ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)88-ADHR/88/2026/153
ޕަބްލިޝްކުރި ތާރީޚް: 15 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 14:30
ސުންގަޑި: 23 ސެޕްޓެންބަރު 2026 14:00
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން
ދިވެހިރާއްޖެ
ސީނިއަރ ޓޫރިޒަމް ރިލޭޝަންސް އެންޑް އިންޑަސްޓްރީ ޑިވެލޮޕްމަންޓް އޮފިސަރ

މަޤާމު:

ސީނިއަރ ޓޫރިޒަމް ރިލޭޝަންސް އެންޑް އިންޑަސްޓްރީ ޑިވެލޮޕްމަންޓް އޮފިސަރ

މަޤާމުގެ ނަންބަރު:

J-464483

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 7 - ސްޓެޕް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން (ވެލާނާގެ 5 ވަނަ ފަންގިފިލާ)

އަސާސީ މުސާރަ:

9845.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

4595.00 ރުފިޔާ

ހާޒިރީ ޢިނާޔަތް:

125ރުފިޔާ (ކަނޑައަޅާފައިވާ އުސޫލުން މަސައްކަތްކުރާ ދުވަހަކަށް)

އެހެނިހެން އެލަވަންސް:

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން އަދިސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ ޢުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-ފަތުރުވެރިކަމާއިގުޅުންހުރި އެންމެހާ މަސައްކަތްތައް މި ސިނާއާތުގެ ބައިވެރިންނާއިއެކު ކުރިއަށްގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތައް ވިލަރެސްކުރުން

2- ފަތުރުވެރިކަމުގެ ޕްލޭންތައް އަދި ގުޅުންހުރި ޕްލޭންތައް ޕޮލިސީގެ އަލީގައި މި ސިނާއަތުގެ ބައިވެރިންނާއިއެކު ވިލަރެސް ކުރުން

3- ރާއްޖޭގެ ފަތުރުވެރިކަމުގެ ޓާރގެޓް މާރކެޓްތަކަށް ބޭނުންވާ ޕްރޮޑަކްޓްތައް ސިންދަފާތުކުރުމަށާއި އަދި މިކަންކްކަމާއި ކުދި ވިޔަފާރިތަކައްގުޅުވުމަށް ކުރަންޖެހޭ އެންމެހާ ކަންކަމާއިގުޅޭ މަސައްކަތްތައް ވިލަރެސްކުރުން

4- ފަތުރުވެރިކަމާއިގުޅުންހުރި އެންމެހާ ބޭނުންވާނޭ މާރކްޓް ރިސަރޗް ޓްރެންޑް އެނަލައިސިސް، މާރކެޓް އިންޓެލިޖެންސް އަދި ފތުރުވެރިކަން ޢިޝްތިހާރުކުރުމަށްޓަކައި ބޭނުންވާ ޓާރގެޓް މާކްޓެތަކަށް ރާއްޖެ އިޝްތިހާރުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމުގައި ކަމައިގުޅުންހުރި މައައްސަސާ ތަކާއި، ސެކްޟަންތަކާއިއެކު ވިލަރެސްކޮށް ނަތީޖާ ނެރެދޭންޖެހޭ ކަންކަމުގައި އެހީތެރިވެދިނުން.

5- ފަތުރުވެރިކަމުގެ ގުޅުން ހުރި ޖަމްޢިއްޔާތަކާއި އަދި އެކިއެކި ރާއްޖޭގެ ކައުންސިލްތަކާއި އަދި ސިނާއަތްގެ އެންމެހާ ފަރާތްތަކާއި ވިޔަފާރި ހިންގާފަރާތްތަކާއިއެކު ގުޅިގެން ފަތުރުވެރިކަން ކުރިއެރުވުމުގައި ވިލަރެސްކުރުން

6- ފަތުރުވެރިން އަންނަ ޓާރގެޓް މާކެޓްތަކަށް ވިސްނާ މި މާކެޓްތަތަކުން އަންނަ ފަތުރުވެރިންނަށް ރާއްޖޭގެ ޕްރޮޑަކްޓްތައް ފުޅާކޮށް، ސިންދަފާތު ކުރެވޭނެ ގޮތްތައް ދެނެގަނެ އެކަންކަން ހާސިލްކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން އިރުޟާދު ދަށުންކުރުން.

