ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)320-ADHR/320/2026/71
ޕަބްލިޝްކުރި ތާރީޚް: 26 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 12:49
ސުންގަޑި: 06 ސެޕްޓެންބަރު 2026 14:00
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. އޭދަފުށީ ލޭންޑް ޔޫސް ޕްލޭން އަޕްޑޭޓްކުރުމާއި ޕްލޮޓްތައް ސަރވޭކުރުމުގެ މަސައްކަތަށް އިންޑިވިޖުއަލް ކޮންސަލްޓަންޓެއް ހޯދުމާ ބެހޭ

އިޢުލާން

ބ. އޭދަފުށީ ލޭންޑް ޔޫސް ޕްލޭން އަޕްޑޭޓްކުރުމާއި ޕްލޮޓްތައް ސަރވޭކުރުމުގެ މަސައްކަތަށް އިންޑިވިޖުއަލް ކޮންސަލްޓަންޓެއް ހޯދުމާ ބެހޭ

މަސައްކަތުގެ ނަން:

މި އިދާރާއިން ފޯރުކޮށްދޭ CORS Station އާއި GNSS/RTK އިކުއިޕްމަންޓް ބޭނުންކޮށްގެން، ބ. އޭދަފުށީގެ Approved Land Use Plan އާ އެއްގޮތަށް ރަށުގެ އެންމެހައި ގޯތިތަކާއި (Residential Plots)، އިޖުތިމާޢީ، އިޤްތިޞާދީ އަދި އެހެނިހެން ބިންތަކުގެ އިންތައް ވަކިވަކިން ސަރވޭކޮށް، AutoCAD ސްކޭލް ޗާޓެއް ކުރަހައިދޭނެ ފަންނީ އިންޑިވިޖުއަލް ކޮންސަލްޓެންޓެއް (Individual Consultant / Land Surveyor) ހޯދުމަށް ބޭނުންވެއެވެ.

ކުރަންޖެހޭ މަސައްކަތް:

  • ފީލްޑް ސަރވޭ: ކައުންސިލުން ފޯރުކޮށްދޭ GNSS Receiver އާއި Rugged Field Controller ބޭނުންކޮށްގެން އޭދަފުށީގެ ކޮންމެ ގޭބިސީއެއް/ޕްލޮޓެއް ވަކިވަކިން RTK accuracy ގައި ސަރވޭކޮށް ޑޭޓާ ނެގުން. 
  • AutoCAD Charting: ސަރވޭ ޑޭޓާގެ މައްޗަށް ބިނާކޮށް AutoCAD (DWG/DXF) ފޯމެޓްގައި ކަނޑައެޅިފައިވާ މިންގަނޑަށް ސްކޭލް ޗާޓު ތައްޔާރުކުރުން (ލޭޔަރުތައް ވަކިކޮށް، ކޯޑިނޭޓްތަކާއެކު). 
  • ކޯޑިނޭޓް ލިސްޓު (CSV/Excel) އަދި ފައިނަލް AutoCAD Drawings (Soft copy & Hard copy) ކައުންސިލަށް ހުށަހެޅުން.

 

ކައުންސިލުން ފޯރުކޮށްދޭ ތަކެއްޗާއި ޚިދުމަތްތައް

Qty

އިކުއިޕްމަންޓް/ތަކެތި

ތަފްސީލް

1

CORS Station & Antenna

CHCNAV C220GR2 GNSS Choke-Ring Antenna

1

GNSS Receiver & Accessories

CHCNAV i76 PALM-SIZED VISUAL IMU RTK GNSS Rover + Controller

1

Rugged Field Controller

CHCNAV HCE600 CHCNAV Rugged Field Controller for Surveying and Mapping

-

ކެއުމާއި ހުރުން

މަސައްކަތް ކުރާ މުއްދަތުގައި ރަށުގައި ހުރުމާއި ކެއުން ކައުންސިލުން ހަމަޖައްސައިދޭނެއެވެ.

1

ދަތުރު ޚަރަދު (1 ފަހަރު):

މަސައްކަތަށް އައުމާއި ދިއުމުގެ ދަތުރު ޚަރަދު ކައުންސިލުން ދޭނެއެވެ.

 

ކޮންސަލްޓެންޓް ގެ ޝަރުތުތައް

  • ލޭންޑް ސަރވޭއިން ނުވަތަ ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ/ޑިގްރީ ޙާޞިލުކޮށްފައިވުން ނުވަތަ ޤަބޫލުކުރެވޭ ފަންނީ ސެޓްފިކެޓެއް އޮތުން. 
  • CORS Station, GNSS RTK Equipment އަދި AutoCAD ބޭނުންކޮށްގެން ބިން މިންކުރުމުގެ މަސައްކަތުގައި މަދުވެގެން 2 އަހަރުގެ ތަޖުރިބާ runner ހުރުން. 

