ވަޒީފާގެ ފުރުޞަތު
ނަންބަރު: FSM-ADV/2026/193
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 20:43
ސުންގަޑި: 21 ސެޕްޓެންބަރު 2026 14:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުންބޭނުންވެއްޖެ

 

 

FSM-ADV/2026/193

 

 

 

މުވައްޒަފުންބޭނުންވެއްޖެ

 

ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

 

މަޤާމް:

އޮފިސަރ، ސޭލްސް

ޑިޕާޓްމަންޓް/ސެކްސަން:

ސޭލްސް އެންޑް މާކެޓިންގ

ބޭނުންވާ އަދަދު:

02

މަސައްކަތުގެ ބާވަތް:

 

-          ޑިޕާޓްމަންޓުގެ އިދާރީ މަސައްކަތްތައް ބެލެހެއްޓުން.

-          މެނޭޖުމަންޓަށް އަދި ބޯޑަށް ހުށައަޅަންޖެހޭ މައުލޫމާތު ތައްޔާރުކުމަށްޓަކައި، މެނޭޖަރަށް އެހީތެރިވުން.

-          ބައްދަލުވުންތައް އިންތިޒާމުކުމާއި، އެޖެންޑާ ތައްޔާރުކުރުމާއި، ބައްދަލުވުންތަކުގެ ޔައުމިއްޔާގެ ލިޔެ ރިކޯޑު ބެލެހެއްޓުން.

-          ޑިޕާޓްމަންޓުގެ އެސް.އޯ.ޕީ ތަކާއި އިދާރީ ހިންގުން ހަރުދަނާކުރުމަށް އެހީތެރިވުން.

-          ޝެޑްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާ ގުޅޭ އިދާރީ ކަންކަމާއި ބެލެހެއްޓުން.

-          ޝެޑްތަކުގެ މެއިންޓެނަންސްގެ އިދާރީ މަސައްކަތްތައް ބެލެހެއްޓުން.

-          C2C  މަސައްކަތްތައް ކުރުން.

-          ޑިޕާޓްމަންޓުގެ އިސްވެރިން ޙަވާލުކުރާ މަސައްކަތްތައް ކުރުމާއި ހަވާލުކުރާ އެހެނިހެން ކަންކަމާއި  ޒިންމާތައް ފުރިހަމައަށް އަދާކުރުން.

ޝަރުތުތައް:

-          ޖީ.ސީ.އީ އޯލެވެލް އިމްތިހާނުން މަދުވެގެން 4 ފާސް ލިބިފައިވުން

މަހު މުސާރަ:

11,000ރ އާއި 12,000ރ އާއި ދެމެދު

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ސޭލްސް، އެފް.އެސް.އެމް ހެޑް އޮފީސް

 

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން21  ސެޕްޓެމްބަރ 2026 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ ވަޒީފާގެ ޕޯރޓަލްfsm.mv/careers  އިން އެޕްލައި ކުރެއްވުން އެދެމެވެ. އަދި މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަކީ ވަގުތުން ނުކުމެވޭ ފަރާތް ތަކަކަށް ވާންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421  /3331443 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

17.09.2026

17 ސެޕްޓެންބަރު 2026