ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)257/257/2026/68
ޕަބްލިޝްކުރި ތާރީޚް: 23 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 07:58
ސުންގަޑި: 26 އޮގަސްޓް 2026 12:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިލެކްޓްރިކް ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން.

ބާރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން އަންހެން ކަނބަލުންނަށް ހާއްސަކޮށްގެން "އިލެކްޓްރިކް ވޯކް ޝޮޕެއް" ކުރިއަށް ގެންދިޔުމަށް ބޭނުންވެއެވެ. މި ޕްރޮގްރާމްގެ ބޭނުމަކީ ގޭތެރެގައި އަދި ބަދިގެ ތެރޭގައި އާންމުކޮށް ބޭނުންކުރާ އިލެކްޓްރޯނިކް އާލަތްތަކަށް ދިމާވާ ކުދި ކުދި މައްސަލަތައް ހައްލުކުރުމުގައި އަންހެން ކަނބަލުންނަށް ލުއި ގޮތްތަކެއް ހޯދައިދީ އަމިއްލަ އަށް އެކަން ކަން ހައްލުކުރުމުގެ އެހީތެރިކަން ފޯރުކޮށް ދިނުމެވެ. މި ޕްރޮގްރާމްގައި 18 އަހަރުންމަތީގެ ކޮންމެ އަންހެން ބޭކަނބަލަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަކަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެއެވެ.

 

 ކޯހުގެ މުއްދަތު: 7 ދުވަހާއި 10 ދުވަހާއި ދެމެދު

 

                               މި ޕްރޮގްރާމްގައި  ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 އޮގަސްޓް 2026 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ތިރީގައި މިދަންނަވާ ގޫގުލް ފޯމް މެދުވެރިކޮށް ނުވަތަ ވައިބަރ ނަންބަރަށް 7930016 (އެބޭފުޅެއްގެ ފުރިހަމަ ނަން، އުމުރު، އުފަންތާރީޙް، އެޑްރެސް، އައިޑީކާޑް ނަންބަރު، ގުޅޭނެ ފޯނުނަންބަރު، ވައިބަރ ނަންބަރު އަދި އައިޑީ ކާޑްގެ ފޮޓޯއަކާއި އެކު) މެސެޖް ކުރައްވައި ނަން ނޯޓް ކުރެއްވުމަށް ދަންނަވަމެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ކޮމިޓީގެ ރައީސްގެ ފޯނު ނަންބަރު 7470941 ގުޅުއްވުން އެދެމެވެ.

 

 ގޫގުލް ފޯމްގެ ލިންކް:  https://forms.gle/3Lm9yaGXoTWBTu8G6

                            ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

23 އޮގަސްޓް 2026