ދިވެހިރާއްޖެ
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ އިން ތިރީގައިވާ ތަކެތި ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ.
|
ނީލަން ކިޔާ ތަކެތި |
ތަކެތީގެ އަދަދު |
ތަކެތީގެ ހާލަތު |
ނީލަން ކިޔަން ފަށާއަގު (ރުފިޔާ) |
|
ޓަޔަރު |
36 |
ބައުވެފައި |
1,800/- |
މިތަކެތި ނީލަމުގައި ބޭނުންފުޅުވާ ފަރާތްތަކުން، ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑަށް އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހެޅޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރިވެ، ނަން ނޯޓްކުރައްވާފައިވާ ފަރާތްތަކަށެވެ.
|
ސެޝަންގެ ތަފްސީލް |
ތާރީޙް |
ގަޑި |
ތަން |
|
މަޢުލޫމާތު ސާފުކުރުން |
22 ސެޕްޓެމްބަރ 2026 |
ހެނދުނު 10:30 |
އެސް.ޓީ.އޯ ވެހިކަލް ގަރާޖު |
|
އަގުހުށަހެޅުން |
23 ސެޕްޓެމްބަރ 2026 |
ހެނދުނު 10:00 |
އެސް.ޓީ.އޯ ހެޑްއޮފީސް |
އިތުރު މަޢުލޫމާތު:
o ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުން، ބިލު ހަވާލުކުރާތާ ރަސްމީ ބަންދު ނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި ފައިސާ ދައްކަވަންވާނެއެވެ.
o ފައިސާ ދެއްކެވުމަށްފަހު ވެރިފަރާތުން ރަސްމީ ބަންދު ނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި ތަކެތި ގެންދަވަންވާނެއެވެ.
o ތަކެތި ގެންދެވުމަށް ދެވޭ މުއްދަތުގެ ތެރޭގައި މުދާ ނުގެންދާނަމަ، ބިޑް ބާޠިލްކޮށް، ކުންފުންޏަށް ފެންނަގޮތެއްގެ މަތީން މިތަކެއްޗާއިމެދު ޢަމަލުކުރެވޭނެއެވެ. މިފަދަ ޙާލަތެއްގައި، މުދަލުގެ އަގުގެ ގޮތުގައި ދައްކަވާފައިވާ ފައިސާ އަނބުރާ ނުދެވޭނެއެވެ.
o މުދާ ނުގެންދާ ފަރާތްތަށް، މިކުންފުނިން ކުރިމަގުގައި ބޭއްވޭ ނީލަންތަކުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.
ނީލަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 9181493 ގުޅުއްވުން އެދެމެވެ.