|
ވަޒީފާގެ ފުރުޞަތު
|
ތާރީޚް:
|
14 ސެޕްޓެންބަރު 2026
|
|
ނަންބަރު:
|
(IUL)168-HR/1/2026/108
|
|
ލީގަލް އެންޑް މޮނިޓަރިންގ ޑިޕާޓްމަންޓް
|
|
މަޤާމު:
|
ޑިރެކްޓަރ (ކޮންޓްރެކްޓް)
|
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
|
މަސައްކަތް ކުރަންޖެހޭ ތަން:
|
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ
|
|
ބޭނުންވާ މުއްދަތު:
|
31 ޑިސެންބަރު 2026 ގެ ނިޔަލަށް
|
|
މުސާރައާއި ޢިނާޔަތްތައް:
|
- މުސާރަ: މަހަކު -/11,550 ރުފިޔާ
- ލިވިންގ އެލަވަންސް -/3000 ރުފިޔާ
- ސާރވިސް އެލަވަންސް -/3500 ރުފިޔާ
މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
|
ރަސްމީ ގަޑި:
|
ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް
|
|
ޝަރުޠު:
|
1. މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން މާސްޓަރސް ޑިގްރީ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް) ޙާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން، މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
ނުވަތަ
2. މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ބެޗެލަރސް ޑިގްރީ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް) ޙާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން، މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
3. މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް) ޙާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން، މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
4. ލީޑް އޮފިސަރ ލެވެލްގެ މަޤާމުގެ ޝަރުތުހަމަވުމާއެކު ލީޑް އޮފިސަރ ލެވެލް ނުވަތަ އެއަށްވުރެ މަތީ ލެވެލްއެއްގެ މަޤާމެއްގައި ހިއުމަން ރައިޓްސް ކޮމިޝަނުގައި 3 އަހަރު ދުވަހު މަސައްކަތްކޮށްފައިވުން.
|
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ޑިރެކްޓަރ ޖެނެރަލްގެ ލަފާގެ މަތިން ޑިޕާޓްމަންޓުގެ އެންމެހައި މަސައްކަތްތައް މޮނިޓަރކޮށް، މުވައްޒަފުންގެ މަސައްކަތްތައް ރާވާ ހިންގުމުގައި އަމަލީގޮތުން ބައިވެރިވުމާއި، ޔުނިޓުގެ މުވައްޒަފުން ސުޕަވައިޒްކޮށް އެފަރާތްތަކަށް ބޭނުންވާ އިރުޝާދާއި އެހީތެރިކަން ފޯރުކޮށްދިނުން.
- ޑިޕާޓްމަންޓުގެ ބައްދަލުވުންތައް ރާވާ ހިންގުމާއި، އިދާރީ މަސައްކަތްތައް ހަރުދަނާކުރުމަށް ލަފާދީ، ކަނޑައެޅޭ އުސޫލުތަކާ އެއްގޮތަށް މަސައްކަތްތައް ވިލަރެސްކުރުން.
- ޑިރެކްޓަރ ޖެނެރަލް ނެތް ހާލަތްތަކުގައި ޑިޕާޓްމަންޓް އިސްވެ ހިންގުމާއި، އެނުއަލް ވޯރކް ޕްލޭން އެކުލަވާލައި އެ ޕްލޭން ތަންފީޒުވަމުންދާ މިންވަރު ގާތުން ބަލައި މޮނިޓަރކުރުން.
- އިންސާނީ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތާ މިންވަރު ބަލައި މޮނިޓަރކޮށް ވަޒަންކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުމުގައި އިސްދައުރެއް އަދާކުރުން.
- ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނުގެ ދަށުން ހިއުމަން ރައިޓްސް ރިޕޯޓުތައް ތައްޔާރުކުރުމާއި އ.ދ އާއި ބައިނަލްއަޤްވާމީ ޖަމާއްތަކުން ފޮނުވާ ރިޕޯޓްތައް ރިވިއުކޮށް ކޮމެންޓުކުރުމުގެ މަސައްކަތްތައް ވިލަރެސްކުރުން.
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ލިބިދޭ ޙައްޤުތަކާއި ދިވެހިރާއްޖެ ތަޞްދީޤުކޮށްފައިވާ މުޢާހަދާތަކުގައި ބަޔާންކޮށްފައިވާ ޙައްޤުތައް ފޯރުކޮށްދޭ މިންވަރު ދެނެގަތުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމުގައި އިސްދައުރެއް އަދާކުރުން.
- އިންސާނީ ޙައްޤުތައް ފޯރުކޮށްދޭ މިންވަރު ދެނެގަތުމުގެ ގޮތުން، ރާވާލެވޭ ގޮތެއްގެ މަތިން އަތޮޅުތަކަށް ޒިޔާރަތްކޮށް އެ އަތޮޅުތަކުން ފާހަގަކުރެވޭ އިންސާނީ ޙައްޤުތަކާ ގުޅުންހުރި ކަންތައްތަކުގެ މައްޗަށް ބިނާކޮށް ރިޕޯޓް ތައްޔާރުކޮށް ޤަވާޢިދުން ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުމުގައި އިސްދައުރެއް އަދާކުރުން.
