ވަޒީފާގެ ފުރުޞަތު
ނަންބަރު: U1-HC/IUL/2026/12
ޕަބްލިޝްކުރި ތާރީޚް: 18 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 18:11
ސުންގަޑި: 27 ސެޕްޓެންބަރު 2026 14:00
އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އެސިސްޓެންޓް ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ (ކަސްޓަމަރ ސަރވިސް)

މަޤާމް :އެސިސްޓެންޓް ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ (ކަސްޓަމަރ ސަރވިސް)
ބޭނުންވާ އަދަދު :1

އއ.ތޮއްޑޫ ސިއްޙީމަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝަޢުޤުވެރިކަން ހުރި ޤާބިލް ފަރާތެކެވެ.

މަޤާމު:

އެސިސްޓެންޓް ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ (ކަސްޓަމަރ ސަރވިސް)

މަޤާމުގެ ނަންބަރު:

J-462411

ބޭނުންވާ އަދަދު:

 1 (އެކެއް)

މަޤާމުގެ ގިންތި:

 ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 4 - (ސްޓެޕް 1)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

 އއ.ތޮއްޑޫ ޞިއްޙީމަރުކަޒު،  އއ.ތޮއްޑޫ ދިވެހިރާއްޖެ

މުސާރަ:

މަހަކު: -/8890  ރުފިޔާ

މަގާމު އެލަވަންސް:

 މަހަކު -/2670 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ދައުލަތުގެ ޕޭފްރޭމް ވޯކުގެ މިންގަނޑުތައް (1 ނޮވެމްބަރ 2025 އެއްގޮތައް) އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ހާޒިރީ އެލެވެންސްގެ ގޮތުގައި ހާޒިރުވާ ކޮންމެ ދުވަހަކަށް -/70  ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޞިއްޙީ މަރުކަޒުގެ ޑޮކްޓަރަށް ދެއްކުމަށް އަންނަ އެންމެހާ ފަރާތްތަކަށް އެއްވެސް ތަފާތު ކުރުމެއްނެތި ހިތްހެޔޮކަމާއި، އިހުތިރާމާއިއެކު މަރުހަބާކިޔާ ޑޮކްޓަރަށް ދެއްކުމަށް އަންނަ އެންމެހާ ފަރާތްތަކަށް ބަލިމިހާގެ އިހުސާސްތަކަށް ކަމޭހިތުމާއިއެކު، ބަލިމީހާގެ ވާހަކަތައް ޑޮކްޓަރަށް އަދި ޑޮކްޓަރުގެ ވާހަކަތައް ބަލިމީހާއަށް އަމާނާތްތެރިކަމާއިއެކު ކިޔައިދީ ރަނގަޅަށް އޮޅުން ފިލުވައި ދިނުމާއެކު ޚިދުމަތްތެރި ގޮތެއްގައި ޚިދުމަތްދިނުން.
  2. ބަލިމީހުން ބަލަންފެށުމުގެ ކުރިން ބަލިމީހުންބަލާ ކޮޓަރިއަށް ބަލިމީހުން ބެލުމަށްޓަކައި ބޭނުންވާނޭ އާލާތްތައް އަދި ލިޔެކިޔުމަށް ބޭނުންވާނެ އެހެނިހެން ތަކެތި ހަމަކުރުން.
  3. އިމަޖެންސީކޮށް ރިފަރ ކުރަންޖެހޭ ބަލިމީހުން ފޮނުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  4. ޑޭލީސާރވެއިލަންސް، މަންތްލީ ރިޕޯޓް އަދި ފޮނުވަން ޖެހޭ އެންމެހާ ރިޕޯޓްތައް ތައްޔާރުކޮށް ކަނޑައެޅިފައިވާ ތާރީޚު ތަކުގައި ފޮނުވައި ފައިލްކޮށް ބެލެހެއްޓުން.
  5. ސެކްޝަނަށް ލިބޭ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ފައިލްކޮށް ބެލެހެއްޓުން.
  6. ސަރވިސް މެމޯ ހެއްދުމުގައި ދިމާވާ މައްސަލަތައް ވަގުތުން ހައްލުކުރުން.
  7. ލިބޭ ފައިސާ އޮފީހުން އަންގާފައިވާ ގޮތާއި އެއްގޮތައް ކަމާއި ގުޅޭ ފަރާތްތަކާއި ހަވާލުކުރުން
  8. މަރުކަޒަށް ޑޮކްޓަރަށް ދެއްކުމަށް އަންނަ ބަލިމީހުން ރަޖިސްޓްރީކޮށް ނަންބަރު ދޫކުރުން.
  9. ފޯނު ކޯލް ތަކަށް ރިވެތިބަހުން ޖަވާބުދިނުމާއި، ޚިދުމަތް ތެރިގޮތެއްގައި ފޯނުގެ ޚިދުމަތް ފޯރުކޮށް ދިނުމާއިއެކު ފޯނުކޯލްތައް ކުރުކުރުމަށް ސަމާލުކަން ދިނުން.
  10. އާމްދަނީ ފައިސާގެ ދުވަހު ފޯރމްތައް އަދި މަންތްލީ އާމްދަނީ ފޯރމްތައް މަސް ނިމުމުން ތައްޔާރުކޮއް ފޮނުވަންޖެހޭ ފަރާތްތަކައް ފޮނުވާ ގަވާއިދުން ފައިލްކޮށް ބެލެހެއްޓުން.
  11. އާސަންދައިގެ ދަށުންދެވޭ ޚިދުމަތްތަކުގެ ބިލްތަކާއި، އިންވޮއިސްތައް ގަވާޢިދުން ހަދަމުންދޭތޯ ބެލުމާއި، ފޮނުވަންޖެހޭ މުއްދަތުގައި ފޮނުވަމުންދޭތޯ ބެލުން.
  12. ކޭސް ބިލްތައް ގަވާއިދުން ފައިލްކޮއް ބެލެހެއްޓުން
  13. އެލައިޑް ބިލްގެ މަންތްލީ ރިޕޯޓްތައް ގަވާއިދުން ތައްޔާރުކޮއް މަހުގެ 5 ވަނަ ދުވަހުގެ ކުރިން ނިންމާ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވާ ފައިލްކޮއް ބެލެހެއްޓުން
  14. ޞިއްޙީ އެމަރޖެންސީތަކާ ، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވުން.
  15. މަތީގައިވާ ކަންތައްތަކުގެ އިތުރުންވެސް ޞިއްޙީމަރުކަޒުގެ މަސައްކަތްތަކާއި ގުޅޭގޮތުން އަންގާ ކަންތައްތައް ކުރުމާއި ޞިއްޙީމަރުކަޒުން ރާވާ ހިންގާ ހަރަކާތްތަކުގައި ބައިވެރިވުން.

