ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)BCC-SDRS/1/2026/60
ޕަބްލިޝްކުރި ތާރީޚް: 15 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 14:39
ސުންގަޑި: 11 އޮކްޓޫބަރު 2026 20:00
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 ގެ ވާދަކުރުމުގެ ބައިގައި ބައިވެރިކޮށްފައިވާ ތަކެތި ބަލައިގަތުން

"ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ގެ ވާދަކުރުމުގެ ބައިގައި ބައިވެރިކޮށްފައިވާ އުފެއްދުންތައް ހަވާލުކުރުމާ ގުޅޭގޮތުން ދަންނަވަމެވެ. މި މައުރަޒަށް ހުށަހަޅާ އުފެއްދުންތަކުގެ ތެރެއިން  ކާބޯތަކެތީގެ ބާވަތްތައް (މީގެ ތެރޭގައި ކާބޯތަކެތީގެ ގިންތި، ދަނޑުވެރިކަމުގެ އުފެއްދުންތައް، ވެލިއު އެޑިޝަން އަދި މަސްވެރިކަމުގެ އުފެއްދުންތައް، ވެލިއު އެޑިޝަންގެ ގިންތީގެ ދަށުން ބައިވެރިކުރާ ކާބޯތަކެތި ހިމެނޭ) ފިޔަވައި އެހެނިހެން އުފެއްދުންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 05 އޮކްޓޯބަރ 2026 އިން 11 އޮކްޓޯބަރ 2026 ގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ރޭގަނޑު 20:00 އަށް ހުޅުމާލެ ސެންޓްރަލް ޕާރކްގައި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވާ ސަރަހައްދަށް ތަކެތި ގެންދިއުމަށް ދަންނަވަމެވެ. ތަކެތި ހަވާލުކުރާއިރު ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންޖެހޭ ހުރިހާ މައުލޫމާތު ފުރިހަމަ ކުރަންވާނެއެވެ. އަދި ހުރިހާ ތަކެއްޗެއްވެސް ހުންނަންވާނީ އެކަށީގެންވާ ގޮތަކަށް ބަންދު ކުރެވިފައެވެ.

ވީމާ، މި ދެންނެވި ތާރީޚުތަކުގައި ތަކެތި ހަވާލުކުރެއްވުމަށް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 3330601 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

ނޯޓް: އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ގިންތީގެ އުފެއްދުންތައް ބަލައިގަންނާނީ އޮންލައިން ލިންކެއް މެދުވެރިކޮށެވެ. އަދި އެ ލިންކް ފަހުން ހިއްސާކުރެވޭނެ ވާހަކަ ދަންނަވަމެވެ.

15 ސެޕްޓެންބަރު 2026