ދިވެހިރާއްޖެ
އިޢުލާން
އަމިއްލަ ފަރުދުންގެ ރުއްގަހުގައި ނަންބަރު ޖެހުމާއި ގުޅޭ.
އަމިއްލަ ފަރުދުންގެ ރުއްގަސް ދެނެގަތުމަށް ކުރެވުނު މި އިދާރާގެ ނަންބަރު (IUL)299/299/2026/41 (07 ސެޕްޓެމްބަރ 2026) އިއުލާނުގައި، ރުއްގަހުގައި ނަންބަރު ޖެހުމަށް ދެވިފައިވާ މުއްދަތު އިތުރުކުރުމަށް ބޭނުންވެއެވެ.
ވީމާ، ދިރިއުޅުމަށް ދޫކުރެވިފައިވާ ގޯތިން ބޭރުގައި، ކައުންސިލްގެ އެއްވެސް ބިމެއްގައި އަމިއްލަ ފަރުދެއްގެ ރުއްގަހެއް ހުރިނަމަ، 31 އޮކްޓޯބަރ 2026 ގެ ކުރިން ވެރިފަރާތް ރަނގަޅަށް ވަކިވާނެހެން ނަންބަރު ޖެހުމަށްފަހު، މިއިޢުލާނާއިއެކު އާންމުކޮށްފައިވާ ފޯމެޓާއި އެއްގޮތަށް ރުއްގަހުގެ މައުލޫމާތު ކައުންސިލަށް ހުށަހެޅުމަށް ދަންނަވަމެވެ.
އަދި މިތާރީހުގެ ފަހުން، ނަންބަރު ނުޖަހާ ހުރި އެންމެހާ ރުއްގަސް ކައުންސިލްގެ ތަކެތިކަމުގައި ބަލާ، ކައުންސިލްގެ ދަފްތަރުގައި ހިމަނާނެކަމުގައިވެސް ދަންނަވަމެވެ.
ރުއްގަހުގައި ނަންބަރު ޖަހާނެގޮތުގެ ތަފްސީލު ތިރީގައި އެވަނީއެވެ.
|
މަތީގައި: ރުކުގެ އަދަދު: (އެމީހެއްގެ ރުކުގެ ތަރުތީބު ނަންބަރު) |
|
ތިރީގައި: ގޯތީގެ ނަންބަރު (ކައުންސިލުން ދީފައިވާ) |
ކައުންސިލްގެ ބިންތަކުގައި ޤަވާއިދާއި ޙިލާފަށް ރުއްގަސް އިންދުމަކީ މަނާކަމެއްކަންވެސް މިފުރުސަތުގައި ހަދުމަފުޅުކޮށް އަރުވަމެވެ.
ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.