ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)304-EDS/304/2026/82
ޕަބްލިޝްކުރި ތާރީޚް: 14 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 12:09
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދުވާފަރު ބަނދަރުގެ ބޭރު ހިލަތޮށި ކައިރިއަށް ޖަމާވަމުންދާ ވެލި ނެގުމާއި ބަނދަރު އުތުރު ސަރަހައްދަށް ޖަމާވެފައިވާ ވެލި ދޫކުރަން ފެށުމާއި ގުޅޭ

     ފަހަކަށް އައިސް މިރަށުގެ ބަނދަރުގެ ހިލަތޮށި ކައިރިއަށް ވަރަށް ބޮޑަށް ވެލި ޖަމާވަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. މިގޮތަށް ވެލި ޖަމާވަމުން ދިޔުމުގެ ސަބަބުން ރަށުގެ ދޯނިފަހަރަށާއި ފަޅުތެރެއަށް ވަދެނިކުމެވާ އުޅަނދުފަހަރަށް އެކިވަރުގެ ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެތީ، އެކަމަށް އަވަސް ޙައްލެއް ހޯދުމުގެ ގޮތުން ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލައިގެން ވެލި ދޫކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

މިގޮތުން ވެލި ދޫކުރުމަށް ހަމަޖެހިފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ އުޞޫލުގެ މަތިންނެވެ:

  1. 1.      ވެލި ދޫކުރާ އަގު:
  • ބަނދަރުގެ ބޭރު ހިލަތޮށި ކައިރިއަށް ޖަމާވެފައިވާ ވެލި: ގޯންޏެއް 1/- (އެކެއް) ރުފިޔާ.
  1. 2.     ވެލި ދޫކުރެވޭނެ ފަރާތްތަކާއި މިންވަރު:
  • ދުވާފަރުގެ ކޮންމެ ގޭބިސީއެއްގެ ވެސް ދާއިމީ ރަޖިސްޓްރީއަށް އަދި ވަގުތީ ރަޖިސްޓްރީއަށް ދޫކުރެވޭނީ ގިނަވެގެން 100 (އެއްސަތޭކަ) ގޯންޏެވެ.
  • އިންތިޒާމްތައް ހަމަޖެއްސުމުގެ ގޮތުން ވެލި ދޫކުރުމަށް ހަމަޖެހިފައިވަނީ ދުވާލަކު 3 (ތިނެއް) ފަރާތަކަށެވެ.
  • ރަށުން ބޭރު ފަރާތްތަކަށް ވެލިދޫނުކުރެވޭނެއެވެ. އަދި ހަމަ އެހެންމެ ވެލި ހައްދައިގެން ރަށުން ބޭރަށް ގެންދިޔުމަކީ މަނާކަމެކެވެ. އެގޮތަށް އަމަލުކުރާ ފަރާތްތަކަށް ވެލިދޫކުރުން ހުއްޓާލުމުގެ އިޙްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
  1. 3.     ވެލި ނެގުމާއި ވަގުތާއި އުޞޫލު:
  • ވެލި ދޫކުރުމަށް ހަމަޖެހިފައިވަނީ މިކައުންސިލް އިދާރާއިން މިކަމަށް ޚާއްޞަކޮށްފައިވާ ފޯމް ފުރުމަށްފަހުގައެވެ.
  • ވެލި ނެގުމުގެ ހުއްދަ ދެވިފައިވާ ފަރާތްތަކަށް ވެލި ދޫކުރެވޭނީ ހެނދުނު 8:00 ން ހަވީރު 5:30 އަށެވެ.
  • ވެލި ނަގަންވާނީ މިކައުންސިލުން ކަނޑައަޅައި ދައްކާ ވަކި ޙާއްސަ ސަރަހައްދަކުން އެކަންޏެވެ.

 

     ވީމާ، ވެލި ނެގުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމުގައި އެއްވެސް ފަރާތަކަށް އަދި ބަނދަރާއި ތިމާވެއްޓަށް ގެއްލުން ނުވާނެހެން، ކަނޑައެޅިފައިވާ އުޞޫލްތަކާއި އެއްގޮތަށް ޢަމަލުކުރެއްވުމަށް އެންމެހައި ރައްޔިތުންނަށް އިލްތިމާސްކުރަމެވެ.

ވެލި ނެގުމަށް އެދޭ ފޯމް މި ކައުންސިލްގެ އިދާރާގެ ކައުންޓަރުން ރަސްމީ ގަޑިތަކުގައި ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ. 

03 ރަބީޢުލްއާޚިރު  1448

14 ސެޕްޓެމްބަރ  2026

14 ސެޕްޓެންބަރު 2026