|
އިޢުލާނު
|
|
މަޤާމު:
|
ޕްރޮޖެކްޓް އެޑްމިނިސްޓްރޭޓަރ
|
|
މަޤާމުގެ ނަންބަރު:
|
J-464105
|
|
ބޭނުންވާ އަދަދު:
|
01
|
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
|
މަޤާމުގެ ރޭންކު:
|
ރޭންކް 8 - ސްޓެޕް 1
|
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ޕްރޮޖެކްޓް މޮނިޓަރިންގ ސެކްޝަން، ޕްރޮޖެކްޓް މެނޭޖްމަންޓް ޑިޕާޓްމަންޓް، މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާ، ކ. މާލެ
|
|
އަސާސީ މުސާރަ:
|
11،620.00 ރުފިޔާ
|
|
މަޤާމުގެ އެލަވަންސް:
|
5،420.00 ރުފިޔާ
|
|
ހާޒިރީ އިނާޔަތް:
|
145.00 ރުފިޔާ (ކަނޑައަޅާފައިވާ އުސޫލުން މަސައްކަތްކުރާ ދުވަހަކަށް)
|
|
އެހެނިހެން އެލަވަންސް:
|
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން އަދި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ޕީ.އެސް.އައި.ޕީ (PSIP) ޕްރޮޖެކްޓްތަކުގެ ދުވަހުން ދުވަހުގެ އެޑްމިނިސްޓްރޭޓިވް އަދި ކޯޑިނޭޝަން މަސައްކަތްތައް ބެލެހެއްޓުމާއި، ލިޔެކިޔުންތަކާއި އެގްރީމަންޓްތައް އަޕްޑޭޓްކޮށް ސަފުތާކުރުމާއި، ހުށަހެޅޭ ރިކުއެސްޓްތަކާއި ނުނިމިހުރި ކަންކަން ޓްރެކްކޮށް ކަމާބެހޭ އިދާރާތަކާ ގުޅިގެން ފޮލޯއަޕް ހެދުމުގެ އިތުރުން، ބައްދަލުވުންތައް އިންތިޒާމުކޮށް އެޖެންޑާ، މިނެޓްސް އަދި ނިންމުންތަކުގެ ރެކޯޑުތައް ފުރިހަމައަށް ބެލެހެއްޓުން.
- ޕްރޮޖެކްޓާ ގުޅޭ ރަސްމީ ސިޓީ، މެމޯ، ބްރީފިންގ ނޯޓްސް އަދި ހުށަހެޅުންތައް ޑްރާފްޓްކޮށް ކަމާބެހޭ އިދާރާތަކަށް ފޮނުވުމާއި، އިންކަމިންގ/އައުޓްގޯއިންގ ކޮރެސްޕޮންޑެންސްގެ ރެކޯޑުތައް ސައްހަކޮށް ބެލެހެއްޓުމުގެ އިތުރުން، އޮޑިޓިންގ އަދި ނިންމުންތައް ނިންމުމަށް ފަސޭހަވާނެހެން ވާޝަން ކޮންޓްރޯލްކޮށް ލިޔެކިޔުންތައް ތަރުތީބުން ރައްކާކުރުން.
- ޕްރޮކިއުމަންޓާއި، ޓެންޑަރ، ކޮންޓްރެކްޓް އަދި ވޭރިއޭޝަން ޑޮކިއުމެންޓްތައް އެއްކޮށް ބެލެހެއްޓުމާއި، ނޭޝަނަލް ޓެންޑާއާއި އިމްޕްލިމެންޓޭޝަން އޭޖެންސީތަކާ ގުޅިގެން ކޮންޓްރެކްޓްގެ މުހިންމު ތަފްސީލުތަކުގެ (އަގު، މުއްދަތު، އެކްސްޓެންޝަން) ރެކޯޑުތައް ތައްޔާރުކޮށް، އެޕްރޫވަލްތައް ފޮލޯއަޕްކުރުމާއެކު ޕީ.އައި.އެމް ސިސްޓަމަށް ޑޮކިއުމެންޓްތައް އަޕްލޯޑްކޮށް ބެލެހެއްޓުން.
