ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)381-D/381/2026/48
ޕަބްލިޝްކުރި ތާރީޚް: 02 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 09:39
ސުންގަޑި: 15 ސެޕްޓެންބަރު 2026 14:00
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ބަދަލު ހަމަޖެއްސުމާގުޅޭ

ތިރީގައި މިދަންނަވާ ދެ ސަރަހައްދުގައި ހުރި ރުއްގަސް ނެގުމަށް ބޭނުންވާތީ، އެ ރުއްގަހުގެ އިދާރީ ބަދަލު ހަމަޖެއްސުމަށްޓަކައި، އެރުއްގުހުގައި " އޮރެންޖު " ކުލައިން ނަންބަރު ޖަހާފައިވާނެއެވެ.

1-      މާވެޔޮމަގު (ރަށްދެބައިމަގުގެ ހުޅަނގުފަރާތު މާވެޔޮމަގުދެކުނުން،  ދެމަގު ގުޅޭ ކަންމަތީ ނަންބަރު 1 ން 5 އަށް)

2-      ބައްލީދަނޑުހިނގުން ( ބައްލީދަނޑުހިނގުމުގެ ދެކުނުން ގޮނޑުދޮށާއި ދެމެދުން ނަންބަރު 1 ން 2 އަށް)

      ވީމާ މިދެންނެވި ދެސަރަޙައްދުގައި އެއްވެސްފަރާތެއްގެ ރުއްގަސް ހުރިނަމަ، މިރުއްގަހުގެ ވެރިން 2026ސެޕްޓެމްބަރ15 ވަނަ ދުވަހުގެ 14:00ގެ ކުރިން ރުއްގަހުގައި ޖަހާފައިވާ ނަންބަރު އެނގޭނޭހެން ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މިރުއްގަހަށް ބަދަލު ދިނުމަށް ހަމަޖެހިފައިވަނީ، މިއިދާރާއިން ބަދަލުގެ ގޮތުގައި ދީފައިވާ ރުއްގަހަށާއި މިއިދާރާއިން ހުއްދަ ހޯދައިގެން އިންދާފައިވާ ރުއްގަހަށާއި މިއިދާރާގައި ރަޖިސްޓްރީ ކޮށްފައިވާ ނުވަތަ މިއިދާރާގެ ރެކޯޑުތަކުން ފެންނަންހުރި ރުއްގަހަށެވެ. މިނޫން ރުއްގަހަށް ބަދަލެއް ނުލިބޭނެއެވެ. އަދި މިސަރަހައްދުގައި އެކިފަރާތްތަކުން އިންދާފައިވާ ރުއްގަހާއި، ބަހައްޓާފައިވާ އެހެންތަކެތި، އެތަކެތީގެ ވެރިން، މަތީގައި ބަޔާންކޮށްފައިވާ ތާރީހަށް އެސަރަހައްދުން  ނަގައި، ތަންހުސްކުރުމަށް އަންގަމެވެ. އަދި މިތާރީޚްގެ ފަހު ސަރަހައްދު ސާފުކުރުމުގެ މަސައްކަތް މިއިދާރާއިން ކުރާނެވާހަކަވެސް މަޢުލޫމާތައްޓަކައި ދަންނަވެމެވެ.

02 ސެޕްޓެންބަރު 2026