ދިވެހިރާއްޖެ
ނިލަންދެއަތޮޅު ދެކުނުބުރީ ކައުންސިލަށް، އާރބަން ޕްލޭނިންގ އެންޑް ޑިޒައިން އަދި ލޭންޑް އިންފޮމޭޝަން މެނޭޖްމަންޓް ކޮންސަލްޓެންސީގެ ޙިދުމަތް ފޯރުކޮއްދޭނެ ފަރާތެއްހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތް ކުރުމަށް ދައުވަތު ހުޅުވާލެވޭނީ ދިވެހިރާއްޖޭގައި މިބާވަތުގެ ވިޔަފާރިކުރުމަށް ރެޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
މި މަސައްކަތާއި ގުޅޭ ބިޑު ޑޮއިމަންޓް 2026 ސެޕްޓެމްބަރ 10 ވާ ބުރާސްފަތި ދުވަހުގެ 13:00 އިން ފެށިގެން 2026 ސެޕްޓެމްބަރ 16 ވާ ހޯމަދުވަހުގެ 14:00 އާއި ހަމައަށް މި އިދާރާގެ ޕްރޮކިއުމަންޓް ޔުނިޓަށް ([email protected]) ބީލަން ރަޖިސްޓްރޭޝަން ފޯމް މެއިލްކޮއްކޮއްގެން ނުވަތަ އިދާއަށް ދުރުވެ ފޯމް ހުށަހަޅުއްވައިގެން ބީލަމުގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި މުއްދަތުގެ ތެރޭގައި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާފަރާތްތަކަށް މަސައްކަތާއި ގުޅޭމަޢުލޫމާތު ޝީޓް އަދި ބިޑުފޯމް ސޮފްޓްކޮޕީ ފޯމޭޓެއްގައި މެއިލްކުރެވޭނެއެވެ.
ބީލަމާއި ގުޅިގެން މަޢުލޫމާތު ސާފްކުރައްވަން ބޭނުންފުޅުވާނަމަ 2026 ސެޕްޓެމްބަރ 10 ވާ ބުރާސްފަތި ދުވަހުގެ 10:00 އިން ފެށިގެން 2026 ސެޕްޓެމްބަރ 16 ވާ ހޯމަ ދުވަހުގެ 15:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮއްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 2026 ސެޕްޓެމްބަރ 17 ވާ އަންގާރަ ދުވަހުގެ 14:00 ކުރިން ބިޑު ގައި ރަޖިސްޓްރީ ކުރެއްވި ހުރިހާފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
ބީލަންތަށް ބަލައިގަތުމާއި، އަދި ބީލަންތަށް ހުޅުވުން އޮންނާނީ 2026 ސެޕްޓެމްބަރ 21 ވާ ހޯމަ ދުވަހުގެ 11:00 ގައި ދ.ކުޑަހުވަދޫ ކައުންސިލްގެ އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހެޅޭ އެއްވެސް ބީލަމެއް ބަލައިނުގަނެވޭނެއެވެ.
ބީލަންތަށް ހުންނަންވާނީ ސިޓީއުރައިގައި ބަންދުކުރެވިފައިއެވެ. އަދި ހުރިހާ ސަފްހާއެއްގައި ސަފްހާ ނަންބަރު ޖަހާފައި ހުންނަންޖެހޭނެއެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޙް، އަދި ބީލަންހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އިންނަންވާނެއެވެ.
މަސައްކަތް ހަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑުތައް އިވެލުއޭޓްކޮށް މާރކުސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަޓްގައި ހިމެނިފައިވާނެއެވެ.