7- ރާއްޖެ އިޝްތިހާރުކުރުމުގެ ޕްލޭނެއް މިސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ބައިވެރިވުމާއިއެކު އެކުލަވާލުމުގެ މަސައްކަތުގައި އެހީތެރިވެ އެއްބާރުލުންދީ އެ ޕްލޭން ދެމެހެއްޓެނިވި ގޮތެއްގައި ތަންފިޒުކުރުމުގެ މަސައްކަތްތައް ވުޒާރާގެ މާރކެޓިންގް މުއައްސަސާއާއިއެކު ވިލަރެސްކޮށް އިރުޟާދުގެ ދަށުން ހިންގުން

8- ފަތުރުވެރިންނަށް އަމާޒު ކުރެވިގެން ކުރިއަށްގެންދާ ދިރާސާތައް ކުރުމަށް ބޭނުންވާ ދިރާސާތަކާއިގުޅިގެން (އައުޓްސޯސް ކުރުމަށް) ތައްޔާރުކުރާ ޓީ.އޯ.އާރް ތަކަށް ވިލަރެސްކޮށް ޓެކްނިކަލް ސަޕޯޓް ދިނުން

9- ފަތުރުވެރިކަމުގެ ސިނާއަތުގެ ގުޅުންހުރި ކަންކަމުގެ ތަސައްވަރު ރަނގަޅުކުރުމަށް ކުރަންޖެހޭ އެންމެހާކަންކަން އިރުޟާދުގެ ދަށުން ކުރުން

10- ފަތުރުވެރިން ރާއްޖޭގައި ޗުއްޓީހޭދަކުރުމަށް އިތުރަށް ޟައުގުވެރިކުރުވަނިވި ކަންކަން ކުރުމަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ޑިޒައިން ކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.

11-  ކޮމިއުނިޓީ ފަތުރުވެރިކަން އަދި ރާއްޖޭގެ ހުރިހާ ބާވަތެއްގެ ފަތުރުވެރިކަމެއް ސިންދަފާތު ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ޕްލޭންތަކާއި ޕޮލިސީތަކާއި އެއްގޮތަށް ކުރުމށް އިރުޟާދުގެ ދަށުން ވިލަރެސްކުރުން

12- ކޮމިއުނިޓީ ފަތުރުވެރިކަން އަދި ރާއްޖޭގެ ހުރިހާ ބާވަތެއްގެ ފަތުރުވެރިކަމެއް ސިންދަފާތު ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތަކަށް ބޭނުންވާ ދިރާސާ އަދި ތަފާސް ހިސާބު ހޯދުމަށް ކަމާއިގުޅޭ ސެކްޟަންތަކާއި ވިލަރެސް ކޮށްގެން ހޯދާ އަދި އެއަށްފަހު ސިންދަފާތުކުރުމަށް ކުރިއަށްގެންދިއުމަށް ކުރަން ޖެހޭ މަސައްކަތް އިރުޟާދުގެ ދަށުން ކުރުން

13- މަތީގައިވާކަންކަމާއިގުޅޭ އެންމެހާ އިދާރިކަންކަން އިންތިޒާމްކުރުން އަދިރިކޯޑް ބެލެހެއްޓުން

މަޤާމުގެ ޝަރުޠުތައް:

1- މަޤާމުގެ މަސައްކަތާ ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:  