ފައިސާ ދެއްކުމުގެ އުޞޫލު އަދި އިކުއިޕްމަންޓްގެ ޒިންމާ

  • މައިލްސްޓޯން ފައިސާ ދެއްކުން: މިއީ މަހު މުސާރަ ދޭ ވަޒީފާއެއް ނޫނެވެ. ފައިސާ ދޫކުރެވޭނީ މަސައްކަތުގެ މައިލްސްޓޯންތައް (CORS Setup, Survey Data Submission, Final AutoCAD Charts) ފުރިހަމަކޮށް ކައުންސިލުން ބަލައިގަތުމުން ހުށަހަޅާ އިންވޮއިސްއަށް ބަލައިގެންނެވެ. 
  • އިކުއިޕްމަންޓްގެ ޒިންމާ: ކައުންސިލުން ހަވާލުކުރާ CORS Station އަދި GNSS Receiver އިކުއިޕްމަންޓްތަކަށް ކޮންސަލްޓެންޓްގެ އިހުމާލުން ލިބޭ ގެއްލުމަކަށް ކޮންސަލްޓެންޓް ޒިންމާވާންޖެހޭނެއެވެ.

 

ރަޖިސްޓްރީވުން:

ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 26 އޮގަސްޓް 2026 (ބުދަ) ދުވަހުން ފެށިގެން 06 ސެޕްޓެމްބަރ 2026 ވާ (އާދީއްތަ) ދުވަހުގެ 14:00 އާއި ހަމައަށް އޮންލައިންކޮށް ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓަރީވުމަށް ދަންނަވަމެވެ.

ލިންކު: https://forms.gle/kKSemQ4fQGAYqrBj7

 

މަޢުލޫމާތު ސާފުކުރުން

މި މަސައްކަތާއި ގުޅޭ މައުލޫމާތު ކަރުދާސްތަކާއި، ބީލަމާއިއެކު ހުށަހަޅަންޖެހޭ ޖަދުވަލްތައް މިއިއުލާނާއި އެކު ހީރަސްކުރެވިފައިވާނެއެވެ. މި ބީލަމާއިގުޅޭގޮތުން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ، 06 ސެޕްޓެމްބަރ 2026 ވާ (އާދިއްތަ) ދުވަހުގެ 14:00ގެ ކުރިން، މިއިދާރާއަށް އީމެއިލް މެދުވެރިކޮށް  [email protected] އަށް ހުށަހެޅުއްވުން އެދެމެވެ. އަދި ފޯނުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަވެސް ދަންނަވަމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ބީލަން ހުށަހަޅާއިރު ތިރީގައިމިވާ މަޢުލޫމާތު އަދި ލިޔުމެއް އަދި ލިޔުންތައް މަދު ނުވަތަ ނެތްނަމަ ބީލަން ބާޠިލް ކުރެވޭނެއެވެ.

1.1.     ފުރިހަކޮށްފައިވާ ބީލަން ހުށަހަޅާ ފޯމް

1.2.     ހުށަހަޅާ ފަރާތުގެ ސީވީ (CV)

1.3.     ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 

1.4.     ތަޢުލީމީ ސެޓްފިކެޓްތަކާއި ފަންނީ ސަރޓިފިކޭޝަންތަކުގެ ކޮޕީ

1.5.     މީގެ ކުރިން ކުރިއަށްގެންގޮސްފައިވާ މިފަދަ މަސައްކަތްތަކުގެ ރެފަރެންސް ސިޓީ / ލިޔުންތައް.

1.6.     ހުށައަޅާފަރާތުގެ މާލީ ދަލީލު ހުށައަޅަންވާނެއެވެ. (ޖަދުވަލް 4)

1.7.     ބީލަން ހުށަހަޅާ ރެޕްރެޒެންޓިވް ލެޓަރ (ބަދަލުގައި އެހެން ފަރާތަކުން ބީލަން ހުށަހަޅަން ވަޑައިގަންނަވާނަމަ)

1.8.     ކޯޓޭޝަން/އެސްޓިމޭޓް

1.9.     ކައުންސިލް އިދާރާގައި މަސައްކަތްކުރާ މުވައްޒަފަކާއި އާއިލީ ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއްއޮތް ފަރާތެއް ކަމުގައިވާނަމަ އެކަން ބަޔާންކޮށްފައިވާ ލިޔުން

1.10. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ދޫކުރާ ޓެކްސް ކްލިއަރެންސް ރިޕޯޓްގެ ކޮޕީ (ދޫކުރިފަހުން 3 މަސް ހަމަނުވާ)

 

އިވެލުއޭޓް ކުރުން:

#

ތަފްޞީލް

1

މަސައްކަތް ހުށަހަޅާ އަގު: (50 ޕޮއިންޓް)

 

  • ހުށަހެޅި އެންމެ ހެޔޮ އަގު / ހުށަހެޅި އަގު x 50 (އަގަށް މާކްސް ދޭނީ ހުށަހޅާފައިވާ އެންމެ ކުޑަ އަގަށް ފުލް ޕޮއިންޓް ލިބޭ ގޮތަށް ފްރެކްޝަން އުޞޫލުންނެވެ)

2

މަސައްކަތަށް ހުށަހަޅާ މުއްދަތު: (10 ޕޮއިންޓް)

 

  • މުއްދަތަށް ޕޮއިންޓް ދޭނީ އެންމެ ކުޑަ މުއްދަތު ހުށަހަޅާ ފަރާތަކަށް ފުލް ޕޮއިންޓްދީ އެނިސްބަތަށް ބަލައި ދެން ހުށަހަޅާ މުއްދަތަކަށް ޕޮއިންޓް ލިބޭގޮތަށް ފްރެކްޝަން އުޞޫލުންނެވެ.

