|
ރ. ދުވާފަރުން މީގެކުރިން އެކި ބޭނުންތަކަށް ދޫކޮށްފައިވާ ކުލީބިންތަކުގެ މުއްދަތު ހަމަވެފައިވާތީ، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ތިރީގައިވާ ތާވަލުގައިވާ މަސައްކަތްތައް ކުރުމަށް އެ ބިންތައް އަލުން ކުއްޔަށް ދޫކުރުމަށް މި ކައުންސިލުން ވަނީ ނިންމާފައެވެ.
|
#
|
ބިންދޫކުރާ ބޭނުން (ބިމުގައި ކުރެވޭނެ މަސައްކަތް)
|
ބިންދޫކުރެވޭ މުއްދަތު
|
އެންމެ ދަށް އަގު (އަކަފޫޓަކަށް މަހަކު)
|
|
1
|
އާންމު ވިޔަފާރި
|
15 އަހަރު
|
1.00 ރ
|
|
2
|
ލައިޓް އިންޑަސްޓްރީ (ގައުއެޅުން، ވޯކްޝޮޕް އަދި ވަޑާން ކުރުން)
|
10 އަހަރު
|
1.00 ރ
|
|
3
|
މަސްކައްކާ ހިއްކުން / ލޮނުމަސްއެޅުން
|
10 އަހަރު
|
0.50 ލ
|
|
4
|
އިންޑަސްޓްރިއަލް މަސައްކަތް (ހުއިފިލަނޑާ މަސައްކަތް )
|
10 އަހަރު
|
1ރ 10 ލ
|
ކުރިމަތިލެވޭނެ ފަރާތްތައް:
- މި ބިންތަކަށް ބިޑް ހުށަހެޅޭނީ އުމުރުން 18 އަހަރު ފުރިފައިވާ ރ. ކަނދޮޅުދޫ އަދި ރ. ދުވާފަރުގެ ރައްޔިތުންނަށެވެ.
- ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވްސް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށް ބިޑް ހުށަހެޅޭނީ އެ ވިޔަފާރިއަކީ ރ. ދުވާފަރު ނުވަތަ ރ. ކަނދޮޅުދޫ ރަޖިސްޓްރީގައިވާ މީހެއްގެ ނަމުގައިވާ ވިޔަފާރިއަކަށް ވާނަމައެވެ.
ޕޮއިންޓް ދިނުމުގެ އުޞޫލު:
- ހުށަހަޅާ އަގަށް: 70 ޕޮއިންޓް.
- ކުރިން ބޭނުންކުރި ބިމުގެ ކުލި ދައްކާ ޚަލާޞްކޮށްފައިވުމަށް: 20 ޕޮއިންޓް. (މި ޕޮއިންޓް ދެވޭނީ ކުރިން އެފަރާތާ އެކު އެއްބަސްވުން ހަދާފައިވާ ބިމަށް އެކަނި ބިޑް ހުށަހަޅާ ހާލަތުގައެވެ. ކުރިން ބިން ގެންގުޅުނު ފަރާތް ނިޔާވެފައިވާނަމަ، އެ ފަރާތުގެ ޝަރުޢީ ވާރިޘުންނަށް މި ޕޮއިންޓް ލިބޭނެއެވެ.)
- ވިޔަފާރި ކުރުމުގެ ހުއްދައަށް: 10 ޕޮއިންޓް.
ބިޑް ޑޮކިއުމަންޓް ވިއްކުމާއި މަޢުލޫމާތު ސާފުކުރުން:
- ބިޑް ފޮތް ވިއްކުން: 14 ސެޕްޓެމްބަރ 2026 އިން ފެށިގެން 27 ސެޕްޓެމްބަރ 2026 އަށް، ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:30 އަށް މި އިދާރާގެ ރިސެޕްޝަނުން ބިޑް ފޮތް ވިއްކާނެއެވެ. ބިޑް ފޮތެއްގެ އަގަކީ -/750 (ހަތްސަތޭކަ ފަންސާސް) ރުފިޔާއެވެ.
- މަޢުލޫމާތު ދިނުމުގެ ބައްދަލުވުން:28 ސެޕްޓެމްބަރ 2026 ވާ ހޯމަ ދުވަހުގެ 13:00 ގައި މި އިދާރާ ނުވަތަ މިއިދާރާއިން އަންގާ ތަނެއްގައިއެވެ.
- ބިޑް ހުށަހެޅުން: 11 އޮކްޓޯބަރ 2026 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ބަންދުކޮށްފައިވާ ސިޓީއުރައެއްގައި މި އިދާރާއަށް ނުވަތަ މިއިދާރާއިން އަންގާ ތަނަކަށް ހުށަހަޅަންވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަމްބަރު 6582701 އަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
|