ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)407 -CA407/407/2026/16
ޕަބްލިޝްކުރި ތާރީޚް: 24 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 13:09
ސުންގަޑި: 31 އޮގަސްޓް 2026 12:00
ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު: އެސޯސިއޭޓް ކައުންސިލް އޮފިސަރ

އިޢުލާން

 

މަޤާމު:

އެސޯސިއޭޓް ކައުންސިލް އޮފިސަރ

މަޤާމުގެ ނަންބަރު:

J-425630

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސާރވިސް ރޭންކް 4 - ސްޓެޕް 1

ސެކްޝަން/ ޔުނިޓް:

އިކޮނަމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ސެކްޝަން/ އިކޮނަމިކް އެންޑް އިންފްރާސްޓްރަކްޗަރ ޔުނިޓް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ

މުސާރަ:

8505.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

2555.00 ރުފިޔާ

ހާޟިރީ އެލަވަންސް:

ހާޟިރުވާ ކޮންމެ ދުވަހަކަށް 70.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  • ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (01 ނޮވެމްބަރު 2025 އެއްގޮތަށް) އިތުރުގަޑީގެ ފައިސާ.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ރަމަޟާން މަހުގެ އެލަވަންސް ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  2. ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާއިގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  3. ޔުނިޓުން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި މެސެޖުތަކާއި ރިޕޯރޓްތައް ފޮނުވަންޖެހޭ ފަރާތްތަކަށް ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ސުޕަރަވައިޒަރުގެ ލަފާގެ މަތިން ޖަވާބު ތައްޔާރުކޮށް ފޮނުވުމާއި ފޮނުވޭ ލިޔެކިޔުންތައް ފަސޭހައިން ފެންނާނޭ ގޮތަކަށް ފައިލްކޮށް ބެލެހެއްޓުން.
  4. ތަރައްޤީގެ ޕްލޭނަށް ރިޢާޔަތްކޮށް ކައުންސިލްގެ އަހަރީ މަސައްކަތު ތާވަލު ޑްރާފްޓްކޮށް ކައުންސިލަށް ހުށަހެޅައި ފާސްކުރުން
  5. ލޭންޑުޔޫސް ޕްލޭނާއެއްގޮތައް ވިޔަފާރީގެ ބޭނުންތަކަށް ދޫކުރާ ބިންތަށް ކުއްޔަށް ދޫކުރުން
  6. ކުއްޔަށް ދޫކުރުމަށް ކަނޑައެޅިފައިވާ އިމާރާތްތައް ކުއްޔަށް ދޫކުރުން
  7. ކައުންސިލަށް އާމްދަނީ ލިބޭނެކަންކަން ރާވާ ހިންގުމާއި އާމްދަނީ އިތުރުކުރުމުގެ އެންމެހާ މަސައްކަތްކުރުން
  8. ލޭންޑުޔޫސް ޕްލޭނުގައި ކަނަޑައެޅިފައިވާ ޕާރކުތަކާއި އަދި ޕާރކިންގ ޒޯންތަން ޕްލޭންކުރުން
  9. ލޭންޑުޔޫސް ޕްލޭނާއެއްގޮތައް ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުން

10. ރަށުގެ ބިމުގެ ދަފްތަރު އެކުލަވައި، އެ ދަފްތަރު ބެލެހެއްޓުމާއި، ބިމާބެހޭ ޤައުމީ ދަފްތަރު އެކުލަވައި ބަލަހައްޓާ އިދާރާއަށް ބޭނުންވާނެ މަޢުލޫމާތު ފޯރުކޮށްދިނުން

11.  ބޯހިޔާ ވެހިކަމާއި ގުޅޭ އެންމެހާކަންކަން ހިންގާ ބެލެހެއެއްޓުން

12. ކުއްޔަށް ދޫކުރެވިފައިވާ ބިންތަކާއި އިމާރާތްތަކާއި ގުޅުންހުރި މައްސަލަތަކާއި ގުޅިގެން ޝަރުއީ ކޯޓުތަކުން ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމާއި އަދި ޝަރުއީ ކޯޓުތަކުން ކުރާ ޙުކުމްތައް ތަންފީޒުކުރުން.

13. ލޯކަލް އިންވެސްޓްމަންޓްތަކާއި ވިޔަފާރިތަށް ރެޖިސްޓަރކޮށް ބެލެހެއްޓުން

14. ކްލަބްޖަމިއްޔާތައް ރަޖިސްޓްރީ ކުރުމުގައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމާއި ކުލަބު ޖަމިއްޔާތަކުގެ ދަފްތަރު ބެލެހެއްޓުން

15. ވިޔަފާރި ހުއްދަ ދޫކުރުމާއި އަދި ވިޔަފާރި ހިންގާ ކަމުގެ ލިޔުން ދޫކުރުމާއި، ރަށުގައި ގާއިމު ކުރެވިފައިވާ ވިޔަފާރިތަކުގެ ދަފްތަރު އެކުލަވާލައި ބެލެހެއްޓުން

16. ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް (އެސްއެމްއީ) ތަރައްޤީކުރުމާއި، ވިޔަފާރިވެރިކަމުގެ ޕްރޮގްރާމްތަކާއި، ކެޕޭސިޓީ ބިލްޑިންގ އަށް މަގުފަހިކޮށްދިނުން.

17. ރަށުގެ އިޤްތިސާދީ ތަރައްޤީއާބެހޭ ގޮތުން އިދާރާގެ އިޤްތިސާދީ ކޮމިޓީން ކަނޑައަޅާ މަސައްކަތްތައް ރާވައި ހިންގުން.

