ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)13-HR/13/2026/177
ޕަބްލިޝްކުރި ތާރީޚް: 14 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 12:02
ސުންގަޑި: 21 ސެޕްޓެންބަރު 2026 13:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް
ދިވެހިރާއްޖެ
ފިސްކަލް އެނަލިސްޓް

މަޤާމް :ފިސްކަލް އެނަލިސްޓް
ބޭނުންވާ އަދަދު :1

އިޢުލާނު

 

މަޤާމު:

ފިސްކަލް އެނަލިސްޓް

މަޤާމުގެ ނަންބަރު:

J-464106

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ރޭންކް 8 - ސްޓެޕް 1     

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޕްރޮޖެކްޓް މޮނިޓަރިންގ ސެކްޝަން، ޕްރޮޖެކްޓް މެނޭޖްމަންޓް ޑިޕާޓްމަންޓް، މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާ، ކ. މާލެ

އަސާސީ މުސާރަ:

12،790.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

5،965.00 ރުފިޔާ

ހާޒިރީ އިނާޔަތް:

160.00 ރުފިޔާ (ކަނޑައަޅާފައިވާ އުސޫލުން މަސައްކަތްކުރާ ދުވަހަކަށް)

އެހެނިހެން އެލަވަންސް:

-         ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން އަދި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އާ ޕަބްލިކް އިންވެސްޓްމަންޓް ޕްރޮޖެކްޓްތަކުގެ ޕްރޮޕޯސަލްތަކާއި، ހަރަދުތަކުގެ އަންދާޒާތަކާއި (ކެޕިޓަލް/ރިކަރަންޓް)، މާލީ އަސާސްތައް މުރާޖައާކޮށް، އޭގައިވާ އުނިކަންކަމާއި ފަންޑިންގ ބޭނުންވާ މިންވަރު ދެނެގަނެ، ޕްރޮޖެކްޓް ފައިނޭންޝަލް ޕްރޮފައިލްތައް ޑިވެލޮޕްކުރުން.
  2. ތަފާތު ފައިނޭންސިންގ ސޯސްތަކުގެ (ލޯނު، ގްރާންޓް، ކޮންޓްރެކްޓަރ ފައިނޭންސިންގ) ސަބަބުން ދައުލަތުގެ ބަޖެޓަށާއި މާލީ ސަސްޓެއިނަބިލިޓީއަށް ކުރާނެ އަސަރުތައް އެނަލައިޒްކޮށް، ޕީ.އެސް.އައި.ޕީ އާއި އެން.ޕީ.އައި ގެ އިވެލުއޭޝަންތަކަށް ބޭނުންވާ މާލީ އެނަލިސިސްތަކާއި ބްރީފިންގ މެޓީރިއަލްސް ތައްޔާރުކުރުމުގައި ފިސްކަލް އެފެއާޒް ޑިޕާޓްމަންޓް އަދި ކަމާބެހޭ އިދާރާތަކާއެކު ގުޅިގެން މަސައްކަތްކުރުން.
