މަސައްކަތް
ނަންބަރު: (IUL)1139-ECRFS/1/2026/10
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 12:52
ސުންގަޑި: 24 ސެޕްޓެންބަރު 2026 14:00
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ސްކޫލް ބަގީޗާތަކާއި ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމްތަކުގެ ތެރޭގައި، އުޅުމަށް އަންނަ ބަދަލުތަކާއި، މޫސުމީ ވިލުންވެރިކަމުގެ އިތުރުން ތަޢުލީމީ އުސޫލުތައް ހިމަނައިގެން ކޮންޓެންޓް ތައްޔާރުކުރާނެ ދިވެހި ފަންނީ ފަރާތެއް ހޯދުން.

ކޯޓޭޝަން ހުށަހެޅުމު ދަޢުވަތު

ދިވެހި ސަރުކާރުގެ ފަރާތުން ފަތުރުވެރިކަމާއި ތިމާވެށްޓާ ހަކަތައާއި ބެހޭ ވުޒާރާ އިން  އޭ.ޑީ.ބީގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ  އެންހޭންސް ކްލައިމެޓް ރިޒިލިއެންސް އެންޑް ފުޑް ސެކިއުރިޓީ ޕްރޮޖެކްޓުގެ ދަށުން ސްކޫލް ބަގީޗާތަކާއި ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމަތަކުގެ ތެރޭގައި އުޅުމަށް އަންނަ ބަދަލުތަކާއި، މޫސުމީ ވިލުންވެރިކަމުގެ އިތުރުން ތަޢުލީމީ އުސޫލުތައް ހިމަނައިގެން ކޮންޓެންޓް ތައްޔާރުކުރާނެ ދިވެހި ފަންނީ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ދައުވަތު އަރުވަމެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެޓޭޗްކޮށްފައިވާ ޓާރމްސް އޮފް ރެފަރެންސް ގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ހުށަހަޅަންވާނެއެވެ.

މި މަސައްކަތުގެ  ޓާރމްސް އޮފް ރެފަރެންސް މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗްކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.


ކޯޓޭޝަން ހުށަހެޅުން:
ގަޑި: 14:00
ތާރީޙް: 24 ސެޕްޓެމްބަރ 2026 (ބުރާސްފަތި)
 އީމެއިލް އެޑްރެސް: [email protected] 

 

އިތުރު މަޢުލޫމާތު ސާފުކުރުން

މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ  21 ސެޕްޓެމްބަރ 2026 ވާ ހޯމަ ދުވަހު 13:00ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިއުލާނު ނަންބަރާއި އިއުލާނު ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް: [email protected] 

 

ކޯޓޭޝަން ފޮނުއްވާއިރު ސަބްޖެކްޓުގައި ތިރީގައި ވާ ގޮތަށް ސަބްޖެކްޓުގައި ލިޔަންވާނެއެވެ.

“ Local Individual to Create Content Intergrating Behavious Change, Climate Resilience and Educational Approaches into School Gardens and Agriculture Training Programes – (IUL)1139-ECRFS/1/2026/10

17 ސެޕްޓެންބަރު 2026