ދިވެހިރާއްޖެ
އިޢުލާން
ހިއުމަން ރައިޓްސް ކުއިޒް 2026ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން އިސްނަގައިގެން ދައުލަތުގެ މުއައްސަސާތަކަށާއި ޔުނިވަރސިޓީ/ ކޮލެޖް އަދި ފެކަލްޓީތަކުގެ ދަރިވަރުން، އިންސާނީ ޙައްޤުތަކަށް ހޭލުންތެރިކޮށް އަހުލުވެރި ކުރުވުމުގެ މަޤްޞަދުގައި ކުއިޒް މުބާރާތެއް މިއަހަރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 އޮކްޓޯބަރ 13 އިން 17 ގެ ނިޔަލަށެވެ. އެހެންކަމުން މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދައުލަތުގެ މުއައްސަސާތަކަށާއި ދިވެހިރާއްޖޭގައި ރަޖިސްޓްރީވެގެން ހިންގާ ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް އަދި ޔުނިވަރސިޓީތަކާއި ކޮލެޖްތަކުގެ ދަށުން ހިންގާ ފެކަލްޓީތަކަށް ހުޅުވާލަމެވެ.
މި ކުއިޒްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަން ބަޔާންކޮށް، 2026 ސެޕްޓެމްބަރ 24 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިކޮމިޝަނަށް ހުށަހެޅުމަށް އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅުއްވާއިރު، ގުޅާނެ ފަރާތެއްގެ ނަމާއި، ފޯނު ނަމްބަރު އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި މުބާރާތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ 3003164 އަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ކުއިޒްގެ ގަވާއިދާއި ކްއިޒުގައި ސުވާލުތައް ހިމެނޭނެ ދާއިރާތައް އިއުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.