މަސައްކަތް
ނަންބަރު: 617-A/2026/6
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 13:07
ސުންގަޑި: 24 ސެޕްޓެންބަރު 2026 11:00
ފުލިދޫ މެޖިސްޓްރޭޓް ކޯޓް، ވ.ފުލިދޫ
ދިވެހިރާއްޖެ
ވ.ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ އިދާރީބައި މަރާމާތުކުރުމުގެ މަސައްކަތް

ވ.ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ އިދާރީބައި މަރާމާތުކުރުމުގެ މަސައްކަތް:

 

         މި ކޯޓުން ފޯރުކޮށްދޭ މަޢްލޫމާތާއި ކުރެހުމާއި އެއްގޮތަށް މި ކޯޓުގެ މެޖިސްޓްރޭޓުގެ އިދާރީބައި މަރާމާތުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.

         މި މަސައްކަތާބެހޭ މަޢްލޫމާތު ސާފުކޮށްދިނުން 21 ސެޕްޓެމްބަރ ވާ ހޯމަ ދުވަހުގެ 11:00 ގައި ވ. ފުލިދޫ މެޖިސްޓްރޭޓްކޯޓުގައި އޮންނާނެއެވެ.

         އީމެއިލް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާނަމަ އެކަމަށް އެދޭ ފޯމު އީމެއިލް ކުރާނީ 21 ސެޕްޓެމްބަރު 2026 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން [email protected]  އަށެވެ.

         ބީލަން ހުށަހަޅާނީ 24 ސެޕްޓެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ވ. ފުލިދޫ މެޖިސްޓްރޭޓް ކޯޓަށެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމު ހިމެނޭގޮތުން، މި މަސައްކަތުގެ މަޢްލޫމާތުޝީޓާއި، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފޯމް އިޢްލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.

        ބީލަން ހުށަހަޅަން އޮންނަ ގަޑީގެ ފަހުން ހުށަހަޅާ ބީލަމާއި، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

17 ސެޕްޓެންބަރު 2026