ނީލަން
ނަންބަރު: 60-BD/2026/232
ޕަބްލިޝްކުރި ތާރީޚް: 16 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 11:18
ސުންގަޑި: 22 ސެޕްޓެންބަރު 2026 10:00
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ނީލަން ކިޔުން

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ އިން ތިރީގައިވާ ތަކެތި ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ.

ނީލަން ކިޔާ ތަކެތި

ތަކެތީގެ އަދަދު

ތަކެތީގެ ހާލަތު

ނީލަން ކިޔަން ފަށާއަގު (ރުފިޔާ)

ފެން ޕަމްޕް

2

ބައުވެފައި

1700

ދޮންނަ މެޝިން

2

ބައުވެފައި

1000

އެއަރ ކޮންޑިޝަނަރ

4

ބައުވެފައި

1200

 

މިތަކެތި ނީލަމުގައި ބޭނުންފުޅުވާ ފަރާތްތަކުން، ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑަށް އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހެޅޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރިވެ، ނަން ނޯޓްކުރައްވާފައިވާ ފަރާތްތަކަށެވެ.

ސެޝަންގެ ތަފްސީލް

ތާރީޙް

ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން

22 ސެޕްޓެމްބަރ 2026

ހެނދުނު 10:00

އެސް.ޓީ.އޯ ޓްރޭޑް ސެންޓަރ

އަގުހުށަހެޅުން

23 ސެޕްޓެމްބަރ 2026

ހެނދުނު 10:00

އެސް.ޓީ.އޯ ހެޑްއޮފީސް


އިތުރު މަޢުލޫމާތު:

  • ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުން، ބިލު ހަވާލުކުރާތާ ރަސްމީ ބަންދު ނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި ފައިސާ ދައްކަވަންވާނެއެވެ.
  • ފައިސާ ދެއްކެވުމަށްފަހު ވެރިފަރާތުން ރަސްމީ ބަންދު ނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި ތަކެތި ގެންދަވަންވާނެއެވެ.
  • ތަކެތި ގެންދެވުމަށް ދެވޭ މުއްދަތުގެ ތެރޭގައި މުދާ ނުގެންދާނަމަ، ބިޑް ބާޠިލްކޮށް، ކުންފުންޏަށް ފެންނަގޮތެއްގެ މަތީން މިތަކެއްޗާއިމެދު ޢަމަލުކުރެވޭނެއެވެ. މިފަދަ ޙާލަތެއްގައި، މުދަލުގެ އަގުގެ ގޮތުގައި ދައްކަވާފައިވާ ފައިސާ އަނބުރާ ނުދެވޭނެއެވެ.
  • މުދާ ނުގެންދާ ފަރާތްތަށް، މިކުންފުނިން ކުރިމަގުގައި ބޭއްވޭ ނީލަންތަކުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.

ނީލަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 9181493 ގުޅުއްވުން އެދެމެވެ.

16 ސެޕްޓެންބަރު 2026