ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)307/INDIV/2026/45
ޕަބްލިޝްކުރި ތާރީޚް: 28 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 14:58
ސުންގަޑި:
31 އޮގަސްޓް 2026 14:00
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނިޔަމި ކޯސް ލެވެލް 2 ގައި ބައިވެރިވުމުގެ ފުރުޞަތު
އިޢުލާން
ނިޔަމި ކޯސް ލެވެލް 2 ގައި ބައިވެރިވުމުގެ ފުރުޞަތު
ސެންޓަރ ފޯރ މެރިޓައިމް ސްޓަޑީޒްއާއި މި އިދާރާއާއި ގުޅިގެން "ނިޔަމި ކަމުގެ ސެޓްފިކެޓް 2 (NC2) ކޯސް" މި ރަށުގައި ހިންގުމަށްވަނީ ހަމަޖެހިފައެވެ.
ކޯހާއިބެހޭ އިތުރު މަޢުލޫމާތު:
- ކޯހުގެ ނަން: ނިޔަމި ސެޓްފިކެޓް 2
- ކޯހުގެ ފީ: 1500 ރުފިޔާއާއި 2000 ރުފިޔާއާއި ދެމެދު (ފީ ބެހިގެންވަނީ ބައިވެރިންގެ އަދަދުގެ މައްޗަށް ބިނާކޮށް)
- ކޯހުގެ ބައިވެރިންގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމީ ފެންވަރު: ލިޔަން ކިޔަން އެނގުމާއިއެކު، އެއްކޮށް، ކަނޑާ، ގުނަކޮށް، ގެއްލަން އެނގުން.
- ކޯސް ހިންގުމަށް ހަމަޖެހިފައިވާ މުއްދަތު: ގިނަ ވެގެން 04 ދުވަސް (30 ގަޑިއިރު)
- އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުން: ކޯހަށް އެދި ހުށަހަޅާ ފޯމް، އައިޑީ ކާޑުގެ ދެފުށުގެ ސާފު ކޮޕީ، 18 އަހަރުން ދަށުގެ ފަރާތެއްނަމަ ބެލެނިވެރިޔާގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.
- ކޯސް ބާއްވާ ތަން: ރ.އިންނަމާދޫ ކައުންސިލްގެ އިދާރާ.
މި ކޯހުގައި ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން 31 އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މި ކައުންސިލްގެ ސެލްފް ސާރވިސް ޕޯޓަލް މެދުވެރިކޮށް ފޯމް ހުށަހެޅުއްވުން އެދެމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.
28 އޮގަސްޓް 2026