މަސައްކަތް
ނަންބަރު: (IUL)305/305/2026/136
ޕަބްލިޝްކުރި ތާރީޚް: 16 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 11:54
ސުންގަޑި: 23 ސެޕްޓެންބަރު 2026 13:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. މާކުރަތު މަސްޖިދުލް އަންވާރުގެ ސިމެންތި ފެންތާނގީއާއި ތަޅުންގަނޑު ތަޅާލައި ބިން ސާފުކުރުމުގެ މަސައްކަތް

އިޢުލާން

 މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

ރ. މާކުރަތު މަސްޖިދުލް އަންވާރުގެ ސިމެންތި ފެންތާނގީއާއި ތަޅުންގަނޑު ތަޅާލައި ބިން ސާފުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި އިޢުލާނާއެކު ޢާންމުކުރެވިފައިވާ މަޢުލޫމާތު ކަރުދާހާ އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 23 ސެޕްޓެމްބަރު 2026 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 އަށް މި އިދާރާގެ މީޓިންގ ރޫމަށް ޙާޟިރުވެ، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 65804030 ފޯނަށް ގުޅުއްވުން ނުވަތަ [email protected] / [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

 05 ރަބީޢުލްއާޚިރް 1448

16 ސެޕްޓެންބަރު 2026