- ދިވެހިރާއްޖެ ތަޞްދީޤުކޮށްފައިވާ މުޢާހަދާތަކާއި ޔުނިވަރސަލް ޕީރިއަޑިކް ރިވިއުއާ ގުޅިގެން ކޮމިޝަނުން ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް އަމަލީގޮތުން ތައްޔާރުކޮށް ޤަވާޢިދުން ފޮނުވުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުމުގައި އިސްދައުރެއް އަދާކުރުން.
- ދިވެހިރާއްޖެއިން ތަޞްދީޤުކޮށްފައިވާ މުޢާހަދާތަކާއި ޔުނިވަރސަލް ޕީރިއަޑިކް ރިވިއުއާ ގުޅިގެން ހުށަހަޅަންޖެހޭ ރިޕޯޓުތަކުގެ އިތުރުން، އިންސާނީ ޙައްޤުތަކާ ގުޅުންހުރި މައްސަލަތަކާ ގުޅޭ ރިޕޯޓުތައް އ.ދ ގެ ވަރކިންގް ގްރޫޕް އަދި ސްޕެޝަލް ޕްރޮސީޖަރޒްއަށް ފޮނުވުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުމުގައި އިސްދައުރެއް އަދާކުރުން.
- ދިވެހިރާއްޖެއިން ތަޞްދީޤުކޮށްފައިވާ މުޢާހަދާތަކާއި ޔުނިވަރސަލް ޕީރިއަޑިކް ރިވިއުއާ ގުޅިގެން ދިވެހި ދައުލަތަށް ހުށަހަޅާ ހުށަހެޅުންތައް ތަންފީޒުވާ މިންވަރު ދެނެގަތުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުމުގައި އިސްދައުރެއް އަދާ ކުރުން.
- މިނިވަންކަން ގެއްލޭގޮތަށް ބަންދުގައި މީހުން ބައިތިއްބާފައި ތިބޭ ތަންތަނަށް އަމާޒުކޮށްގެން ކޮމިޝަނުން ތައްޔާރުކޮށްފައިވާ ރިޕޯޓްތައް (ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްގެ ދަށުން ތައްޔާރުކޮށްފައިވާ/މޮނިޓަރކުރާ ރިޕޯޓްތައް) ފިޔަވައި، ކޮމިޝަނުން ދައުލަތަށް ހުށަހަޅާ ނިޒާމީ ހުށަހެޅުންތައް ތަންފީޛުކުރާ މިންވަރު ދެނެގަތުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުމުގައި އިސްދައުރެއް އަދާކުރުން.
- ދިވެހިރާއްޖޭގެ އިންތިޚާބުތައް މޮނިޓަރކުރުމުގެ މަސައްކަތްތައް ރާވައި ވިލަރެސްކޮށް ރިޕޯޓު އެކުލަވައިލައި ކަމާގުޅުންހުރި ފަރާތްތަކަށް ރިޕޯޓުތައް ހިއްސާކުރުން.
- ޑިޕާޓްމަންޓްގައި މަސައްކަތްކުރާ އެހެން މުވައްޒަފުން، ވަކިން ޚާއްޞަކޮށް މޮނިޓަރިންގ މަސައްކަތްތައްކުރާ އެހެން މުވައްޒަފުންގެ މަސައްކަތަށް އެހީތެރިވެދިނުމާއި ލަފާއާއި އިރުޝާދު ދިނުން.
- ކޮމިޝަނުންކުރާ މޮނިޓަރިންގ މަސައްކަތްތަކާގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައްކުރުމާއި، މޮނިޓަރިންގ މަސައްކަތް ހަރުދަނާކޮށް ކުރިއެރުވުމަށް ބޭނުންވާލަފައާއި މަޝްވަރާ ޑިރެކްޓަރަށް ދިނުން.
- އެހެން ޑިޕާޓްމަންޓުތަކުގެ މުވައްޒަފުންނާއި، ޑިޕާޓްމަންޓުގެ މަސައްކަތުގައި މުއާމަލާތުކުރަންޖެހޭ ސަރުކާރުގެ އަދި އަމިއްލަ ފަރާތްތަކުގެ މުވައްޒަފުންނާ ގުޅުން ބަދަހިކޮށް އެކުގައި މަސައްކަތްކުރުމަށް މަގުފަހިވާނެގޮތަށް މަސައްކަތްތައް ބައްޓަންކުރުން.
- ޑިރެކްޓަރެއްގެ ހައިސިއްޔަތުން ކޮމިޝަނުގެ އެހެން ޑިޕާޓްމަންޓްތަކުން ކުރާ މަސައްކަތްތަކުގައި ބޭނުންވާ ފަންނީ ލަފާދިނުން.
- ޑިޕާޓްމަންޓުތަކާއި، ސަރުކާރުގެ އިދާރާތަކުގެ އިތުރުން އަމިއްލަ ފަރާތްތަކާ ގުޅުން ބަދަހިކޮށް، އެކުގައި މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުކުރުން.
