ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)FAH-A-1/FAH/2026/31
ޕަބްލިޝްކުރި ތާރީޚް: 01 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 09:50
ސުންގަޑި:
08 ސެޕްޓެންބަރު 2026 12:00
ފ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފިޒިއޮތެރަޕީގެ ހިދުމަތް ދިނުމަށް ބޭނުންވާ ސާމާނު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ
އިޢުލާން
ފިޒިއޮތެރަޕީގެ ހިދުމަތް ދިނުމަށް ބޭނުންވާ ސާމާނު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ.
ހޮސްޕިޓަލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ފިޒިއޮތެރަޕީގެ ހިދުމަތް ދިނުމަށް ބޭނުންވާ ސާމާނުސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރު (IUL)FAH-A-1/FAH/2026/30: އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ، އެއިޢުލާނު ބާތިލް ކޮށް، އެކަމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
- މި ބީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު، 2026 ސެޕްޓެންބަރ 08 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ހޮސްޕިޓަލަށް ހުށަހަޅަން ޖެހޭނެއެވެ. "ރަޖިސްޓްރޭޝަން ފޯމް" ގެޒެޓް ކުރެވިފައިވާނެއެވެ. މި ބީލަމުގައި ބައިވެރިވެވޭނީ ބީލަން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. (މެއިލް ކުރާނީ [email protected]ށެވެ.)
- ބީލަން ބަލައިގަތުމާއި ހުޅުވުން އޮންނާނީ 2026 ސެޕްޓެންބަރ 14 ވާ ހޯމަ ދުވަހުގެ 13:00 ގައި މި އިދާރާގައެވެ. ބީލަން ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި " ފިޒިއޮތެރަޕީގެ ހިދުމަތް ދިނުމަށް ބޭނުންވާ ސާމާނު ސަޕްލައިކޮށް ދިނުމާއި ގުޅޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ.
- ހުށަހަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލާމާއިއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތަފްޞީލާއި، ބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ އިތުރުން މިބީލަމާގުޅޭ މަޢުލޫމާތުތައް މި އިޢުލާނާއެކުގައިވާ މަޢުލޫމާތު ކަރުދާހުގައި ހިމަނާފައި ވާނެއެވެ. މަޢުލޫމާތު ކަރުދާސް ގެޒެޓް ލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.
- މި ބީލަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ/ 7796333 6740086 އަށް ގުޅުއްވުން އެދެމެވެ.
01 ސެޕްޓެންބަރު 2026