  3. ދައުލަތުގެ ފިސްކަލް ސްޕޭސްއާއި ޕްރިއޮރިޓީތަކާ އެއްގޮތަށް ޕްރޮޖެކްޓްތަކުގެ އަހަރީ އަދި މެދުރާސްތާގެ ބަޖެޓް އެކުލަވައިލުމުގައި ފިސްކަލް އެފެއާޒް ޑިޕާޓްމަންޓް އާއި ގުޅިގެން މަސައްކަތްކުރުމާއި، ބަޖެޓް އެޖަސްޓްމަންޓްތަކާއި ޕްރޮޖެކްޓްތަކަށް އަންނަ ބަދަލުތަކުގެ މާލީ އަސަރުތައް އެނަލައިޒްކޮށް، ބަޖެޓް ޕްރެޝަރުތަކާއި އޯވަރ-ކޮމިޓްމަންޓްތައް ދެނެގަނެ ސީނިއަރ މެނޭޖްމަންޓްގެ ނިންމުންތަކަށް ބޭނުންވާ މާލީ އެނަލިސިސްތައް ފޯރުކޮށްދިނުން.
  4. ޕީ.އެސް.އައި.ޕީ ޕްރޮޖެކްޓްތަކުގެ އެޕްރޫވްޑް ބަޖެޓާއި ހަގީގީ ޚަރަދުތައް، ފިޒިކަލް އަދި ޕްރޮކިއުމަންޓް ކުރިއެރުމާ އަޅާކިޔައިގެން މޮނިޓަރކުރުމާއި، ކޭޝްފްލޯ، ޕޭމަންޓް ޑިލޭ އަދި މާލީ މައްސަލަތައް އެނަލައިޒްކޮށް، ކަމާބެހޭ އިދާރާތަކާއެކު ގުޅިގެން މަތީ ނުރައްކާ ހުރި މަޝްރޫއުތަކާއި ކުރިއެރުން ލަސްވާ ސަބަބުތައް ދެނެގަނެ މެނޭޖްމަންޓަށް ބޭނުންވާ މާލީ ޕާފޯމަންސް ސަމަރީތައް ތައްޔާރުކުރުން.
  5. ތަފާތު ފައިނޭންސިންގ ވަސީލަތްތަކުގެ (ލޯނު، ގްރާންޓް، ކޮންޓްރެކްޓަރ ފައިނޭންސިންގ) މާލީ އަސަރުތައް އެނަލައިޒްކުރުމާއި، ސަރުކާރުން އަދާކުރަންޖެހޭ މާލީ އިލްތިޒާމްތަކާއި (ކައުންޓަރޕާޓް ފަންޑިންގ، އަނބުރާ ދައްކަންޖެހޭ ފައިސާ) ކުރިމަގުގެ ބަޖެޓް މަސްއޫލިއްޔަތުތައް ޓްރެކްކޮށް، އެކްސްޗޭންޖް ރޭޓާއި ޚަރަދު ބޮޑުވުން ފަދަ ކަންކަމުން ކުރިމަތިވެދާނެ މާލީ ރިސްކުތައް ދެނެގަތުމަށް ކަމާބެހޭ އިދާރާތަކާއެކު ގުޅިގެން މަސައްކަތްކުރުން.
  6. ޕަބްލިކް އިންވެސްޓްމަންޓް ޕޯޓްފޯލިއޯގެ ފައިނޭންޝަލް އިންޑިކޭޓަރސްތައް ޑިވެލޮޕްކޮށް، ބަޖެޓާއި ހަގީގީ ޚަރަދުތަކުގެ ތަފާތުތަކާއި ސެކްޓަރ ޓްރެންޑްތައް އެނަލައިޒްކުރުމާއެކު، ބަޖެޓް ބޭނުންކުރުމާއި ރިސޯސް އެލޮކޭޝަން ހަރުދަނާކުރުމަށް އެވިޑެންސް-ބޭސްޑް ރެކޮމެންޑޭޝަންތައް އެކުލަވައިލައި، ސީނިއަރ މެނޭޖްމަންޓަށާއި ކަމާބެހޭ މަތީ އިދާރާތަކަށް ބޭނުންވާ ފައިނޭންޝަލް ރިޕޯޓްތަކާއި، ޑޭޝްބޯޑް އަދި ބްރީފިންގ މެޓީރިއަލްސް ތައްޔާރުކުރުން.
  7. ޕްރޮޖެކްޓް އެކުލަވައިލުމާއި، ބަޖެޓް ތައްޔާރުކުރުމާއި، މާލީ މޮނިޓަރިންގއާ ގުޅޭގޮތުން ފިސްކަލް އެފެއާޒް ޑިޕާޓްމަންޓް އާއެކު މަސައްކަތްކުރުމާއި، ފިސްކަލް ސީލިންގާއި މާލީ ރިސްކުތައް ކޯޑިނޭޓްކޮށް، އޭޖެންސީތަކުން ހުށަހަޅާ މާލީ ހުށަހެޅުންތައް ރިވިއުކުރުމުގައި އެހީތެރިވެ، ޕްރޮޖެކްޓް މާލީ އެސެސްމަންޓްތަކަކީ ސަރުކާރުގެ ފިސްކަލް ޕޮލިސީއާއި ބަޖެޓް ޕްރިއޯރިޓީތަކާ އެއްގޮތްވާ ގޮތުގެމަތިން ކުރެވޭ ކަންކަންކަން ކަށަވަރުކުރުން.
