ކުއްޔަށް ދިނުން
ނަންބަރު: (IUL) GS01/GS01/2026/25
ޕަބްލިޝްކުރި ތާރީޚް: 06 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 13:39
ސުންގަޑި: 27 ސެޕްޓެންބަރު 2026 12:00
ބ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ބ. އޭދަފުށީ ރެސިޑެންޝަލް ލާރނިންގ ސެންޓަރ (ދަނާލް) އިން ޖާގަ ދޫކުރުން

ނަންބަރު:IUL/GS01/GS01/2026/25

އިޢުލާން

ބ. އޭދަފުށީ ރެސިޑެންޝަލް ލާރނިންގ ސެންޓަރ (ދަނާލް) އިން ޖާގަ ދޫކުރުން

 ބ. އޭދަފުށީގައި ގާއިމްކުރެވިފައިވާ ރެސިޑެންޝަލް ލާރނިންގ ސެންޓަރ (ދަނާލް) އިން ހުސްވެފައިވާ 3 ކޮޓަރީގެ 01 އެޕާޓްމަންޓް ކުއްޔަށް ހިފުމަށް އެދޭފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފީމެވެ. ވީމާ ކުއްޔަށް ހިފުމަށް އެދިލައްވާ ފަރާތްތަކުން އެކަމަށް އެދި ސްކޫލުން ދޫކުރާ  ފޯމްފުރިހަމަކުރެއްވުމަށްފަހު މިސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.

01- އެޕާރޓްމެންޓް ހޯދުމަށް އެދޭ ފަރާތްތަކުގައި ހުންނަންވާ ޝަރުތުތައް

1.1 އޭދަފުށި ނޫން އެހެން ރަށެއްގެ ރައްވެއްސެއްކަމުގައިވުން

1.2 އެޕާޓްމެންޓަށް އެދޭ ފަރާތުގެ ބެލެނިވެރިކަމުގެ ދަށުގައި (ބ. އަތޮޅުތައުލީމީ މަރުކަޒު ނުވަތަ ޕްރީސްކޫލްގައި) ކިޔަވާނެ މަދުވެގެން 03 ކުދިން ތިބުން.

1.3 ދަނާލްގެ އެޕާޓްމަންޓެއް މިހާރު ލިބިފައިވާ ފަރާތަކަށް ނުވަތަ އެފަރާތެއްގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ނުވުން.

 ޕޮއިންޓް ދިނުމަށް ކަނޑައެޅިފައިވާ އުސޫލު

-  ދަނާލުގައި ބޭތިއްބުމަށް ހުށަހަޅާ ފަރާތުގެ އުފަން ކިޔަވާ ޢުމުރުގެ ކޮންމެ ކުއްޖަކަށް 5 ޕޮއިންޓް

-  ބ.އަތޮޅު ތައުލީމީ މަރުކަޒު ނުވަތަ ޕްރީސްކޫލްގައި ކިޔަވާ (އުފަން ދަރިންނޫން) ކޮންމެ ކުއްޖަކަށް 3 ޕޮއިންޓް.

-  ޕޮއިންޓް ދެވޭނީ ގިނަވެގެން 8 ކުދިންނަށެވެ. މީގެ ތެރޭގައި އަމިއްލަ ދަރިންނާއި އެފަރާތުގެ ބެލެނިވެރިކަމުގެ ދަށުގައި ކިޔަވާ އެހެންކުދިން ހިމެނޭނެއެވެ.