18. ކައުންސިލުން ހިންގަންބޭނުންވާ މަޝްރޫޢުތަކަށް ފައިސާ ހޯދުމުގެ ޕްލޭންތައް އެކުލަވާލުން.

19.  ބިންބިމާބެހޭ ކޮމެޓީގެ މަސައްކަތްތައް ވިލަރެސް ކުރުން.

20. ރަށަށް ޒިޔާރަތްކުރާ ވަފްދުތަކާއި ޓީމްތަކަށް ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވެ ދިނުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސެޓްފިކެޓް 4 ނުވަތަ އެޑްވާންސްޑް ސެޓްފިކެޓެއް ޙާސިލްކޮށްފައިވުން.

ނުވަތަ

  1. މަތީ ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ'ގްރޭޑް ލިބިފައިވުން

ތަޢުލީމީ ރޮނގުތައް:

  1. އެކައުންޓިންގ  
  2. އެޑްމިނިސްޓްރޭޝަން  
  3. އެގްރިކަލްޗަރަލް ސައިންސް  
  4. އެންތްރޯޕޮލޮޖީ  
  5. އާކިޓެކްޗަރ  
  6. ބިޒްނަސް  
  7. ބިޒްނަސް އެޑްމިނިސްޓްރޭޝަން  
  8. ބިޒްނަސް މެނޭޖްމަންޓް  
  9. ސިވިލް އިންޖިނިއަރިންގ  
  10. ކޮމާރސް  
  11. ކޮމިޔުނިޓީ ޑިވެލޮޕްމަންޓް  
  12. ކޮމްޕިއުޓަރ ސައިންސް  
  13. ކައުންސިލް އެޑްމިނިސްޓްރޭޝަން  
  14. ކަލްޗަރ އެންޑް ހެރިޓޭޖް  
  15. ޑިމޮގްރަފީ  
  16. ޑިވެލޮޕްމަންޓް ސްޓަޑީޒް  
  17. ދިވެހި ލެންގްއޭޖް  
  18. އިކޮނޮމިކްސް  
  19. އެޑިއުކޭޝަން  
  20. އެންވަޔަރަންމަންޓަލް ސައިންސް  
  21. ފައިނޭންސް  
  22. ގަވަރނަންސް  
  23. ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް  
  24. ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް  
  25. ހިއުމަން ރިސޯސް  
  26. އިންފޮމޭޝަން ޓެކްނޮލޮޖީ  
  27. އިންޓަނޭޝަނަލް ރިލޭޝަންސް  
  28. ލޯ  
  29. ލީޑަރޝިޕް  
  30. ލައިބްރަރީ ސައިންސް  
  31. ލޯކަލް ގަވަރނަންސް  
  32. މެނޭޖްމަންޓް  
  33. މެރީން ސައިންސް  
  34. މާކެޓިންގ  
  35. އޮފީސް އެޑްމިނިސްޓްރޭޝަން  
  36. ޕޮލިސީ ސްޓަޑީޒް  
  37. ޕޮލިޓިކަލް ސައިންސް  
  38. ޕްރޮޖެކްޓް މެނޭޖްމަންޓް  
  39. ޕަބްލިކް އެޑްމިނިސްޓްރޭޝަން  
  40. ޕަބްލިކް މެނޭޖްމަންޓް  
  41. ޕަބްލިކް ޕޮލިސީ  
  42. ޕަބްލިކް ރިލޭޝަންސް  
  43. ރިލިޖަސް ސަރވިސަސް  
  44. ޝަރީޢާ އެންޑް ލޯ  
  45. ސޯޝަލް ސައިންސް  
  46. ސޯޝަލް ވޯރކް  
  47. ސޯޝިއޮލޮޖީ  
  48. ސްޕޯޓްސް މެނޭޖްމަންޓް  
  49. ސްޓެޓިސްޓިކްސް  
  50. ސްޓްރަކްޗަރަލް އިންޖިނިއަރިންގ  
  51. ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް  
  52. އަރބަން ޕްލޭނިންގ  
  53. އާބަން ސްޓަޑީޒް 

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިންތައް: 

 ނެތް

މަޤާމުގެ ކޯ ޑިސިޕްލިންތައް:

ނެތް

  މަޤާމުގެ މަސައްކަތުގެ ދާއިރާ:

  1. އެޑްމިނިސްޓްރޭޝަނާގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން، މިއިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގައި ހިމަނާފައިވާނެއެވެ.

އަސާސީ ޝަރުޠު ހަމަވުން

30

ޝަރުޠުހަމަވުމަށް ބޭނުންވާ ސަނަދަށްވުރެ މަތީ ސަނަދެއް އޮތްނަމަ ދެވޭ

5

ޝަރުޠުހަމަވުމަށް ބޭނުންވާ ތަޖުރިބާގެ އިތުރުން ލިބިފައިވާ ތަޖުރިބާއަށް ދެވޭ

5

އެސެސްމަންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް)

25

އިންޓަރވިއު

35

މަޤާމަށް އައްޔަންކުރެވޭނީ ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއެކު ޖުމުލަ 60 ނުވަތަ އެއަށް ވުރެ މަތިން ޕޮއިންޓު ލިބިގެންނެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 31 އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ (12:00) ގެ ކުރިން، (ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލް އިދާރާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސަސްމަންޓް އަދި އިންޓަރވިއު އޮންނާނީ (01 ސެޕްޓެމްބަރ 2026) އާއި (30 ސެޕްޓެމްބަރ 2026) އާ ދެމެދު ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލް އިދާރާ ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މިއިދާރާގެ ނަންބަރ 6820027 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

 

 

24 އޮގަސްޓް 2026