- އިންތިޚާބުތައް އޮބްޒާވްކުރުމުގެ ހަރަކާތްތަކުގައާއި، އެއްވުންތަކާއި މުޒާހަރާތައް މޮނީޓަރުކުރުމަށް ކުރެވޭ ފީލްޑް މަސައްކަތްތަކާއި މީޑިއާ މޮނީޓަރިންގްގެ މަސައްކަތްތަކުގައާއި، އާންމުން ހޭލުންތެރިކުރުމަށް ބާއްވާ ޕްރޮގްރާމްތަކުގައި ބައިވެރިވުމާއި، މަޢުލޫމާތު އެއްކުރުމަށްޓަކައި ކުރެވޭ ދަތުރުތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން.
- އިންސާނީ ހައްގުތަކާ ގުޅޭ ގައުމީ އަދި ބައިނަލްއަގުވާމީ ބައްދަލުވުންތަކާއި، ސެމިނާރުތަކާއި، މީޑިއާ ޕްރޮގްރާމްތަކުގައި ކޮމިޝަން ތަމްސީލުކޮށް، ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުން.
- މީގެ އިތުރުން، ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުމާއި، ކޮމިޝަނުން ކުރިއަށްގެންދާ އެކި ހަރަކާތްތަކާއި އެހެނިހެން މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވެ އެހީތެރިވުން.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދި ހުށަހަޅާ ހުރިހާ ލިޔުންތައް ބަޔާންކުރާ ޗެކްލިސްޓް ފުރިހަމަކުރަންވާނެއެވެ.)
- މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް ކޮށްފައިވާ ކޮޕީއެކެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިނުވާ (ލެވެލް ކޮށްފައިނުވާ) ލިޔުންތައް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)
- ސެޓްފިކެޓް ލިބިފައި ނުވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރު އަދި އީމެއިލް އެޑްރެސް ހިމަނާފައި)
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން. (އިޢުލާނުގެ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ލިޔުމެއް، ވަޒީފާ އަދާކޮށްފައިވާ މުއްދަތު އެނގެން ނެތް އެއްވެސް ލިޔުމެއް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)
|
|
ސުންގަޑި:
|
2026 ސެޕްޓެންބަރު 23 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން
|
|
އެހެނިހެން:
|
- ކޮމިޝަނުން ބޭނުންވެއްޖެ ހިނދެއްގައި މި މަޤާމުގެ ކޮންޓްރެކްޓް މުއްދަތު އިތުރުކުރުމާމެދު ގޮތެއް ނިންމާނީ މަސައްކަތުގެ ފެންވަރަށް ބަލައި ކޮމިޝަނުންނެވެ.
- މި މަޤާމަށް 10 ފަރާތަށްވުރެ އިތުރަށް ކުރިމަތިލައިފިނަމަ، ކުރިމަތިލި ހުރިހާ ފަރާތްތަކަށް ސްކްރީނިންގ ޓެސްޓެއް ދިނުމަށްފަހު ޓެސްޓްގެ ނަތީޖާއަށް ބަލައި 10 ކެންޑިޑޭޓުން ޝޯޓްލިސްޓް ކުރެވޭނެއެވެ. ޝޯޓްލިސްޓް ކުރެވޭފަރާތްތަކަށް ތިއަރީ ޓެސްޓެއް ދީ ފާސްވާ ފަރާތްތަކަށް އިންޓަވިއުއަށް ދެންނެވޭނެއެވެ.
- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދޭ ތިޔަރީ ޓެސްޓް އޮންނާނީ ކޮމިޝަނުގެ މައި އިދާރާ (މ. ޗަނބޭލީވިލާ (ސްޓާރ ކްލައުޑްސް ބިލްޑިންގ، 12 ވަނަ ފަންގިފިލާ) ގައެވެ.
- ތިޔަރީ ޓެސްޓަށް ނުވަތަ އިންޓަވިއުއަށް ވަޑައިގަތުމަށް ކޮމިޝަނުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެނޑިޑޭޓަކަށް ހާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
- ކޮމިޝަނުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ މީލާދީ ގޮތުން އުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
- ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެންބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
- މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
- އެޕްލިކޭޝަން ފޯމު ކޮމިޝަނުގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ. (https://hrcm.org.mv/dv/downloads/job-application-form)
- އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3003116 ނުވަތަ 3003114 އަށެވެ.
- އެޕްލިކޭޝަން ފޯމު އީމެއިލް ކުރައްވާނަމަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.
ނޯޓް: މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި އެކަނި ކަމުގައި ދެންނެވީމެވެ.އަދި މިގޮތަށް އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ޕީ.ޑީ.އެފް (pdf) ފައިލުގައި އެޕްލިކޭޝަން ފޯމް ހުށައަޅާ ފަރާތުގެ ނަމާއި އިޢުލާން ނަންބަރު ޖެހުމަށް ދަންނަވަމެވެ.
|