ދިވެހިރާއްޖެ
އިންނަމާދޫ ސްކޫލް
ރ. އިންނަމާދޫ ، ދިވެހިރާއްޖެ
ނަމްބަރ: GS123-968/IUL/2026/12
އިޢުލާން
މިސްކޫލްގެ ބެލުމުގެ ދަށުގައިވާ ބައެއް ތަކެތި ނީލަން ލިޔުމާއި ގުޅޭ
މި ސްކޫލްގައި ހުރި ބައުވެ ހަލާކުވެފައިވާތަކެތި ނީލަމުގައި ވިއްކާލުމަށްވަނީ ހަމަޖެހިފައެވެ. ނީލަން ކިއުން އޮންނާނީ 12 ސެޕްޓެމްބަރ 2026 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 ގައި އިންނަމާދޫ ސްކޫލްގެ ގޯތިތެރޭގައެވެ. ނީލަން ކުރިޔަށް ގެންދެވޭނީ މަދުވެގެން 03 ބައިވެރިންގެ ހާޟިރުގައެވެ.
ވީމާ ، ނީލަމުގައި ބައިވެރިވެލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 12 ސެޕްޓެމްބަރ 2026 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 ށް ސްކޫލަށް ވަޑައިގަތުމުން ނީލަމުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނެ ކަމުގައި އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދުނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ އަގު ބަނޑޭރި ޕޯރޓަލް https:/bandeyripay.finance.gov.mv އަށް ދެއްކުމަށްފަހު ތަކެތި ގެންދަވަން ވާނެއެވެ.
މި އިޢުލާނާއި އެކު، ނީލަން ކިޔޭ ތަކެތީގެ ލިސްޓް އެއްކަރުދާސް ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.