-  ދަރިންނަށް ކިޔަވައިދިނުމަށްޓަކައި އޭދަފުށްޓަށް ދިރިއުޅުން ބަދަލުކޮށްފައިވާ ފަރާތެއްނަމަ އޭދަފުށީގައި އުޅުނު މުއްދަތުގެ ދިރާސީ އަހަރަކަށް 3 ޕޮއިންޓް. ދިރާސީ އަހަރުކަމަށް ބަލާނީ މަދުވެގެން 8 މަސްދުވަސް އުޅެފައިވާނަމައެވެ. (އޭދަފުށީގައި އުޅޭތާ 8 މަސް ހަމަނުވާނަމަ 1.5 ޕޮއިންޓް)

-  ކުރިމަތިލާ ފަރާތްތަކަށް މި އުސޫލުން ޕޮއިންޓް ދިނުމުން ދެފަރާތް ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކަށް ލިބުނު ޕޮއިންޓް އެއްވަރުވެއްޖެ ނަމަ އެޕާޓްމެންޓް ލިބޭ ފަރާތް ކަނޑައަޅާނީ  ތިރީގައިވާ ތަރުތީބުންނެވެ.

(ހ) އެންމެ ފުރަތަމަ ބަލާނީ އެންމެ ގިނަކުދިން ގެންގުޅެން ހުށަހަޅާފައިވާ ފަރާތެކެވެ.

(ށ) ކުދިންގެ އަދަދު އެއްވަރު ނަމަ ދެން ބަލާނީ ދަނާލުގައި މިހާރު ދިރިނޫޅޭ ރަށެއްގެ އާއިލާ އެއްތޯ އެވެ.

(ނ) ށ .ގައިވާ އުސޫލުންވެސް އެއްވަރުވެއްޖެ ނަމަ އެޕާޓްމެންޓް ލިބޭ ފަރާތެއް ކަނޑައަޅާނީ އެއްވަރުވީ ފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެންނެވެ.

2- އެޕާޓްމަންޓް ދޫކުރުމަށް ހަމަޖެހިފައިވާ އަގު

އެޕާޓްމެންޓްގެ ކުއްޔަކީ މަހަކު -/4000 (ހަތަރުހާސް) ރުފިޔާއެވެ.

3- ހުށަހަޅަންޖެހޭ ލިޔުންތައް

3.1 ފުރިހަމަ ކޮށްފައިވާ "ދަނާލުން ޖާގަ ހޯދުމަށްއެދޭ ފޯމް"

3.2 ފޯމް ހުށަހަޅާފަރާތުގެ މުއްދަތުހަމަނުވާ އައި.ޑީ ކާޑްގެ ކޮޕީ

3.3 އެޕާޓްމަންޓްގައި ދިރިއުޅޭނެކަމަށް ފޯމްގައި ބަޔާންކުރާ ދަރިވަރުންނާއި އެހެން މީހުންގެ މުއްދަތުހަމަނުވާ އައި.ޑީ ކާޑްގެ ކޮޕީ.

4- އިއުލާނާއިއެކު އެޓޭޗްކުރެވިފައިވާ ލިޔުންތައް:

4.1 ކުއްޔަށް ދޫކުރާ އެޕާޓްމަންޓާއިބެހޭ މައުލޫމާތު ޝީޓް

4.2 ރެސިޑެންޝަލް ލާރނިންގ ސެންޓަރ (ދަނާލް) އިން ޖާގަ ހޯދުމަށްއެދޭ ފޯމް

މަތީގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން އާރު.އެލް.ސީ )ދަނާލު(ގެ އެޕާޓްމެންޓް ބޭނުންވާ ފަރާތްތަކުން، އެކަމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ބ.އަތޮޅު ތައުލީމީ މަރުކަޒަށް ހުށަހެޅުމަށް ދެންނެވީމެވެ. އެޕާޓްމެންޓަށް އެދޭ ފޯމް ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ދަނާލުން ޖާގައަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.  

ދަނާލަށް އެދި ހުށަހަޅަންޖެހޭ ފޯމާއި އެހެންލިޔުންތައް ހުށަހަޅާނީ 27 ސެޕްޓެމްބަރ 2026 ވަނަ ދުވަހުގެ 12:00 ގެ ކުރިންނެވެ.

06 ސެޕްޓެމްބަރ 2026

                    

 

                                            

 

06 ސެޕްޓެންބަރު 2026