  8. ޕަބްލިކް އިންވެސްޓްމަންޓް މެނޭޖްމަންޓް ސިސްޓަމްގައި ޕްރޮޖެކްޓްތަކުގެ ބަޖެޓާއި، ފަންޑިންގ ސޯސްތަކާއި، ޚަރަދުތަކުގެ މާލީ މައުލޫމާތު ރަނގަޅަށް ރެކޯޑްކޮށް އަޕްޑޭޓްކުރުމާއެކު، ކަމާބެހޭ ސްޓޭކްހޯލްޑަރުންނާއެކު ޑޭޓާ ކަށަވަރުކޮށް، ސިސްޓަމް މެދުވެރިކޮށް މާލީ ރިސްކުތަކާއި ޓްރެންޑްތައް އެނަލައިޒްކޮށް، ފައިނޭންޝަލް ޑޭޝްބޯޑްތަކާއި އޮޓޮމޭޓެޑް ރިޕޯޓިންގ ޓޫލްސް ޑިވެލޮޕްކުރުމުގައި އެހީތެރިވުން.
  9. ޕަބްލިކް އިންވެސްޓްމަންޓް ޕްރޮޖެކްޓްތަކާއި އެން.ޕީ.އައި ތަކުން ކުރިމަތިވެދާނެ މާލީ ރިސްކުތައް (ޚަރަދު ބޮޑުވުން، ފަންޑިންގ ގެޕް، ސްކޯޕް/ކޮންޓްރެކްޓަށް އަންނަ ބަދަލުތައް) ދެނެގަނެ ވަޒަންކުރުމާއި، ރިސްކް-ބޭސްޑް އެޕްރޯޗްތައް ތަރައްގީކޮށް، އެ ރިސްކުތައް ކުޑަކުރުމަށް ބޭނުންވާ އެނަލިސިސްތަކާއި ރެކޮމެންޑޭޝަންތައް ސީނިއަރ މެނޭޖްމަންޓަށް ފޯރުކޮށްދިނުން.
  10. ޕަބްލިކް އިންވެސްޓްމަންޓް ޕްރޮޖެކްޓްތަކާއި އެން.ޕީ.އައި ތަކުން ކުރިމަތިވެދާނެ މާލީ ރިސްކުތައް (ޚަރަދު ބޮޑުވުން، ފަންޑިންގ ގެޕް، ސްކޯޕް/ކޮންޓްރެކްޓަށް އަންނަ ބަދަލުތައް) ދެނެގަނެ ވަޒަންކުރުމާއި، ރިސްކް-ބޭސްޑް އެޕްރޯޗްތައް ތަރައްގީކޮށް، އެ ރިސްކުތައް ކުޑަކުރުމަށް ބޭނުންވާ އެނަލިސިސްތަކާއި ރެކޮމެންޑޭޝަންތައް ސީނިއަރ މެނޭޖްމަންޓަށް ފޯރުކޮށްދިނުން.
  11. ޕްރޮޖެކްޓް ފައިނޭންޝަލް އެޕްރައިޒަލްއާއި ފިސްކަލް އެސެސްމަންޓްތަކަށް ބޭނުންވާ މެތަޑޮލޮޖީތަކާއި، ގައިޑްލައިންތަކާއި، ޓެމްޕްލެޓްތައް ޑިވެލޮޕްކޮށް އަޕްޑޭޓްކުރުމާއި، ޕީ.އައި.އެމް.ޔޫ އާއެކު ޕްރޮޖެކްޓް ރިވިއު އަދި ޕްރިއޮރިޓައިޒޭޝަން އެކްސަސައިޒްތަކުގައި ބައިވެރިވުމުގެ އިތުރުން، ސީނިއަރ މެނޭޖްމަންޓުން ހަވާލުކުރާ ޚާއްޞަ މާލީ އެސައިންމަންޓްތަކާއި އިރުޝާދުދޭ އެހެނިހެން މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީއެއް ހާސިލްކޮށްފައިވުން.
    ނުވަތަ
  2. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް: 