- ޕްރޮކިއުމަންޓާއި، ޓެންޑަރ، ކޮންޓްރެކްޓް އަދި ވޭރިއޭޝަން ޑޮކިއުމެންޓްތައް އެއްކޮށް ބެލެހެއްޓުމާއި، ނޭޝަނަލް ޓެންޑާއާއި އިމްޕްލިމެންޓޭޝަން އޭޖެންސީތަކާ ގުޅިގެން ކޮންޓްރެކްޓްގެ މުހިންމު ތަފްސީލުތަކުގެ (އަގު، މުއްދަތު، އެކްސްޓެންޝަން) ރެކޯޑުތައް ތައްޔާރުކޮށް، އެޕްރޫވަލްތައް ފޮލޯއަޕްކުރުމާއެކު ޕީ.އައި.އެމް ސިސްޓަމަށް ޑޮކިއުމެންޓްތައް އަޕްލޯޑްކޮށް ބެލެހެއްޓުން.
- މިނިސްޓްރީތަކާއި، އިމްޕްލިމެންޓޭޝަން އޭޖެންސީތަކާއި، ކޮންޓްރެކްޓަރުންގެ އިތުރުން ފިނޭންސް މިނިސްޓްރީގެ ކަމާބެހޭ ޑިޕާޓްމަންޓްތަކާއި ރައީސް އޮފީހުގެ އިކޮނޮމިކް ކައުންސިލް ފަދަ މަތީ އޮތޯރިޓީތަކާ ގުޅިގެން ޕްރޮޖެކްޓްތައް އޮމާންކޮށް ކުރިއަށް ގެންދިއުމަށް ބޭނުންވާ މައުލޫމާތާއި، ނިންމުންތަކާއި، އެޕްރޫވަލްތައް ވަގުތުން ވަގުތަށް ފޯރުކޮށްދީ ސްޓޭކްހޯލްޑަރުންގެ މެދުގައި ކޯޑިނޭޓްކޮށް ބެލެހެއްޓުން.
- ޕްރޮޖެކްޓްތަކާ ގުޅޭ ބައްދަލުވުންތަކާއި، ކޮމިޓީތަކާއި، ސީނިއަރ މެނޭޖްމަންޓް މަޝްވަރާތަކަށް އެޑްމިނިސްޓްރޭޓިވް ސަޕޯޓް ދިނުމާއި، އެޖެންޑާ، މިނެޓްސް، ބްރީފިންގ ނޯޓްސް އަދި ޕްރެޒެންޓޭޝަންތައް ތައްޔާރުކުރުމުގެ އިތުރުން، ނިންމުންތަކާއި އެކްޝަން ޕޮއިންޓްތައް ރެކޯޑުކޮށް ތަންފީޒުކުރުމަށް ކަމާބެހޭ ފަރާތްތަކާއެކު ފޮލޯއަޕް ހެދުމާއި، ކެބިނެޓް އަދި އިކޮނޮމިކް ކައުންސިލް ފަދަ މަތީ ފަންތީގެ ބައްދަލުވުންތަކަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކޮށް ކޯޑިނޭޓްކުރުން.
- ސަރުކާރުގެ އުސޫލުތަކާ އެއްގޮތަށް ޕްރޮޖެކްޓްތަކުގެ ފިޒިކަލް އަދި އިލެކްޓްރޯނިކް ރެކޯޑުތައް ތަރުތީބުން ބެލެހެއްޓުމާއި، އޮޑިޓްތަކާއި އިންޓާނަލް ރިވިއުތަކަށް ބޭނުންވާ ލިޔެކިޔުންތައް އެއްކުރުމުގެ އިތުރުން، އިދާރީ ސުންގަޑިތަކަށް މަސައްކަތްތައް ނިންމައި، ޑޮކިއުމެންޓޭޝަންގެ މައްސަލަތައް ސުޕަވައިޒަރަށް ރިޕޯޓްކުރުމާއެކު ސެންސިޓިވް/ސިއްރު މައުލޫމާތުގެ ރައްކާތެރިކަން ކަށަވަރުކުރުން.
- ޕަބްލިކް އިންވެސްޓްމަންޓް ޕްރޮޖެކްޓްތައް ހިންގުމުގައި މޮނިޓަރިންގ/އިވެލުއޭޝަން ޓީމަށާއި PMU އަށް އެހީތެރިވުމާއި، ސީނިއަރ މެނޭޖްމަންޓުން އަންގާ ގޮތެއްގެ މަތިން ޚާއްޞަ އެސައިންމަންޓްތަކާއި ޑޭޓާ އެއްކުރުމުގެ މަސައްކަތްތައް ކުރުމުގެ އިތުރުން، ޕްރޮޖެކްޓް އެޑްމިނިސްޓްރޭޝަން ޕްރޮސީޖަރުތަކާއި ޓެމްޕްލެޓްތައް ހަރުދަނާކޮށް، ސުޕަވައިޒަރު ހަވާލުކުރާ އެހެނިހެން އިދާރީ މަސައްކަތްތައް ކުރުން.
|
|
މަޤާމުގެ ޝަރުޠުތައް:
|
- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީއެއް ހާސިލްކޮށްފައިވުން.
