ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)410-C/410/2026/20
ޕަބްލިޝްކުރި ތާރީޚް: 18 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 21:47
ސުންގަޑި: 15 އޮކްޓޫބަރު 2026 13:00
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދާންދޫއިން ބަންޑާރަ ގޯއްޗަށް އެދުމުގެ ފުރުޞަތު ހުޅުވާލުމަށް ކުރި އިޢުލާނާއި ގުޅޭ ފޯމް އިސްލާހުކުރެވިފައި

ދިރިއުޅުމަށް ބޭނުންވާ ބަންޑާރަ ގޯތި ދޫކުރުން

އައްސަލާމު ޢަލައިކުމް
ދާންދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް 17 ސެޕްޓެމްބަރ 2026ވަނަ ދުވަހު މި ކައުންސިލުން ގެޒެޓުގައި ޝާއިޢުކޮށްފައިވާ ނަންބަރު: (IUL)410-C/410/2026/20 އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ.
ދާންދޫއިން ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމުގައި އޮތް ޓައިޕިންގ މިސްޓޭކެއް އިސްލާޙްކޮށްފައި، އަދި ދަރިންގެ މަޢުލޫމާތު ލިޔަން އިން ބައިތަކުގައި ކުރީގައި އިން 8 ލައިން 10 ލައިނަށް ބަދަލުކޮށް ދަރިން 10 ކުދިންނަށްވުރެ އިތުރުވާނަމަ ލިޔާނެ އިތުރު ބައެއް ފޯމުގައި ހިމަނާފަ ފޯމް މިހާރު ވަނީ އިޞްލާޙްކޮށްފައެވެ.
އެހެންކަމުން އިސްލާޙް ކުރި ފޯމު ހިއްސާކުރީމެވެ. މިފޯމުންނާއި އަދި ކުރީގެ ފޯމުން ހުށަހެޅިކަމުގައި ވިޔަސް ފޯމު ބަލައިގަނެވޭނެ ކަމުގައި ދެންނެވީމެވެ.
ޝުކުރިއްޔާ !

18 ސެޕްޓެންބަރު 2026