މަސައްކަތް
ނަންބަރު: (IUL)308/2026/37
ޕަބްލިޝްކުރި ތާރީޚް: 20 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 11:32
ސުންގަޑި: 28 ސެޕްޓެންބަރު 2026 13:00
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަޑުއްވަރީ ދޮރާށި ތަރައްޤީކުރުން

ޕްރޮޖެކްޓް ނަންބަރު PC/308/2026/08

މިކައުންސިލްގެ ނަންބަރު (IUL)308/2026/37 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑު ހުށަހަޅާފައިނުވާތީ އެމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

މިކައުންސިލުން ތަރައްޤީކުރުމަށް ނިންމާފައިވާ މަޑުއްވަރީ ދޮރާށި، މިޢުލާނާއިއެކު ހިމަނާފައިވާ ކުރެހުމާއި އެއްގޮތަށް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިއިޢުލާނާއިއެކު އެއްކަރުދާސްކޮށްފައިވާ ބިލް އޮފް ކުއަންޓިޓީސް ފުރިހަމަކުރައްވާ ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

  1. ދޮރާށީގެ ކުރެހުމުގައި އެސްއެސް ކްލެޑިންގ ޖެހުމަށް އޮތް ނަމަވެސް، ކުލެޑިންގ ޖަހަން ހުރި ކޮންމެ ތަނެއްގައި ޖަހާނީ އެލްމެނިއަމް ކްލެޑިންގއެވެ.
  2. ދޮރާށީގައި ސްމާޓް ސައުންޑް ސިސްޓަމެއް ހަރުކުރަންވާނެއެވެ.
  3. މި ޕްރޮޖެކްޓްގެ ބިޑު ސެކިއުރިޓީގެ ގޮތުގައި 25،000.00 (ފަންސަވީސްހާސް) ރުފިޔާގެ ބިޑު ސެކިއުރިޓީއެއް ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 120 (ސަތޭކަ ވިހި) ދުވަހެވެ.
  4. ބިޑް އެވޯޑުކުރާ ފަރާތުގެ ބިޑް ސެކިއުރިޓީ ދޫކުރާނީ ޕާފޯމަންސް ގެރެންޓީ ހުށަހެޅުމުންނެވެ.
  5. ޕްރޮޖެކްޓް ކާމިޔާބު ކުރައްވާ ފަރާތުން ހުށަހަޅުއްވާ ބީލަމުގެ އަގުގެ %5 (ފަހެއް އިންސައްތަ) އަށް ވާ ޢަދަދުގެ ޕާފޯމަންސް ގެރެންޓީއެއް ހުށަހަޅަންވާނެއެވެ.
  6. ބިޑް ސެކިއުރިޓީ އާއި ޕާފޯމަންސް ގެރެންޓީ ވާންވާނީ ދިވެހިރާއްޖޭގައި ޤާއިމްވެފައިވާ ބޭންކަކުން ނުވަތަ ފައިނޭންޝިއަލް އިންސްޓިޓިއުޓަކުން މި ޕްރޮޖެކްޓަށް ދޫކޮށްފައިވާ ސެކިއުރިޓީއަކާއި ޕާފޯމަންސް ގެރެންޓީއަކަށެވެ.

ރަޖިސްޓްރީކުރުން

2026 ސެޕްޓެންބަރު 27 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ.

މަޑުއްވަރީ ދޮރާށި ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބިޑުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް

ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން

މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2026 ސެޕްޓެންބަރު 27 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް:  [email protected]

ކޮޕީ:  [email protected]

އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަނޑި އާއި ހުށަހަޅާނެގޮތް

  • ·         2026 ސެޕްޓެންބަރު 28 ވާ ހޯމަ ދުވަހުގެ 13:00 އަށް.
  • އަންދާސީ ހިސާބު ހުށަހަޅާނީ މިއިދާރާއަށް ވަޑައިގެންނެވެ.
  • އަންދާސީ  ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ދުވަހު އަންދާސީ ހިސާބު ހުށަހަޅާ ގަޑީގައެވެ.

އަގު ހުށަހަޅަންވީ ގޮތް:

- އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.

- ބީލަން ހުށަހަޅަންވާނީ މިކައުންސިލުން ތައްޔާރުކޮށްފައިވާ ބީލަން ފޯމުންނެވެ.

- އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.

- ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

"މަޑުއްވަރީ ދޮރާށި ތަރައްޤީކުރުން'

މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ

ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:

- ވިޔަފާރީގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ.

- އަންދާސީ ހިސާބު ހުށަހަޅާ ފޯމް.

- ޓެކްސް ކުލިއަރެންސް ރިޕޯޓް.

- ބިޑު ސެކިއުރިޓީ.

ޕޮއިންޓް ދެވޭގޮތުގެ ތަފްސީލު:

  1. ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ:

- އަގު %80

- ތަޖުރިބާ

- މުއްދަތު

  1. ބިޑް އިވެލުއޭޓްކުރުމުގައި އަގުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ކުޑައަގެވެ.
  2. ތަޖުރިބާއަށް ޕޮއިންޓް ދިނުމުގައި ބަލާނީ ފާއިތުވި 2 އަހަރު ކޮށްފައިވާ މިފަދަ މަސައްކަތްތަކުގެ ލިޔުމަށެވެ.
  3. ބިޑް އިވެލުވޭޓްކުރުމުގައި މުއްދަތުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ކުރު މުއްދަތެވެ.
  4. ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
  5. ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
  6. ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ "ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް" ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

20 ސެޕްޓެންބަރު 2026