ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)160-AS/1/2026/36
ޕަބްލިޝްކުރި ތާރީޚް: 07 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 11:49
ސުންގަޑި: 30 ސެޕްޓެންބަރު 2026 12:00
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
33 ވަނަ އިންޓަރނޭޝަނަލް ކޮންޓެސްޓް ފޮރ ރިސައިޓަރސް އޮފް ދަ ހޮލީ ޤުރްއާން

33 ވަނަ އިންޓަރނޭޝަނަލް ކޮންޓެސްޓް ފޮރ ރިސައިޓަރސް އޮފް ދަ ހޮލީ ޤުރްއާން

 

5 ޑިސެމްބަރު 2026 އިން 6 ޑިސެމްބަރު 2026ގެ ނިޔަލަށް މިސްރުގެ ވެރިރަށް ޤާހިރާގައި ބޭއްވުމަށް ހަމަޖެހިފައިވާ "33 ވަނަ އިންޓަރނޭޝަނަލް ކޮންޓެސްޓް ފޮރ ރިސައިޓަރސް އޮފް ދަ ހޮލީ ޤުރްއާން" މުބާރާތުގައި ބައިވެރިވުމަށް ދިވެހިރާއްޖެއަށް ވަނީ ދަޢުވަތު ލިބިފައެވެ.

ބައިވެރިވުމުގެ ޝަރުޠުތައް:

ކެޓެގަރިގެ ނަން: ތަޖުވީދުގެ ހަމަތަކާއެކު ކީރިތި ޤުރްއާން ނުބަލާ ކިޔެވުން – ޢަރަބިބަހުން ވާހަކަދައްކަން ނޭނގޭ ފަރާތްތައް

1-      ދިވެހި ރައްޔިތަކަށްވުން.

2-      ޢުމުރުން 29 އަހަރު ފުރިފައިނުވާ މީހަކަށްވުން.

3-      ތަޖުވީދުގެ ހަމަތަކާއެކު ފަރިތަކޮށް ޤުރްއާން ކިޔަވަން އެނގުން.

4-      ކީރިތި ޤުރްއާން ހިތުދަސް ޙާފިޡަކަށްވުން.

ބައިވެރިވުމަށް އެދި ހުށަހަޅާއިރު ދެނެގަންނަން މުހިންމު ކަންތައްތައް:

1-      މި މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތަކީ މީގެ ކުރިން "އިންޓަރނޭޝަނަލް ކޮންޓެސްޓް ފޮރ ރިސައިޓަރސް އޮފް ދަ ހޮލީ ޤުރްއާން" ގައި ބައިވެރިވެ ވަނައެއް ޙާޞިލްކޮށް ފައިސާގެ އިނާމު ލިބިފައިވާ ފަރާތަކަށް ވެގެން ނުވާނެއެވެ.

2-      މުބާރާތުގައި ބައިވެރިކުރުމަށް ދިވެހިރާއްޖެއަށް ފުރުސަތު ލިބިފައިވަނީ އެންމެ ބައިވެރިއެކެވެ.

3-      މި މުބާރާތަށް ބައިވެރިއަކު ހޮވާނީ މިކަމަށް އެދި ހުށަހަޅާ ފަރާތްތައް މި މަރުކަޒުން އިމްތިޙާނު ކުރުމަށްފަހުގައެވެ. މިގޮތުން އިމްތިޙާނުކުރުމުގައި ތަޖުވީދަށާއި، ކިޔެވުމުގެ ފަރިތަކަމަށާއި، ކިޔެވުމުގެ ހުނަރާއި އަޑާއި ރާގަށް ބެލޭނެއެވެ. އަދި ޙިފްޡުގެ ފެންވަރަށްވެސް ރިޢާޔަތްކުރެވޭނެއެވެ.

4-      މިޞްރަށް ދިޔުމާއި އައުމުގެ ޓިކެޓާއި، ހުރުމާއި ކެއުމުގެ ޚަރަދު މުބާރާތް އިންތިޒާމް ކުރާ ފަރާތުން، ހަމައެކަނި މުބާރާތުގައި ބައިވެރިވާ ފަރާތަށް ހަމަޖައްސަވައި ދެއްވާނެއެވެ.

     މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިވާ ލިޔެކިޔުންތަކާއެކު 30 ސެޕްޓެމްބަރ 2026 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން https://forms.gle/gUD1wBLGDMtc6miE9  (ގޫގުލް ފޯމް) ފުރިހަމަ ކުރެއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުން:

1-      ޕާސްޕޯޓުގެ ޑޭޓާޕޭޖުގެ ސާފު ކުލަ ކޮޕީ

2-      ވަނަވަރު (ސީވީ) – އިނގިރޭސި ބަހުން.

3-      ނެގިތާ 3 މަސްހަމަނުވާ ޕާސްޕޯޓު ސައިޒުގެ ފޮޓޯއެއް (ސޮފްޓް ކޮޕީ ޖޭޕީޖީ ފޯމެޓުގައި – ޕާސްޕޯޓް ސްޓޭންޑަރޑްގެ ފޮޓޯއަކަށް ވާންވާނެއެވެ.)

4-      ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކުލަ ކޮޕީ.

5-      ޙާފިޡު ކަމުގެ ސަނަދުގެ ކުލަ ކޮޕީ.

07 ސެޕްޓެންބަރު 2026