މަޤާމުގެ ޝަރުޠުތައް:

 

 

 

 

 

 

 

 

 

 

 

 

 

މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސެޓްފިކެޓް ނުވަތަ އެޑްވާންސް ސެޓްފިކެޓެއް ހާސިލްކޮށްފައިވުން.

 

 

ތަޢުލީމީ ރޮނގުތައް: 

  1. އެކައުންޓިންގ  
  2. އެކައުންޓިންގ ޓެކްނީޝަން  
  3. އެޑްމިނިސްޓްރޭޝަން  
  4. ބިޒްނަސް  
  5. ބިޒްނަސް އެކައުންޓިންގ  
  6. ބިޒްނަސް އެޑްމިނިސްޓްރޭޝަން  
  7. ބިޒްނަސް މެނޭޖްމަންޓް  
  8. ފައިނޭންސް  
  9. ހިޔުމަން ރިސޯސް މެނޭޖްމަންޓް  
  10. މެނޭޖްމަންޓް  
  11. ނާސިންގ  
  12. ޕަބްލިކް އެކައުންޓިންގ  
  13. ޕަބްލިކް އެޑްމިނިސްޓްރޭޝަން  
  14. ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް  
  15. ޕަބްލިކް މެނޭޖްމަންޓް 

ގުޅޭ ވަޒީފާގެ ދާއިރާތައް:

އިދާރީ ހިންގުމާގުޅޭ މަސައްކަތްތަކާއި އެޑްމިނިސްޓްރޭޝަނާ، ހިއުމަން ރިސޯސްއާއި، ފައިނޭންސްއާ ގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  27 ސެޕްޓެމްބަރ 2026 ވާ އާދިއްތަ

 ދުވަހުގެ 14:00 ގެ  ކުރިން އއ.ތޮއްޑޫ ޞިއްޙީމަރުކަޒުގެ އިދާރީ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް  [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ. އަދި އިދާރާއަށް މެއިލް ލިބުނުކަން ކަށަވަރު ކުރުމަކީ އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިހާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 01 އޮކްޓޫބަރ 2026 އާއި 29 އޮކްޓޫބަރ 2026 ދެމެދުގެ ތާރީހެއްގައި، އއ.ތޮއްޑޫ ޞިއްޙީމަރުކަޒުގައިއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7208339 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

7 ރަބީޢުލް އާޚިރް 1448

18 ސެޕްޓެންބަރު 2026