ހުށަހެޅި އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު x 10

 

ތަޢުލީމީ ފެންވަރު (Qualifications) - 30%: ސަރވޭއިން ހާސިލުކޮށްފައިވާ ސެޓްފިކެޓްތަކުގެ ފެންވަރަށް.

  • ސަރވޭއިން މާސްޓަރސް Degree ނުވަތަ އެއަށްވުރެ މަތި: 30 މާކްސް
  •  ސަރވޭއިން ބެޗްލަރސް Degree (Level 7): 25 މާކްސް
  • ސަރވޭއިން އެޑްވާންސްޑް ޑިޕްލޮމާ / Diploma (Level 5/6): 20 މާކްސް
  • ސަރވޭއިން ސެޓްފިކެޓް Level 3 / 4 ނުވަތަ ޤަބޫލުކުރެވޭ ފަންނީ ލައިސަންސް: 15 މާކްސް

- ޕޮއިންޓް ޙާޞިލުކުރެވޭނީ އެންމެ މަތީ ސެޓްފިކެޓަށް: ހުށަހަޅާފައިވާ ސެޓްފިކެޓްތަކުގެ ތެރެއިން މާކްސް ދެވޭނީ ކޮންސަލްޓެންޓް ހުށަހަޅާފައިވާ އެންމެ މަތީ ތަޢުލީމީ ފެންވަރަށެވެ. (އެކި ސެޓްފިކެޓްތަކަށް ވަކިވަކިން މާކްސް އެއްނުކުރެވޭނެއެވެ).

- އެކްރެޑިޓޭޝަން: ސެޓްފިކެޓްތަކަކީ MQA (Maldives Qualifications Authority) ޤަބޫލުކުރާ ނުވަތަ ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން/މޯލްޑިވްސް ލޭންޑް ސަރވޭ އޮތޯރިޓީން ޤަބޫލުކުރާ ސެޓްފިކެޓްތަކަކަށް ވާންޖެހޭނެއެވެ.

 

މަސައްކަތުގެ ތަޖުރިބާއަށް ()

މި ގޮތުގައި މާކްސް ދޭނީ ކުރިން ކޮށްފައިވާ ސަރވޭ/މެޕިންގ މަސައްކަތްތަކުގެ ރެފަރެންސް ސިޓީ ނުވަތަ ކޮމްޕްލީޝަން ލެޓަރގެ އަދަދަށް ބަލައިގެންނެވެ.

- މި ގޮތުގައި މާކްސް ދޭނީ އެންމެ ގިނަ ތަޖުރިބާ ހުށަހަޅާ ފަރާތަށް ބެންޗްމާކްކޮށްގެން، ފޯމިއުލާއަކުންނެވެ.

- ހުށަހެޅި ސައްހަ ރެފަރެންސް ލިޔުންތަކުގެ އަދަދު / އެންމެ ގިނަ ރެފަރެންސް ހުށަހެޅިފަރާތުގެ އަދަދު x 10

- ސައްހަ ލިޔެކިއުން: މާކްސް ދެވޭނީ ސަރުކާރުގެ އިދާރާއަކުން، ކައުންސިލަކުން ނުވަތަ ރެޖިސްޓްރީވެފައިވާ ކުންފުންޏަކުން ދޫކޮށްފައިވާ "ކޮމްޕްލީޝަން ލެޓަރ" ނުވަތަ "ރެފަރެންސް ސިޓީ" ހުށަހެޅުމުންނެވެ. (އެގްރީމެންޓް އެކަނި ހުށަހެޅުމަކުން މާކްސްއެއް ނުލިބޭނެއެވެ.)

- ގުޅުންހުރި މަސައްކަތް: މާކްސް ދެވޭނީ ސީދާ Land/Topographic Surveying, GIS Mapping, Drone Mapping ނުވަތަ މިއާ ގުޅުންހުރި މެޕިންގ މަސައްކަތްތަކަށް އެކަންޏެވެ.

- މަސައްކަތުގެ ތަފްސީލު: ރެފަރެންސް ސިޓީގައި މަސައްކަތް ނިމުނު ތާރީޚާއި، މަސައްކަތުގެ ބާވަތް އަދި ކާމިޔާބުކަމާއެކު ނިންމާފައިވާކަން އެނގެން އޮންނަންވާނެއެވެ.

 

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2026 ސެޕްޓެމްބަރ 10 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ބ.އޭދަފުށީ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައެވެ. އަންދާސީހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

26 އޮގަސްޓް 2026