާފު ކޮޕީ
- އައިޑީ ކާޑް ކޮޕީ
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.