ދިވެހިރާއްޖެ
އިޢުލާން
ރަތަފަންދޫ އިޖުތިމާޢީ ގުރޫޕަށް މުވައްޒަފުން ހޯދުން:
ރަތަފަންދޫ އިޖުތިމާޢީ ގުރޫޕުގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފުން ހޯދަން ވަނީ ބޭނުންވެފައެވެ.
| 
 މަޤާމު:  | 
 މަސައްކަތު (ކޮންޓްރެކްޓް)  | 
|
| 
 ބޭނުންވާ އަދަދު:  | 
 5 (ފަހެއް)  | 
|
| 
 މަސައްކަތް ކުރަންޖެހޭ އޮފީސް:  | 
 ގދ. ރަތަފަންދޫ ކައުންސިލްގެ އިދާރާ  | 
|
| 
 މުސާރަ:  | 
 މަހަކު -/2،000 ރުފިޔާ  | 
|
| 
 މަޤާމުގެ ޝަރުޠު:  | 
 1- ލިޔަންކިޔަން ދަތުމާއެކު، މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުން. ނުވަތަ؛ 2- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ޞިއްޙަތެއްގައިހުރި މީހަކަށްވުން.  | 
|
| 
 
 
 
 
 
 
 
 
 މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:  | 
 1- މިސްކިތު ގޯތި (1) މަގާއެކު ސާފުކޮށް ބެލެހެއްޓުން. 2- މިސްކިތު ގޯތި (2) މަގާއެކު ސާފުކޮށް ބެލެހެއްޓުން. 3- ރަތަފަންދޫ ވަލުމިސްކިތުގެ މަގު ސާފުކޮށް ބެލެހެއްޓުން. 4- ރަތަފަންދޫ އަތިރިމަތީ ސަރަހައްދު ސާފުކޮށް ބެލެހެއްޓުން. 5- ރަތަފަންދޫ ޖެޓީގެ އުތުރުން ހަދާފައިވާ ހުރަސްފަސްގަނޑު ސާފުކޮށް ބެލެހެއްޓުން. 6- ރަތަފަންދޫ އަމީނީމަގުގެ އިރު ދެކުނުކޮޅުން ގޯތިތައް ނުހިމެނޭ ސަރަހައްދު ސާފުކޮށް ބެލެހެއްޓުން. 7- ރަތަފަންދޫ އަމީނީމަގުގެ ހުޅަނގުކޮޅުން ދިރާގުސައިޓުގެ ކުރިމަތީ މަގުގެ އަނެއްފަރާތް ސާފުކޮށް ބެލެހެއްޓުން. 8- ރަތަފަންދޫ ފުޓްބޯޅަ ދަނޑުގެ މަގުތައް ސާފުކޮށް ބެލެހެއްޓުން. 9- ރަތަފަންދޫ ޗަނބޭލީ މަގުގެ ދެކުނުކޮޅުން ގޯތިތައް ނުހިމެނޭ ސަރަހައްދު ސާފުކޮށް ބެލެހެއްޓުން. 10- ރަތަފަންދޫ މަންޒިލްމަގުގެ އިރުދެކުނުކޮޅުން ގޯތިތައް ނުހިމެނޭ ސަރަހައްދު ސާފުކޮށް ބެލެހެއްޓުން. 11- ރަތަފަންދޫ ނަސީމީ ހިނގުމުން ގޯތިތައް ނުހިމެނޭ ސަރަހައްދު ސާފުކޮށް ބެލެހެއްޓުން. 12- ރަތަފަންދޫ އައްސޭރި ހިނގުމުން ގޯތިތައް ނުހިމެނޭ ސަރަޙައްދު ސާފުކޮށް ބެލެހެއްޓުން. 13- ރަތަފަންދޫ އަންބަރީމަގުގެ ދެކުނުކޮޅުން ގޯތިތައް ނުހިމެނޭ ސަރަހައްދު ސާފުކޮށް ބެލެހެއްޓުން. 14- ރަތަފަންދޫ ނަރުގިސްމަގުން ގޯތިތައް ނުހިމެނޭ ސަރަހައްދު ސާފުކޮށް ބެލެހެއްޓުން. 15- ރަތަފަންދޫ ބީޗްރޯޑުގެ އިރުދެކުނުކޮޅުން ގޯތިތައް ނުހިމެނޭ ސަރަހައްދު ސާފުކޮށް ބެލެހެއްޓުން. 16- ރަށުގެ ތަރައްޤީއަށް ކައުންސިލުން ކުރާ މަސައްކަތްތަކުގައި އެހީތެރިވުން.  | 
|
| 
 ހުށަހަޅަންޖެހޭ ތަކެތި: 
  | 
||
| 
 އިންޓަވިއުކުރުން: މި މަޤާމަށް މީހުން ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ، 2016 މާރިޗު 2 ވާ ބުދަވަހުއެވެ. ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: - ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. - މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. - ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.  | 
||
| 
 ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ސުންގަޑި: މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ގދ. ރަތަފަންދޫ ކައުންސިލްގެ އިދާރާއަށެވެ. ސިޓީއާއި އެހެނިހެން ލިޔުންތައް ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ފެބުރުވަރީ 25 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 އެވެ.  | 
||
| 
 ނޯޓް: - މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެމަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށްފެންނަ ފަރާތްތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. - މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި އިދާރާގެ 6840016 ނަންބަރު ފޯނާ ގުޅުން އެދެމެވެ.  | 
||
| 2 ޖުމާދަލްއޫލާ 1437 | ||