ދިވެހިރާއްޖެ
މި ކޯޓުގެ އިމާރާތުގެ ބައެއްގެ ސީލިން ނައްޓާ ފައިބަރ (ބޯރަލް) ސީލިންގ ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތްކުރުމަށް ދެވޭ މަޢުލޫމާތާ އެއްގޮތަށް، އަމިއްލަ ތަކެތީގައި މި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 ސެޕްޓެންބަރު 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް މި ކޯޓަށް ހުށަހަޅަންވާނެއެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވަން ބޭނުންނަމަ ކަނޑައެޅިފައިވާ ގަޑި ޖެހުމުގެކުރިން [email protected] އަށް މެއިލް ކުރަންވާނެއެވެ. މިމަސައްކަތާ ގުޅޭ ޕްރީ-ބިޑް މީޓިންގ އޮންނާނީ 15 ސެޕްޓެންބަރު 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:30 ގައި މި ކޯޓުގައެވެ.
އަންދާސީހިސާބު ބަލައިގަތުމާއި، ހުޅުވުން އޮންނާނީ އެކަމަށް ޚާއްޞަކޮށްގެން މި ކޯޓުގައި 21 ސެޕްޓެންބަރު 2026 ވާ ހޯމަ ދުވަހުގެ 13:00 ގައި ބާއްވާ ބައްދަލުވުމުގައެވެ.
ބީލަމުގައި ރަޖިސްޓްރީނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.