  1. އެކައުންޓިންގ  
  2. އެކައުންޓިންގ އެންޑް ފައިނޭންސް  
  3. ބޭންކިންގ  
  4. ބިޒްނަސް  
  5. ބިޒްނަސް އެނަލިޓިކްސް  
  6. ކޮމާރސް  
  7. އިކޮނޮމިކް އެނަލިސިސް  
  8. އިކޮނޮމިކް ޑިޒިޝަން އެންޑް ކޮސްޓް ބެނެފިޓް އެނަލިސިސް  
  9. އިކޮނޮމިކް ޕޮލިސީ އެންޑް ޑޭޓާ އެނަލިޓިކްސް  
  10. އިކޮނޮމިކްސް  
  11. ފައިނޭންސް  
  12. ފައިނޭންސް އެންޑް އެނަލިޓިކްސް  
  13. ފައިނޭންޝަލް އެނަލިސިސް  
  14. ފައިނޭންޝަލް އެނަލިސިސް އެންޑް ފަންޑް މެނޭޖްމަންޓް  
  15. ފައިނޭންސް އެނަލިސިސް އެންޑް އިންވެސްޓްމަންޓް މެނޭޖްމަންޓް  
  16. ފައިނޭޝަލް އެނަލިސްޓް  
  17. ފައިނޭންޝަލް އެންޑް ފައިނޭންޝަލް މެނޭޖްމަންޓް  
  18. ފައިނޭންޝަލް އިކޮނޮމިކްސް  
  19. ފައިނޭންޝަލް އިންޖިނިއަރިންގ  
  20. ފައިނޭންޝަލް މެނޭޖްމަންޓް  
  21. ފައިނޭންޝަލް މާކެޓްސް  
  22. ފައިނޭންޝަލް ޕްލޭނިންގ  
  23. ފިސްކަލް ސްޓަޑީޒް  
  24. އިންޓަނޭޝަނަލް ޓެކްސޭޝަން  
  25. އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް  
  26. އިސްލާމިކް ފައިނޭންސް  
  27. މެނޭޖްމަންޓް އެންޑް ޕަބްލިކް ފައިނޭންސް  
  28. މެނޭޖީރިއަލް އެންޑް ފައިނޭންޝަލް އިކޮނޮމިކްސް  
  29. މަނިޓަރީ އެންޑް ފައިނެޝިއަލް އޮކޮނޮމިކްސް  
  30. ޕަބްލިކް ފައިނޭންސް  
  31. ޕަބްލިކް ފައިނޭންޝަލް މެނޭޖްމަންޓް  
  32. ޓެކްސް އެޑްމިނިސްޓްރޭޝަން  
  33. ޓެކްސް އޮކޮނޮމިކްސް  
  34. ޓެކްސް މެނޭޖްމަންޓް  
  35. ޓެކްސް ޕޮލިސީ  
  36. ޓެކްސޭޝަން  
  37. ޓެކްސޭޝަން ލޯ  
  38. ޓެކްސޭޝަން ސްޓަޑީޒް  

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  1. މާލީ ހިސާބާގުޅޭ މަސައްކަތުގެ ދާއިރާގެ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ވެބްސައިޓު https://www.finance.gov.mv/careers އިންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21ސެޕްޓެންބަރު 2026 ގެ 13:00 ގެ ކުރިން، މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް މި ވުޒާރާގެ އީ-މެއިލް[email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު، އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާން އޮންނާނީ، 25 ސެޕްޓެންބަރު 2026 އާއި 29 އޮކްޓޫބަރު 2026 އާ ދެމެދު، މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާ ގައެވެ. 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 1617 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

14 ސެޕްޓެންބަރު 2026