ދިވެހިރާއްޖެ
ގދ.ފިޔޯރީ އިޙްތިސާސް ހިމެނޭ ސަރަޙައްދުގެ ލޭޏްޑްޔޫޒް ޕްލޭން ރިވިއުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނާއި މައުލޫމާތު ޝީޓުގައި އޯގަސްޓް މަސް ޖެހިފައިވާތީ އެ އިޢުލާން އިސްލާހުކުރުމަށް ފަހު އަލުން އިޢުލާންކުރަމެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން 21 ސެޕްޓެމްބަރ 2026 ވާ ހޯމަ ދުވަހުގެ 14:00 ކުރިން ރަޖިސްޓްރީ ފޯމް ފުރިހަމަ ކުރުމަށްފަހު މި އިދާރާގެ [email protected] މެއިލްއަށް ފޮނުވައި ދެއްވުން އެދެމެވެ. ކުރިން އިޢުލާނާއި ގުޅިގެން ރަޖިސްޓްރީ ވުމަށް ފޯމް ހުށައަޅާފައިވާ ފަރާތަކުން އިތުރަށް ރަޖިސްޓްރީވުމަށް ހުށަ ނޭޅިކަމުގައިވީނަމަވެސް ކުރިން ރަޖިސްޓްރީ ފޯމް ބަލައި ރަޖިސްޓްރީ ކުރެވޭނެއެވެ. މައުލޫމާތް ކަރުދާހާ ގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކުރުމަށް ބޭނުންނަމަ 29 ސެޕްޓެމްބަރ 2026 ވާ އަންގާރަ ދުވަހުގެ 13:00 ކުރިން މަތީގައިވާ މެއިލްއަށް ފޮނުވައި ދެއްވުން އެދެމެވެ. މި އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 30 ސެޕްޓެމްބަރ 2026 ވާ ބުދަ ދުވަހުގެ 13:30 ގައި މި އިދާރާގެ މީޓިންގ ރޫމަގައެވެ.
މި ބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
ވީމާ، މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.