ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
ތިރީގައިމިވާ މަޤާމުގައި މަސައްކަތްކުރާނެ މީހަކު މި އިދާރާއަށް ބޭނުންވެއްޖެއެވެ.
| އެޑްމިނިސްޓްރޭޓިވް އޮފިސަރ | މަޤާމް: | 
| ޖީ. އެސް. 3 | މަޤާމުގެ ރޭންކް: | 
| އޮފިސަރ ގްރޭޑް 1 | މަޤާމުގެ ކްލެސިފިކޭޝަން: | 
| މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ | އޮފީސް / އިދާރާ: | 
| ކޯޕަރޭޓް އެފެއާޒް | ސެކްޝަން: | 
| މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ | ވަޒީފާ އަދާކުރަންޖެހޭ ތަން: | 
| މަހަކު -/4،465 ރުފިޔާ | މުސާރަ: | 
| މަހަކު -/1،500 ރުފިޔާ | ސަރވިސް އެލެވަންސް: | 
| 1 (އެކެއް) | ބޭނުންވާ އަދަދު: | 
| 1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދައްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. | މަގާމުގެ ޝަރުޠުތައް: 
 | 
| 1. އޮފީހާއި އޮފީހުގެ ބެލުމުގެ ދަށުގައިވާ ތަންތަނަށް، މާލިއްޔަތު ޤާނޫނާއި ގަވާއިދާ އެއްގޮތަށް ތަކެތި ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރުން 2. ދީނީގޮތުންނާއި، ޤައުމީގޮތުން ފާހަގަކުރަންޖެހޭ އެކިއެކި ދުވަސްތަކާއި، މުނާސަބަތުތައް ފާހަގަކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުން. 3. ކައުންސިލްގެ އިދާރާއަށް ބޭނުންވާ ތަކެތީގެ ސްޓޮކް ހޯދައި، ސްޓޮކް ބެލެހެއްޓުން. 4. ކައުންސިލްގެ އިދާރާގެ އިންވެންޓްރީ ލިޔެ ބެލެހެއްޓުން. 5. އިދާރާގައި ހަމަޖެހިފައި އޮންނަ އުޞޫލެއްގެދަށުން ރަސްމީ ގަޑީގައްޔާއި ނުރަސްމީ ގަޑީގައި އޮފީސް ހުޅުވައި ލެއްޕުން. 6. ސެކްޝަނާއި ހަވާލުކުރެވިފައި ހުންނަ އެންމެހައި ތަކެތި ރައްކާތެރިކަމާއެކު ބަލަހައްޓައި، ލިޔެކިއުންތައް ވަކި އިންތިޒާމެއްގެމަތިން ފައިލްކޮށް، ނައްތައިލަންޖެހޭ ލިޔެކިއުންތައް، ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތަށް ނައްތައިލުން. 7. އެކިއެކި ކަންކަމުގައި ކައުންސިލް އިދާރާއަށް އަންނަ މީހުން ބަލައިގަނެ، އެމީހުންގެ ކަންކަން ހަމަޖައްސައިދިނުން. 8. ކައުންސިލުން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންކަން ކުރުން. | މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: 
 
 
 
 
 
 
 | 
| ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ކަނޑައަޅާނީ، ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގައި ހިމެނޭ ތިރީގައިމިވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓްލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލު ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ. - ލިބިފައިވާ ތަޢުލީމާއި ތަމްރީނު. - ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ. - މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް. | ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: | 
| މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި، އިމްތިޙާނުކުރުން އޮންނާނެ ތަނާއި ތާރީޚާއި ގަޑި، މި އިޢުލާނުގެ މުއްދަތު ހަމަވާތާ 15 ދުވަހުގެ ތެރޭގައި، އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް ލިޔުމުން އެންގޭނެއެވެ. | އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު: | 
| 2016 ފެބުރުވަރީ 25 ވާ ބުރާސްފަތިދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާއަށެވެ. | މަގާމަށް އެދެންވީ ގޮތާއި ސުންގަޑި: | 
| ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގައިވާގޮތުގެމަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. އަދި މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ. | އުޖޫރައާއި ޢިނާޔަތްތައް: | 
| 1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު މި އިދާރާއިން ލިބެން ހުންނާނެއެވެ.) 2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ. 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ފޮޓޯކޮޕީ. 5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ ކާޑުގެ) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. 6. ސިވިލް ސަރވިސް ކޮމިޝަނުގެ ނަމޫނާއާ އެއްގޮތަށް ނުވަތަ އެ ނަމޫނާގައިވާ މަޢުލޫމާތު ހިމަނައިގެން ތައްޔާރުކޮށްފައިވާ ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. | ހުށަހަޅަންޖެހޭ ލިޔުންތައް: | 
| މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6600006 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6600006 އެވެ. މެއިލްކުރާނަމަ ކުރާނީ، [email protected] އަށެވެ. | އިތުރު މަޢުލޫމާތު: | 
6 ޖުމާދަލްއޫލާ 1437