  1. އެނަލިޓިކްސް 
  2. ޑިވެލޮޕްމަންޓް ސްޓަޑީޒް 
  3. ޑިޕްލޮމެސީ 
  4. އެންވަޔަރަމަންޓް މެނޭޖްމަންޓު 
  5. އެންވަޔަރަންމަންޓް ސްޓަޑީޒް 
  6. އެންވަޔަރަންމަންޓަލް ޕޮލިސީ 
  7. އީ-ޓޫރިޒަމް އެންޑް ރެވެނިއު މެނޭޖްމަންޓް 
  8. ޖެންޑަރ ސްޓަޑީޒް 
  9. ގަވަރނަންސް 
  10. ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް އެކޮމޮޑޭޝަން މެނޭޖްމަންޓް 
  11. ހޮޓެލް މެނޭޖްމަންޓް އެންޑް ޓޫރިސްޓް އެސްޓެބްލިޝްމަންޓްސް 
  12. އިނޮވޭޝަން އެންޑް ޓޫރިޒަމް މާކެޓިންގ 
  13. އިންޓަރނޭޝަނަލް އެފެއާޒް 
  14. އިންޓަނޭޝަނަލް ރިލޭޝަންސް 
  15. އިންޓަރނޭޝަނަލް ޓޫރިޒަމް މެނޭޖްމަންޓް 
  16. ލެއިޝަރ އެންޑް ޓޫރިޒަމް މެނޭޖްމަންޓް 
  17. ޕްލޭނިންގ 
  18. ޕްލޭނިންގ އެންޑް މެނޭޖްމަންޓް އޮފް ޓޫރިސްޓް ޑެސްޓިނޭޝަން 
  19. ޕޮލިސީ މެނޭޖްމަންޓް 
  20. ޕޮލިސީ ސްޓަޑީޒް 
  21. ޕޮލިޓިކަލް ސައިންސް 
  22. ޕޮޕިއުލޭޝަން ސްޓަޑީސް 
  23. ޕަބްލިކް އެޑްމިނިސްޓްރޭޝަން 
  24. ޕަބްލިކް އެފެއާޒް 
  25. ޕަބްލިކް މެނޭޖްމަންޓް 
  26. ޕަބްލިކް ޕޮލިސީ 
  27. ރިސަރޗް 
  28. ރިސަރޗް މެތަޑްސް 
  29. ރިސަރޗް ސްޓަޑީސް 
  30. ރެސްޕޮންސިބަލް ޓޫރިޒަމް މެނޭޖްމަންޓް 
  31. ސޯޝަލް ޕޮލިސީ 
  32. ސޯޝަލް ރިސާރޗް 
  33. ސްޓެރެޓީޖިކް ބިޒްނަސް ޑިވެލޮޕްމަންޓް 
  34. ސްޓެރެޓީޖިކް މެނޭޖްމަންޓް 
  35. ސްޓެރެޓީޖިކް ސްޓަޑީޒް 
  36. ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް 
  37. ސަސްޓެއިނަބަލް ޓޫރިޒަމް މެނޭޖްމަންޓް 
  38. ޓޫރިޒަމް 
  39. ޓޫރިޒަމް އެންޑް ކަލްޗަރަލް ޕޮލިސީ 
  40. ޓޫރިޒަމް އެންޑް އިވެންޓް މެނޭޖްމަންޓް 
  41. ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ މެނޭޖްމަންޓް 
  42. ޓޫރިޒަމް އެންޑް ހޮޓެލް މެނޭޖްމަންޓް 
  43. ޓޫރިޒަމް ޑިވެލޮޕްމަންޓް އެންޑް ކަލްޗަރ 
  44. ޓޫރިޒަމް ޑިވެލޮޕްމަންޓް ޕޮލިސީ 
  45. ޓޫރިޒަމް އިކޮނޮމިކްސް އެންޑް މެނޭޖްމަންޓް 
  46. ޓޫރިޒަމް މެނޭޖްމަންޓް 
  47. ޓޫރިޒަމް މެނޭޖްމަންޓް އެންޑް ޕްލޭނިންގ 
  48. ޓޫރިޒަމް މާކެޓިންގ އެންޑް މެނޭޖްމަންޓް 
  49. ޓޫރިޒަމް ސްޓަޑީޒް 
  50. އަރބަން ޕޮލިސީ 
  51. އަރބަން ސްޓަޑީޒް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  1. ފަތުރުވެރިކަމާގުޅޭ ޕޮލިސީ
  2. ސިޔާސަތު ނުވަތަ ސްޓްރެޓިޖީ އެކުލަވާލުމުގެ މަސައްކަތްތަކާގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

   6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 ސެޕްޓެމްބަރު 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، އީ-މެއިލް މެދުވެރިކޮށް [email protected] އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން އާއިއެކު ހުށަހަޅާ ހުރިހާ ޑޮކިއުމަންޓެއް އެއްފައިލް އަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު މެއިލް ކުރައްވާއިރު މެއިލްގެ ސަބްޖެކްޓްގެ ގޮތުގައި މަޤާމުގެ ނަން ޖެއްސެވުން އެދެމެވެ.

ޝޯޓްލިސްޓުކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އާއި އިމްތިޙާނާއި އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިހާނު އޮންނާނީ 24 ސެޕްޓެމްބަރު 2026 އާއި 24 އޮކްޓޫބަރު 2026  އާއި ދެމެދު މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގައެވެ. އަދި މިމުއްދަތުގެ ތެރޭގައި އިންޓަރވިއު ނުބޭއްވޭނަމަ ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު ކުރަންޖެހޭ ފަރާތްތަކަށް މުއްދަތު ހަމަވުމުގެ ކުރިން އެކަން އެންގޭނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3022226 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

15 ސެޕްޓެންބަރު 2026