ދިވެހިރާއްޖެ
އައި.ޖީ.އެމް.އެޗްގެ މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމް
ޖާގައިގެ ޢަދަދު:24
މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމްގެ 13 ވަނަ އިންޓޭކް( 11އޮކްޓޯބަރ 2026) ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު 06 ސެޕްޓެމްބަރ 2026 ވާ އަަާދިއްތަ ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން 24 ސެޕްޓެމްބަރ 2026 ވަނަ ދުވަހުގެ 12:00 ނިޔަލަށް ވަނީ ހުޅުވައިލެވިފައެވެ. މި އިންޓޭކްގައި ފުރަސަތު ދެވޭނީ 24 ފަރާތަކަށެވެ.
އިންޓަރންޝިޕް އަށް އެދި ހުށަހެޅުމުގެ ޝަރުތު:
- މެޑިކަލް ކޮލެޖް/ޔުނިވަރސިޓީ އިން ދޫކޮށްފައިވާ އެމް.ބީ.ބީ.އެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓް އޮތުން
- މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ސެޓްފިކެޓް އޮތުން
- ވޭތުވެދިޔަ 5 އަހަރު ތެރޭގައި އެއްވެސް ޕޮލިސް ރިކޯޑެއް ނެތުން
ފޯމާއި އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
- މެޑިކަލް ކޮލެޖް/ޔުނިވަރސިޓީ އިން ދޫކޮށްފައިވާ އެމް.ބީ.ބީ.އެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ (މޯލްޑިވްސް ކުއަލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓެޑް ކޮށްފައި)
- މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްއިން ދޫކޮށްފައިވާ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ގެ އެޓެސްޓް ކޮށްފައިވާ ކޮޕީ
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު / ޕާސްޕޯޓް ކޮޕީ.
- ޕޮލިސް ކްލިއަރެންސް ސެޓްފިކެޓްގެ ކޮޕީ
- ޕާސްޕޯޓް ސައިޒްގެ 1 ފޮޓޯ
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް
ޕްރޮގްރާމަށް ހޮވޭ ފަރާތަތްތަކުން، ޕްެރޮގްރާމް ފެށުމުގެ ކުރިން، ހޮސްޕިޓަލުން އެންގުމުން ސެޓްފިކެޓްތަކުގެ އަޞްލު ގެންނަންވާނެއެވެ.
ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމް ލިބޭނެ ގޮތްތައް:
މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް www.igmh.gov.mvއިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ. އަދި ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން 12:00 ދަރުމަވަންތަ ހޮސްޕިޓަލްގެ އެން.އެޗް.އޭ އޮފީހުން އެޕްލިކޭޝަން ފޯމް ލިބެން ހުންނާނެއެވެ.
ޕްރޮގްރާމަށް އެދި ފޯމު ހުށަހަޅާނެ ގޮތް:
މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މެޑިކަލް އިންޓަރންޝިޕްއަށް އެދި ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް މަތީގައި ދެންނެވުނު ހުރިހާ ލިޔެކިޔުންތަކާއި އެކު 24 ސެޕްޓެމްބަރ 2026 ވަނަ ދުވަހުގެ 12:00 ގެ ކުރިން ދަރުމަވަންތަ ހޮސްޕިޓަލްގެ އެން.އެޗް.އޭ އޮފީހަށް ހުށަހެޅުން އެދެމެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 12:00 އަށެވެ.
(ނޯޓް: ފުރިހަމަކޮށްފައިވާ ފޯމު އީމެއިލްގެ ޒަރިއްޔާއިން ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.)
ބައިވެރިން ހޮވުމުގައި އިސްކަން ދެވޭނެ ގޮތް
އިންޓަރންޝިޕް ޕްރޮގްރާމަށް ޝަރުޠު ފުރިހަމަވާ 24 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލައިފިނަމަ ޕްެރޮގްރާމަށް ބައިވެރިން ހޮވުމުގައި އިސްކަން ދެވޭނީ އެމް.ބީ.ބީ.އެސް ފުރިހަމަ ކޮށްފައިވާ ތާރީހަށް ބަލައި، ކޯސް ފުރިހަމަ ކުރިފަހުން ގިނަ ދުވަސް ވެފައިވާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3335191 ފޯން ނަންބަރަށެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
06 ސެޕްޓެމްބަރ 2026