ނުވަތަ
- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
- އެކައުންޓިންގ
- ބިލްޑިންގ ކޮންސްޓްރަކްޝަން
- ބިލްޑިންގ ސައިންސް
- ބިޒްނަސް އެޑްމިނިސްޓްރޭޝަން
- ބިޒްނަސް މެނޭޖްމަންޓް
- ބިޒްނަސް ޕްރޮޖެކްޓް މެނޭޖްމަންޓް
- ސިވިލް އިންޖިނިއަރިންގ
- ކޮންސްޓްރަކްޝަން
- ކޮންސްޓްރަކްޝަން މެނޭޖްމަންޓް
- ކޮންސްޓްރަކްޝަން ޕްރޮޖެކްޓް މެނޭޖްމަންޓް
- ކޮންސްޓްރަކްޝަން ސައިންސް
- ޑޭޓާ އެނަލިޓިކްސް އެންޑް ޕްރޮޖެކްޓް މެނޭޖްމަންޓް
- ޑިވެލޮޕްމަންޓް އިކޮނޮމިކްސް
- ޑިވެލޮޕްމަންޓް ސްޓަޑީޒް
- އިކޮނޮމިކްސް
- އެނަރޖީ ޕްރޮޖެކްޓް މެނޭޖްމަންޓް
- އެންވަޔަރަންމަންޓަލް މެނޭޖްމަންޓް
- އެންވަޔަރަންމަންޓަލް ސައިންސް
- ފައިނޭންސް
- އިނޮވޭޝަން ޕްރޮޖެކްޓް މެނޭޖްމަންޓް
- އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް
- އިންޓަރނޭޝަނަލް ޕްރޮޖެކްޓް މެނޭޖްމަންޓް
- އައި.ޓީ ޕްރޮޖެކްޓް މެނޭޖްމަންޓް
- ލޮޖިސްޓިކްސް މެނޭޖްމަންޓް
- މެނޭޖްމަންޓް
- މެރީން ކޮންޒަރވޭޝަން
- މެރީން ރިސޯސް މެނޭޖްމަންޓް
- މެޝަރމަންޓް އެންޑް އިވެލުއޭޝަން
- އޮޕަރޭޝަންސް މެނޭޖްމަންޓް
- އޮޕަރޭޝަންސް ރިސަރޗް
- ޕްރޮކިއުމަންޓް މެނޭޖްމަންޓް
- ޕްރޮޖެކްޓް އެންޑް އޮޕަރޭޝަންސް މެނޭޖްމަންޓް
- ޕްރޮޖެކްޓް ޑިވެލޮޕްމަންޓް
- ޕްރޮޖެކްޓް އިންޖިނިއަރިންގ
- ޕޮރޮޖެކްޓް އިވެލުއޭޝަން
- ޕްރޮޖެކްޓް މެނޭޖްމަންޓް
- ޕްރޮޖެކްޓް ޕްލޭނިންގ އެންޑް މެނޭޖްމަންޓް
- ޕަބްލިކް އެޑްމިނިސްޓްރޭޝަން
- ރިނިއުބަލް ޕްރޮޖެކްޓް މެނޭޖްމަންޓް
- ސްޓްރަކްޗަރަލް އިންޖިނިއަރިންގ
|
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް:
- ޕްރޮޖެކްޓްތައް މެނޭޖްކުރުމުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް
- ޕްރޮޖެކްޓް ނިސްބަތްވާ ސިނާއަތުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ވެބްސައިޓު https://www.finance.gov.mv/careers އިންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 ސެޕްޓެންބަރު 2026 ގެ 13:00 ގެ ކުރިން، މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް މި ވުޒާރާގެ އީ-މެއިލް[email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
|
އިންޓަރވިއު، އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާން އޮންނާނީ، 25 ސެޕްޓެންބަރު 2026 އާއި 29 އޮކްޓޫބަރު 2026 އާ ދެމެދު، މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާ ގައެވެ.
|
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 1617 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
|