ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)CHSEMALE/2026/118
ޕަބްލިޝްކުރި ތާރީޚް: 01 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 14:18
ސުންގަޑި: 08 ސެޕްޓެންބަރު 2026 14:00
ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން
ދިވެހިރާއްޖެ
މިސުކޫލުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

1-     އެއްއަހަރު ދުވަހުގެ މުއްދަތަށް (16އޮކްޓޫބަރ 2026 އިން 16އޮކްޓޫބަރ 2027 އަށް) މި ސުކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

2- މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މިބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

3- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 01 ސެޕްޓެންބަރު 2026  އިން 08 ސެޕްޓެންބަރު 2026 އަށް ތިރިގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ދެންނެވީމެވެ.  ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

https://forms.gle/oVhE2NSGDNYujbrf6

 

4 - މިޕްރޮޖެކްޓާއި ގުޅިގެން މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކުން  08 ސެޕްޓެންބަރު 2026 ވާ އަންގާރަދުވަހުގެ 11:00 ގެ ކުރިން މިސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި 3330633،3041668 އަށް ގުޅުއްވައިގެންވެސް  މަޢުލޫމާތު ސާފުކުރެއްވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް އޮޅުންފިލުވަން ބޭނުންވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ރަސްމީ ގަޑީގެ ތެރެއިން ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

5- މި ޕްރޮޖެކްޓާއި ބެހޭގޮތުން ޕްރީބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ.

6- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ  14 ސެޕްޓެންބަރު 2026 ވާ ހޯމަ ދުވަހުގެ 11:00 ގައި މިސްކޫލުގެ ހޯލްގައެވެ.

7- މި ޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

8- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން - މާލެ

ލިލީމަގު، މާލެ، ދިވެހިރާއްޖެ.

ފޯން:  3330633،3041668

އީ-މެއިލް:  [email protected]  

 

01 ސެޕްޓެންބަރު 2026